ކޭންގެ ހިތްގައިމުގެ ދެ ލަނޑާއެކު ކޮންގޯ ބަލިކޮށް އިންގްލެންޑް ގަދަ 16 އަށް
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބުދަ ދުވަހު ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން މޮޅުވެ، އިންގްލެންޑް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ. މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންގްލެންޑް މޮޅުވީ ފަހަތުން އަރައި ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި ދެ ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކޮންގޯއިން ވަނީ ހައިރާންކުރުވަނިވި ކުޅުމެއް ދައްކައި ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ބްރަޔަން ސިޕެންގާ ވަނީ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން […]