ތިލަދުންމަތީ ޚަބަރު ނޮޅިވަރަމުން އިތުރު 4 މީހުން ޕޮޒިޓިވް ވެއްޖެ ހދ. ނޮޅިވަރަމުން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މައުލޫމާތު ލިބިފާވާގޮތުގައި އިއްޔެ އެރަށުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގައި ނެގުނު 14 ސާމްޕަލްގެ ތެރެއިން 4 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އިއްޔެ އެ ރަށުން ފެނިފައިވަނީ 7 ޕޮޒިޓިވް ކޭސް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި ބޮޑު 2 […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ހިލޭ އިތުރު ޑޭޓާ އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކުން ހިލޭ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތައް ރިޗާޖު ކުރާ ކޮންމެ ފަހަރަކު 50 އިންސައްތަ އިތުރުޑޭޓާ ލިބޭނެއެވެ. ފަސޭހަ ބްރޯޑްބޭންޑު ޕެކޭޖުތަކުގެ ތެރޭގައި 20ޖީބީ އާއި 50ޖީބީ އާއި 60ޖީބީ އާއި 120ޖީބީ އާއި 180ޖީބީ އަދި 500ޖީބީގެ ޕެކޭޖުތައް ހިމެނެއެވެ. އެހެންކަމުން މިޕްރޮމޯޝަނުގެ ދަށުން 20ޖީބީގެ ޕެކޭޖެއް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީ ވަފުދެއް ރާއްޖެއަށް ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީގެ ވަފްދެއް ރާއްޖެ ވަޑައިގެންފިއެވެ. ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންފައި ވަނީ ރާއްޖެ ވަޑައިގެންފައިވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ޕްލޭނިންގ މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހާއި އެކު މާދަމާ މ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ރަސްފަރި ފަރަށް އާގު ބޯޓު އުރުނު މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ކ. ރަސްފަރި ފަރަށް މުދާ އުފުލާ ކާގޯ ބޯޓެއް އުރުނު މައްސަލަ ފުރިހަމައަށް ތަޙްޤީޤުކޮށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހުށަހަޅުއްވާފައިވާ މި މައްސަލާގައި ވިދާޅުވެފައި ވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ، ޕެނަމާ ބޯޓެއްކަމުގައިވާ “ނެވިއޯ އަމަރީލިސް” ނަމަކަށް ކިޔާ ބިޔަ އާގުބޯޓު، 17 އޮގަސްޓު 2021 ގައި ދިވެހިރާއްޖޭގެ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީން ހޮޓްލައިނެއް: 1650 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ހޮޓްލައިނެއް ތައާރަފުކޮށްފިއެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 1650 ހޮޓްލައިން ތައާރަފު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މިއީ 24 ގަޑިއިރު ހިދުނަތް ދޭހޮޓްލައިނެކެވެ. ސީއީއޯ އާޒިމް ވިދާޅުވީ މިހާރު ކަސްޓަމަރުންނަށް އެކި ކަންކަމުގައި ކުންފުންޏަށް ގުޅުމުގައި ދަތިވާކަމަަށެވެ. ނަމަވެސް މި ތައާރަފު ކުރެވުނު ހޮޓްލައިނާއެކު ހުރިހާކަސްޓަމަރުންނ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެންނާކަށް ނޫޅެން: އެޑިއުކޭޝަން ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެންނަން ނުވިސްނާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ރާއްޖޭގައި އިސްލާމް ކިޔަވާދޭ ކަރިކިއުލަމް ރިވިއުކޮށް އިސްލާމް ފޮތްތަކުގައި ނަފްރަތަށް މަގުފަހިވާ ގޮތަށް ހުރި ލިޔުންތައް ދެނެގަތުމުގެ މަސައްކަތްކުރާނެ ކަމަށާއި، ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އިސްލާމް ކިޔަވާ ދިނުމަށް ރާއްޖެއިން ބޭރުން މުދައްރިސުން ގެންނަން މަޝްވަރާކުރަމުން އަންނަ ކަމ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އުރުނު ޕެނަމާ ބޯޓު ފުންކޮށްފި ކ. ރަސްފަރި ފަރަށް އުރުނު ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓު ފުންކުރެވިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވީ، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ މި ކާގޯ އުފުލާ ބޯޓު މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް އަރާފައިވާ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އަދި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން ހުއްޓުމެއް ނެތި ކުރި މަސައްކަތުން މިއަދު މެނދުރު […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ފެނުނު ގޮތް ނޭނގޭ އެއްޗަކީ ނުރައްކާތެރި އެއްޗެއް ނޫން: އެމްއެންޑީއެފް ވެލާނާގޭ އިމާރާތުގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން މިއަދު ފެނުނު ގޮތް ނޭނގޭ އެއްޗަކީ ގެއްލުމެއްވާޒާތު ނުރައްކާތެރި އެއްޗެއް ނޫންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފެނުނު ގޮތް ނޭނގޭ އެއްޗަކީ އެއްވެސް ގެއްލުމެއް ލިބޭޒާތު އެއްޗެއް ނޫންކަން ސިފައިން މިހާރު ޔަގީންކޮށްފައިވާ ކަމަށެވެ. އަދި އޭތި ވަނީ ފުލުހުންގެ ޚިދުމަތާއި ހަވާލު ކުރެވިފައި ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. ގޮތް ނޭނގޭ އެއްޗެއްސާ އޮފީސްތަކުން ހަވާލު ނުވުމ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ދެން ލަންކާއަށް ޓޫރިސްޓް ވިސާގައި ދެވޭނީ ފީއެއް ދައްކައިގެން ރާއްޖެއިން ލަންކާއަށް ޓޫރިސްޓް ވިސާގައި ދާ މީހުން އަތުން އޮންއެރައިވަލް ވިސާ ފީގެ ގޮތުގައި 25 ޑޮލަރު ނަގަން އެ ގައުމުން ފަށައިފިއެވެ. ލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން ސާކު ގައުމުތަކުން 30 ދުވަހުގެ އޮންއެރައިވަލް ވިސާއަކަށް 25 ޑޮލަރުގެ ފީއެއްނަގާނެއެވެ. އޮންލައިންކޮށް ވިސާ ނަގާ ނަމަ ދައްކަން ޖެހޭނީ 20 ޑޮލަރެވެ. މީގެ ކުރިން ދިވެހިންނަށް ހިލޭ ޓޫރިސްޓު ވިސާ ލިބެއެވެ. މިގޮތަށް ބަދަލު ގެނަޔަސް، 30 ދުވަހުގެ ވިސާ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އެއްވެސް ކުއްޖަކު ބާކީ ނުކުރާނެކަމުގެ ޔަޤީންކަން ދެއްވައިފި އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްވައިފިއެވެ. ނައިބު ރައީސް ފައިޞަލް މިމޭރުމުން ވާހަކަފުޅު ދެއްކެވީ “އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން” އަތްމަތީ ފޮތް އިފްތިތާޙު ކުރުމަށް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕަރޕަސް ހޯލުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިން ހަރަކާތްތެރި ވާންފަށައިފި ވެލާނާގޭ އިމާރާތުގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެމްއެންޑީއެފްގެ ބޮމް ސްކޮޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގޮތް ނޭނގޭ އެއްޗެއް ފެނިގެން ޓޫރިޒަމް މިނިސްޓްރީން ރިޕޯޓްކުރުމާއެކު އެއީ ކޯއްޗެއްކަން ދެނެގަންނަން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ގޮތް ނޭނގޭ އެއްޗެއްސާ އޮފީސްތަކުން ހަވާލު ނުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ބައެއް މަސްދަރުތަކުން ބުނާގޮތުން އެއީ ކޯއްޗެއް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އުކުޅަސް ބަނދަރުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީބމިމަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެމަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ބަނދަރުގެ ޕޭވްމަންޓް މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 19,630 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ހިޔާ ފްލެޓް ލިބުނު މީހުންނަށް މޯލްޑިވް ގޭސް އިން ހިލޭ ގޭސްފުޅި ހިޔާ ފްލެޓް ލިބުނު މީހުންނަށް ހިލޭ ގޭސްފުޅި ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސް އިން އިއްޔެ ފަށައިފިއެވެ. “ހިޔާ ޕްރޮމޯޝަން”ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ގޭސްފުޅި ހިލޭ ލިބޭއިރު ގޭސްފުޅި ހިލޭ ގުޅައި ވެސް ދޭނެ އެވެ. އެހެންކަމުން ކަސްޓަމަރުން ދައްކަންޖެހޭނީ ރީފިލިންއަށް ދައްކާ 200ރ. އެކަންޏެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ހިޔާ ފްލެޓުތައް ކައިރީގައި ގޭސްފުޅިއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުލިބޭނެއެވެ. މޯލްޑިވް ގޭސްގެ ޓެންޓުން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ޕާޓީ ބަދަލު ކުރުމުގެ ވިސްނުމެއް ނުގެންގުޅެން: އަލީ ޕާޓީ ބަދަލު ކުރުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މެންބަރު ޢަލީ މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި، ބައެއް މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކުރައްވަމުން ގެންދަވާ ކަމަށާއި، ޢަލީ ޙުސައިން އެ ވިސްނުން ގެންގުޅުއްވާތޯ ކުރި ސުވާލެއްގެ ޖަވާބުގައެވެ. އޭނާ ވިދާޅުވީ ޕާޓީ ބަދަލު ކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވާ ކަމަށާއި، އަދި ޕާޓީ ބަދަލު ނުކުރަން ވިސްނާ ސަބަބުތަކެއް […] އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ރޮބަރޓް ކެނެޑީގެ 2 ދަރިން އެދުނީ، ޕެރޯލްގެ ދަށުން ސިރްހާން ދޫކޮށްލުމަށް މީގެ 53 އަހަރު ކުރިން، އެމެރިކާގެ ސެނެޓަރ ރޮބަރޓް އެފް ކެނެޑީ އަވަހާރަކޮށްލުމާއި ގުޅިގެން ހައްޔަރުގައި ހުރި އުމުރުން 77 އަހަރުގެ ސިރުހާން ސިރުހާން ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ކެނެޑީގެ 2 ދަރިން އެދިއްޖެ އެވެ. ޤާތިލް ސިރުހާން ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ކެނެޑީގެ ދެ ދަރިން ސިރްހާންއާއި އެއްކޮޅަށް ވާހަކަދެއްކުމުން ޕްރޮސެކިއުޓަރ ވަނީ ސިރްހާން އިތުރަށް ޖަލުގައި ބަންދުކޮށްފައި ނުބެހެއްޓުމާއި މެދު ގޮތެއް ނިންމުމަށް ބަހުސްކޮށްފައެވެ. ކެނެޑީގެ ދަރިފުޅު ޑޮއުގްލަސް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ބައްޕަ 19... އަޒްފާ ރަޝީދު · 5 އަހަރު ކުރިން