ވިޔަފާރި އެސްޓީއޯއިން ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. “ބައްތިރީސް” ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަނުގެ ދަށުން 32 އިންޗި ހިޓާޗީ ޓީވީ އެންމެ 2،999 ރުފިޔާއަށް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15ގައެވެ. މި ޓީވީ އަކީ އަޑު ސާފުވެފައި ކުލަތައް އެހާމެ ޗާލު ޓީވީއެކެވެ. މީގެ އިތުރުން ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންތައް ވެސް މި ޓީވީން ބޭނުންކުރެވޭނެއެވެ. އެސްޓީއޯއިން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަރޮށި ބަނދަރު ހަދަން ހަވާލުކޮށްފި ށ. މަރޮށި ބަނދަރު ހަދަން މިއަދު ހަވާލުކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫޢުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢު އެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ. މި މަޝްރޫއުގެ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އައިފޯން 13 އާއި އެޕަލްގެ އާ އުފެއްދުންތައް ދައްކާލައިފި، ވަރަށް ފުރިހަމަ އެޕަލް ކުންފުނިން ކޮންމެ އަހަރު ނެރޭ އާ އުފެއްދުންތަކުގެ ތެރެއިން މިއަހަރު ނެރޭ އާ އުފެއްދުންތައް ދައްކާލައިފިއެވެ. މި އުފެއްދުންތައް ދައްކާލީ ރޭ ބޭއްވި ހާއްސަ އިވެންޓުގައެވެ. އެގޮތުންއައިފޯން 13 ސީރީޒް އާއި އެޕަލް ގަޑި ވަނީ ދައްކާލައިފައެވެ. އައިފޯން 13 ޕްރޯގައި އޭ 15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވަނީ ހިމަނައިފަ އެވެ. ކެމެރާތަކަށް ގެނައި މި ބަދަލާއެކު ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ކޮލިޓީ ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ހިރިލަންދޫ ސްކޫލް ބެލެނިވެރިން އިހްތިޖާޖު ކުރަނީ ތ. ހިރިލަންދޫގައި ބެލެނިވެރިން ނިކުމެ އެރަށުގެ ސްކޫލްގައި އަޅުއަޅުވައި، ސްކޫލް ދޮށުގައި އިޙްތިޖާޖް ކުރަމުންއެބަދެވެ. ބެލެނިވެރިން އިޙްތިޖާޖް ކުރަމުން ދަނީ ބޯކޮށް ވާރޭ ވެހި ސްކޫލްގައި ނުކިޔެވޭވަރަށް ކްލާސްރޫމްތަކަށް ފެން ވަދެފައިވާއިރުވެސް ސްކޫލްއިން ކިޔެވުން ކުރިއަށްގެންދިއުމާއި ގުޅިގެންނެވެ. ނަމަވެސް ބެލެނިވެރިންގެ އިޙްތިޖާޖާއި ގުޅިގެން އިންޓަވަލް ފަހު ދަންފަޅީގެ ކިޔެވުން ވަނީ މެދުކަނޑާލައި، ސްކޫލްގައި ތަޅު އަޅުވާފައެވެ. މިއީ ވިއްސާރަވާ ކޮންމެ ދުވަހަކު ހިރިލަންދޫ ސްކޫލްގެ ހާލުކަމަށާއި، ސްކޫލްގެ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ކުޅިވަރު ބަޔާން ފަސޭހަ ކަމާއިއެކު ބާސާ ބަލިކުރިއިރު، ޗެލްސީއަށް ހަނި މޮޅެއް ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ބަޔާން މިޔުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާން ކާމިޔާބުކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާއި ޒެނިތު ސެއިންޓް ޕީޓްސްބާގް ބައްދަލުކުރި މެޗުން ހަނިގޮތަކަށް ޗެލްސީ މޮޅުވެއްޖެއެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާނުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ބާސާގެ ގޯލާއި އަމާޒުކޮށް އެ ޓީމުން ގިނަ ހަމަލާތަކެއް […... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ސައިޓު މޮބިލައިޒް ކޮށްފި ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލް ކުރުމާއި،250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި ޕްރެސް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި މި ހިނގާ 2021 ވަނަ އަހަރުގެ ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 7 ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް، މާލެ ދޮންގަނޑު ބީޗް ވޮލީބޯލް ކޯޓާއި ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯލް ކޯޓުގައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ލީކުވި އޯޑިއޯތަކާއިގުޅޭ އިންސާފްވެރި ތަހުގީގެއް ހިންގައި ދިނުމަށް އެދި އިދިކޮޅުގެ ސިޓީއެއް ޕީޖީއަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި ގުޅޭގޮތުން ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯ ތަކުގެ ފޮރެންސިކް ތަޙުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވާ ދެއްވުމަށް އެދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ސިޓީއެއް ފޮނުވައިފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް އެޑްރެސްކުރައްވައި، ރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ޙަވާލުވެހުރި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ... އަލީ އާދިލް · 5 އަހަރު ކުރިން
ކުޅިވަރު ޔަންގް ބޯއީސް އަތުން ފަހުވަގުތު ޔުނައިޓެޑް ބަލިވެއްޖެ ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގު އަންގާރަ ދުވަހުގެ ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ސްވިޒަލޭންޑްގެ ޗެމްޕިއަން ޔަންގް ބޯއީސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ. ޔަންގް ބޯއީސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 13 […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ރ. މީދޫގެ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފި ރ. މީދޫގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އިމާރާތްކުރާ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ. އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އާ އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލުގެ މެންބަރުންނާއި، ސަރުކާރުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ސައީދު ވަނީ އެ ރަށުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކޮށްފައެވެ. އ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ހިލަތައް ތަހުލީލުކުރުމަށްފަހު ނާސާއިން ބުނީ، މާސްގައި އޭލިއަނުން އުޅުނުކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މާސްގެ ބިމުން ނަގާފައިވާ ހިލަތަކުގެ ތަހުލީލުތައް ދައްކާ ގޮތުން އޭލިއަނުން އެ ބިމުގައި އުޅެފައިވާކަމުގެ ހެކިތައް ފެނިފައިވާކަމަށް ބުނެފި އެވެ. މާސްއަށް ޕާސްވިއެރެންސާ އެކު ފޮނުވި ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިލަ ނަގާފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ. މިހިލަތަށް އިތުރަށް ތަޙްލީލު ކުރުމަށް ދުނިޔެއަށް ގެނައުމަށް އަދި 10 ވަރަކަށް އަހަރު ނަގާނެކަމަށް ނާސާއިން ބުނެއެވެ. މާސްއިން ގެނައި ހިލަތަކުގެ ތަހުލީލްތައް ދައްކާ ގޮތުންނަމަ، އެޕްލެނެޓްގައި މީގެ ކުރިން އޭލިއަނުން ނުވ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ކޮލަމް ފަނޑުވުމެއްނެތް ޤައުމީ ރަންއަޑު “ޤައުމަށް އައި މިނިވަން ނޫރާނީ”ގެ އަޑެވެ. “ޖޯޝޭ ގެނައި މީ ޤައުމީ އުފާ” ގެ އަޑެވެ. އެއީ “އޯ ވަޒަނެ މީ ލޯބީ”ގެ އަޑެވެ. “ފަޚުރުވެރި ދިވެހީންގެ ޤައުމީ ރޫޙު އާލާކޮށްލަމާ”ހޭ ވިދާޅުވި ހިތްގައިމު ރަން އަޑުގެ ވެރިޔާއެވެ. އެއީ ނ. ހޮޅުދޫއަށް އުފަން މަޝްހޫރު ޢަބްދުﷲ ޙަސަނެވެ. ހޮޅުދޫ ޢަބްދުﷲއެވެ. މިއަދު މި ޤައުމީ ޚިދުމަތްތެރިޔާ އޮންނެވީ އާލާސްކަންފުޅާއެވެ. އެދެނީ ﷲގެ ރަޙުމަތުން ލުއި ފަސޭހަކަމާއި އަވަސް ޝިފާއަކަށެވެ. އާދޭހެވެ. އެ ހާލުކޮޅުގައި އޮންނަވާތާ އެތައް […] ޢަބްދުﷲ ސަޢީދު · 5 އަހަރު ކުރިން
ޚަބަރު ރައީސް ޔާމީން ގެ ހައްގުތައް ގެެއްލޭކަމުގެ ކަންބޮޑުވުން އދ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ އިދިކޮޅުން އެކަމުގެ ޝަކުވާތައް އދ. އަށް ހުށަހަޅައިފިއެވެ. އދ. ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރެއްގެ ގޮތުން ރާއްޖޭގައި މަސައްކަތް ކުރައްވާ ފާޑިނާންޑް ވޮން ހެބްސްބާގް އާ އެކު މިއަދު ޕީޕީ އެމް އޮފީހުގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެ ޕާޓީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅިގެން އިދިކޮޅުގެ ހިޔާލާއި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރައީސް ޔާމީންގެ ހައްގުތައް […... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޮނޑާފުށި މުވައްޒަފުންނަށް ސާވިސްޗާޖު ނުދޭތާ 6 މަހަށްވުރެއް ގިނަވެ، ޝަކުވާ ބޮޑުވެއްޖެ ހދ. އަތޮޅުގައި އޮތް ހަމައެކަނި ރިސޯޓްކަމުގައިވާ ހޮނޑާފުށީގައި މަސައްކަތް ކުރަމުން އަންނަ އެއްވެސް މުވައްޒަފަކަށް ސާވިސްޗާޖް ނުދޭތާ 6 މަހަށްވުރެ ގިނަދުވަސް ފާއިތުވެގެން ގޮސްފައިވާތީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މެދުގައި ޝަކުވާ ބޮޑުވެއްޖެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން “ތިލަދުން” އިން ވަނީ ރަސްމީ ސިފައެއްގައި އެ ރިސޯޓްގެ މެނޭޖްމެންޓަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު އެރިސޯޓުގެ ޖެނެރ... ޙުސައިން ޘަޤީފް · 5 އަހަރު ކުރިން
ވިޔަފާރި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ: އާޒިމް ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު އެއާޕޯޓުގެ ގްރައުންޑް މަސައްކަތްތައް ނިންމާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގްރައުންޑް މަސައްކަތްތަކުގެ ދަށުން ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔާ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން