ނުސައިރު މަޒްރައުއީ: ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިއެއް، ދީނީ ކަންކަމަށް ލޯބިކުރާ ނަމޫނާ ޝަޚްސިއްޔަތެއް
މޮރޮކޯގެ ގައުމީ ޓީމާއި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ނުސައިރު މަޒްރައުއީ އަކީ އޭނާގެ މަޑުމައިތިރި މިޒާޖާއި، ދީނީ ކަންކަމަށް ބަހައްޓާ އަހައްމިއްޔަތުކަމުގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި “އަލް-ޙައްޖު” ގެ ނަމުން މަޝްހޫރުވެފައިވާ ކުޅުންތެރިއެކެވެ. ފުޓްބޯޅައިގެ ކާމިޔާބު ކެރިއަރަކާއެކު އޭނާއަކީ ކީރިތި ގުރުއާނަށް ލޯބިކުރާ، ދީނީ ކަންކަމަށް ބޮޑު ސަމާލުކަމެއްދޭ ޒުވާނެކެވެ. މަޒްރައުއީ އުފަންވީ 1997 ވަނަ އަހަރު ނެދަލޭންޑްސްގެ ލެއިޑްރެލްޑޯޕް އަށެވެ. އޭނާގެ އާއިލާއަކީ މޮރޮކޯގެ އުތުރު ސަރަހައްދަށް ނިސްބަތ...