ވިޔަފާރި ރާއްޖޭން ބޭރު ކުރަން އުޅުނު 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފި ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު 245 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެތި އަތުލައިގަތީ މިއަދުއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިޔަރު އުރަހަ ހުރި 14 ފޮށި އަތުލައިގަތް ކަމަށް އެއިދާރާއިން ބުންޏެވެ. މި ތަކެތި ބޭރުކުރަން އުޅުނު ބަޔަކާ ބެހޭ މައުލޫމާތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ. ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހައަކީ ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭ އެއްޗެކެވެ. އެގޮތުން ކިލޯއެއް 400 ޑޮލަރަށް ވިއްކާލެވޭއިރު މި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ވިދާޅުވީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ. މިގޮތުން ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މިއަދު ނައްތާލާފައިވަނީ 425 ފުޅި ބަނގުރާ އާއި 13 ދަޅު ބަނގުރާއެވެ. މިއީ 2019 ވަނަ އަހަރުން ފެށިގ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައްޔިތުން އިތުރަށް ސަމާލުވޭ: ފީވަކު ކައުންސިލް ށ. ފީވަކުން އިތުރު ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވުމާއެކު އެރަށު ރައްޔިތުން އިތުރަށް ސަމާލުވުމަށް ފީވަކު ކައުންސިލުން އެދެފިއެވެ. ފީވަކު ކައުންސިލުން ވިދާޅުވީ، މިމަހު 24 ވަނަ ދުވަހު އެރަށުން ނެގި ސާމްޕަލްތަކުން އަލަށް 2 މީހަކު ޕޮޒިޓިވްވެފައިވާތީ، ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ. “ސަބަބަކީ މި 2 މީހުންގެ ތެރޭގައި ބިދޭސީއެއް ހިމެނޭތީއެވެ. ބިދޭސީންނަކީ ގޭގެއަށް ގޮސް މަސައްކަތުގައި އުޅޭ ފަރާތްތަކަކަށްވާތީ، ރައްޔިތުން ސަމާލުވުމަށް ދަންނަވަން” ފީވަކު ކައުންސިލުން ވިދާޅުވެފ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރޯގާ ބާރުވެ، ނޮޅިވަރަމް ޕްރީ ސްކޫލް ބަންދުކޮށްފި ރަށުތެރޭގައި ރޯގާ ބާރުވެ، ހދ. ނޮޅިވަރަމު ކައުންސިލުން ހިންގާ ޕްރީ ސްކޫލް ބަންދުކޮށްފި އެވެ. މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ އެރަށުގައި މިދުވަސްވަރު ހުން އައިސް ރޯގާ ޖެހި ކެއްސާ ކުޑަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގެ މައުލޫމާތު ނޮޅިވަރަން ސިއްހީ މަރުކަޒުން އެ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ފަހަކަށް އައިސް ޕްރީ ސްކޫލަށް ކިޔަވަން އަންނަ ދަރިވަރުން ވަރަށް ބޮޑު ތަނުން މަދުވެފައި ވުމާއެކު، މި މަހުގެ 29 […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ހިންގާ "ނުވަ އުފާ" ޕްރޮގްރާމްގެ ހަދިޔާ ޕެކް ބަހަން ފަށައިފި ހއ. ކެލާ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ކެލާ ކައުންސިލާއި، ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާ “ނުވަ އުފާ” ޕްރޮގްރާމްގެ ދަށުން މަންތުލީ ހަދިޔާ ޕެކް ބަހަން ފަށައިފިއެވެ. މި ޕްރޮގާމް އިފްތިތާޙް ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ޖުލައި މަހު އުފަންވި އެރަށުގެ ކުދިންނަށް ހަދިޔާ ޕެކް ދެވިފައިވާ ކަމަށެވެ. އަދި […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ ހއ. އިހަވަންދޫން އަނެއްކާވެސް އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 4 މީހުންނަކީ މީގެ ކުރިން އެރަށުން ޕޮޒިޓިވް ވެފައިވާ ކުޑަހުވަދޫ ކްލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި އެމިރޭޓްސް އިން މާލެއާއި ކޮލަމްބޯއާއި ދެމެދު ދަތުރުތައް ފަށަނީ އެމިރޭޓްސް އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެއެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، މި ދަތުރުތައް ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިއީ އެމިރޭޓްސް އިން ދުބާއީ އާއި ކޮލަމްބޯއާދެމެދު ކުރާ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ފަށާ ދަތުރުތަކެއް ކަމަށެްވެސް އެ އެއާލައިނުން ބުންޏެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ބޮއިން 777 މަރުކާގެ ބޯޓެވެ. އެ އެއާލައިނުން ނިންމާފައި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ މޮނިޓަރިން ހާލަތުން ނަގައިފި ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގައި އޮތް ހދ. ނެއްލައިދޫ އެ ހާލަތުން ވީއްލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް އެހާލަތުން ވީއްލާފައިވަނީ، މޮނިޓަރިންނަށްލީތާ 10 ދުވަސްފަހުން، މިއަދު މެންދުރު 12:08 އެވެ. މޮނިޓަރިން އުވާލިކަން އަންގަމުން އެޗްޕީއޭއިން ނެއްލައިދޫ ކައުންސިލަށް ފޮނުއްވާފައިވާ ލިއުމުގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މިވަގުތު އެރަށުގައި މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފި މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިދޭ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ބްރިޖުގެ އަޅަން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ އެވެ. އެ ކުންފުންޏަކީ އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ހާއްސަކޮށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ގްރޭޓަރ މ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ކުވެއިތުގެ ކުންފުންޏަކަށް މާލޭ ސިޓީގެ ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމެއްގައި ކުވެއިތުގެ، އަލްޖެރީ ހޯލްޑިންގ ގްރޫޕާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކޮށްފިއެވެ. އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ. ހުޅުމާލޭ ފޭސް 1 ގައި އިމާރާތް ކުރުމަށް ހަމަޖެ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އިކޮނޮމިކް މިނިސްޓްރީން ބިޒްނަސް ވިސާއަށް އެދޭގޮތަށް ބަދަލު ކޮށްފި އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭގޮތަށް ބިޒްނަސް ވިސާގެ ގަވާއިދަށް ބަދަލު ގެނެސްފިއެވެ. އެ މިނިސްޓްރީން ނެރުނު ގަވާއިދުގައި ބުނެފައިވާގޮތުގައި ބިޒްނަސް ވިސާއަށް އެދި ހުށަހެޅުމުން ދެން ވިސާގެ ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ބިޒްނަސް އިންނެވެ. އަދި ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުން އިތުރު ޝަރުތަކާ ނުލައި އިމިގްރޭޝަނުން ވިސާ ދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ކުރިން ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިމިގްރޭޝަނަށެވެ. އަދި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ދުނިޔޭގެ އެންމެ އަގު ބޮޑު 20 ހޮޓަލުގެ ލިސްޓުގައި ރާއްޖޭގެ 3 ހޮޓަލެއް އެމެރިކާގެ މަޝްހޫރު ޓީވީ ޝޯވއެއް ކަމަށްވާ “ލައިފް ސްޓައިލް އޮފް ދަ ރިޗް އެންޑް ފޭމަސް” އިން ކުރި ސާވޭއަކުން ދުނިޔޭގެ އެންމެ އަގު ބޮޑު 20 ހޮޓެލްގެ ލިސްޓުގައި ރާއްޖޭގެ ތިން ހޮޓަލެއް ހިމެނިއްޖެއެވެ. މި ސާވޭއަކީ ލީޑިން ބުކިންގްސް ވެބްސައިޓްތަކަށް ބަލައި، ޓީވީ ޝޯވ ލައިފް ސްޓައިލް އޮފް ދަ ރިޗް އެންޑް ފޭމަސް އިން ހަދާފައިވާ ސާވޭ އެކެވެ. މިލިސްޓްގައި ހިމެނިފައިވާ ހޮޓާތަކުގެ ތެރޭގައި ލިސްޓްގެ 10 ވަނާގައި ރާއްޖޭގެ “ދި ނޯޓިލަސް” […] އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ކުޅިވަރު ޓޮޓެންހަމްގައި މަޑުކުރަން ކޭން ނިންމައިފި އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން އެ ކުލަބުގައި މަޑުކުރަން ނިންމާފައިވާ ކަމުގައި އޭނާ ބުނެފިއެވެ. ޓޮޓެންހަމްގައި މަޑުކުރާނެ ކަން ކޭން ހާމަ ކޮށްފައި ވަނީ މިއަދު އޭނާ ޓްވިޓާގައި ޕޯސްޓްކުރި މެސެޖެއް މެދުވެރިކޮށެވެ. އެ ޕޯސްޓްގައި ކޭން ބުނެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބު ފާހަގަކުރާ ކަމަށެވެ. ކޭންގެ ޓްވީޓުގައި އިތުރަ ބުނެފައިވަނީ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ބައިނަލްއަގުވާމީ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" އުތުރުން ފަށަނީ ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން “ސަވާދީއްތަ ދަތުރު”ގެ ނަމުގައި ބައިނަލްއަގުވާމީ ޔޮޓު ރެލީއެއް ބާއްވަން ނިންމައިފިއެވެ. މޯލްޑިވްސް އިންޓަގްރެޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) މިއަދު މިކަން އިއުލާންކޮށްފައިވާއިރު، މި ޔޮޓް ރެލީ ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުއެވެ. މިގޮތުން “ސަވާދީއްތަ ދަތުރު”ގެ ނަމުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ މި ރެލީ އަކީ ހެރިޓޭޖް މިނިސްޓްރީ އާއި ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކާޒާ ގުޅިގެން ބާއްވާ ހަރަކާތެއްކަމަށް... ތިލަދުން · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ތުރުކީ އިން ކޯވިޑުގެ އާ ވޭރިއަންޓެއް ފެނި ކޮވިޑް ކޭސްތައް އިތުރު ވަނީ ތުރުކީގެ އިޒްމީރުން ކޯވިޑް-19ގެ އާ ވޭރިއަންޓެއް ފެނިފައިވާ ކަމަށް އެ ޕްރޮވިންސުގެ އޮތޯރިޓީން ބުނެފިއެވެ. އިޒްމީރު މެޑިކަލް ޗެމްބާ އެނޑް އެސޯސިއޭޝަން ފޯ ކްލިނިކަލް މައިކްރޮބަޔޮލޮޖީން ބުނެފައިވާގޮތުގައި ގިނަ ވޭރިއަންޓުތަކެއް އެ ޕްރޮވިންސުން ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި މިހާރު ވެސް އެނގިފައިވާ އަލްފާ އާއި ބޭޓާ އާއި ގާމާ އަދި ޑެލްޓާ ވޭރިއަންޓު ވެސް ހިމެނޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ދައްކާގޮތުގައި ޕީސީއާރު ކިޓުތައް ބޭނުންކޮށްގެން ސާމްޕަލްތައް މިހާރު ފެނިފައިވާ ވޭރިއަންޓުތަކަށް ވަނ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން