ރާއްޖެ ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ދިވެހިން އަޅުވެތި ކުރަން އެޅި ފުރަތަމަ ފިޔަވަޅު: ޝުޖާއު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިނުމަކީ ދިވެހިން އަޅުވެތި ކުރަން އެޅި ފުރަތަމަ ފިޔަވަޅުކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ހުޅުމާލޭ ކައުންސިލަރު އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި ޝުޖާއު މިހެން ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ވިދާ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ 100 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 8 މީހަކު ބަންދަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 8 މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު އެ އިދާރާގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޔާއި އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި 80 އަހަރުގެ މީހަކު ނިޔާވެއްޖެ ކޯވިޑް-19 ބަލީގައި ރާއްޖެއިން 80 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 7:45 ހާކަށް ހާއިރުއެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 238 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވި މަރުތައް މަދުވެފައި ވީނަމަވެސް އަނެއްކާ ވެސް މި […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރި ފަތުރުވެރިންގެ ފުރަތަމަ ގްރޫޕަށް ހޫނު މަރުހަބާއެއް ހއ. ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރި ފަތުރުވެރިންގެ ފުރަތަމަ ގްރޫޕަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އިއްޔެ އައި މި ގްރޫޕަށް މަރުޙަބާ ކިޔާފައި ވަނީ ހޯރަފުށީ އެއާޕޯޓާއި، އެރަށު ކައުންސިލް ގުޅިގެންނެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވި ގޮތުގައި މި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ އެއާޕޯޓްގެ ބީޗްގައެވެ. އަދި މި ފަތުރުވެރިން ރިސޯޓަށް ގެންދިޔުމަށް ބަނދަރަށް އުފުލާ ދީފައި ވަނީ އެއާޕޯޓްގެ ފަރާތުން ކަމަށް ކައުންސިލުން ވިދާޅުވެއެވެ. މި ގްރޫޕްގައި ހިމެނެނީ ފިރިހެން ފަތުރ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޕެންޑޯރާ ޕޭޕާސްއިން އިންޑިއާގެ ކުރީގެ ދެ މަޖިލިސް މެންބަރެއްގެ ޖަރީމާތައް ފަޅާއަރައިފި ދުނިޔޭގެ ބައެއް ލީޑަރުންގެ ޓެކްސް ނުދައްކާ ފައިސާ ފޯރުވާ މައްސަލައާއި ވަގު ފައިސާގެ މުޢާމަލާތްތައް ލީކްކުރަމުން އަންނަ ޕެންޑޯރާ ޕޭޕާސްގައި ހުރި އިންޑިއާގެ ކުރީގެ ދެ ޕާލަމެންޓް މެމްބަރަކާއި ބެހޭ ރެކޯރޑްސްތައް “ދި އިންޑިއަން އެކްސްޕްރެސް ޝޯވ” އިން ތަހުޤީގުކޮށްފިއެވެ. މި ދެ މެންބަރުންނަކީ ވެސް ރާޖަސްތާނުގެ ރަސްކަލުންގެ ދަރިކޮޅަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. “ދި އިންޑިއަން އެކްޕްރެސް ޝޯވ”އިން ތަހުޤީގުކޮށްފައިވާ ރެކޯރޑްސްތައް ދައްކާ ގޮތުންނަމަ، އިންޑީއާގެ ކުރީގެ ޕާލިމެންޓް މެމްބަރުންކަމަށްވާ ޖޯދުޕޫރަ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ރާއްޖެ ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފި، ގެއްލުނު ދަރިފުޅު އަދިވެސް ނުފެނޭ އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅެއްއަރައި، ހިނގި ހާދިސާގައި ނިޔާވި މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ. އިއްޔެ ހިނގި މި ހިތާމަވެރި ހާދިސާގައި ލޯންޗަށް އެރި ރާޅަކާއެކުގައި 3 މީހަކު ކަނޑަށް ވެއްޓުނެވެ. އެއީ ނާހިދާއާއި އޭނާގެ ދެދަރިންނެވެ. ނާހިދާއާއި އެއް ދަރިފުޅު ފެނުނު ނަމަވެސް އަނެއް ދަރިފުޅު އަދިވެސް ނުފެނެއެވެ. ނާހިދާ ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ފުޅަދޫ އާ އިންޖީނުގެ ހުޅުވައިފި ބ. ފުޅަދޫ އާ އިންޖީނުގޭގެ މަސައްކަތް ނިންމާލައިފިއެވެ. ފެނަކައިން އެ ރަށުގައި އަލަށަ ތަރައްގީ ކޮށްފައިވަނީ 250 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. އެ ރަށުގައި މިހާތަނަށް ހިދުމަތް ދެމުން އައީ 160، 128 އަދި 80 ކިލޯވޮޓުގެ ތިން ޖަނަރޭޓަރު ބޭނުން ކޮށްގެންނެވެ. މި އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށާފައިވާއިރު މީގެ ސަބަބުން ފުޅަދޫ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުންޏެވެ. ބ. ފުޅަދޫ އައުއިންޖީނުގޭގެ މަސައްކަތް ނިމި, އައު އިންޖީނުގެއިން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ފަތިސް ނަމާދުން ފެށިގެން ހަރަމްފުޅު އާންމު ހާލަތައް، އުފާވެރި މަންޒަރެއް ހަރަމްފުޅާއި މަސްޖިދުލް ނަބަވީ އާންމު ހާލަތަށްގެނެސް، ނަމާދުގެ ޖަމާއަތުގައި ގައިދުރުކޮށް ނަމާދު ކުރުން ނިމުމަކަށް ގެނެސްފި އެވެ. ކޮވިޑް 19އާއި ގުޅިގެން މައްކާގެ ހަރަމްފުޅާއި މަސްޖިދުލް ނަބަވީ އެތައް ދުވަހަކު ބަންދުކޮށްފައި އޮތުމަށް ފަހު އާންމުންނަށް ހުޅުވާލިފަހުން ނަމާދުގެ ޖަމާއަތް ހެދުމަށް އިމާމު އިރުޝާދު ދެމުން އައީ ދުރު ދުރުގައި ތިބެގެން ނަމާދު ކުރުމަށެވެ. އަދި އެގޮތަށް އިންތިޒާމް ކުރުމަށް ސަފުތަކުގައިވަނީ ސްޓިކާވެސް ތަތްކޮށްފަ އެވެ. ނަމަވެސް ފަތިސްނަމާދުގެ ޖަމާއަތް ހެދުމަށް އިމާމް އިރުޝާދު ދ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ރާއްޖެ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ، މިހާތަނަށް ރާއްޖޭގައި ހިންގި އިގުތިސާދީ އެންމެ ބޮޑު ޖަރީމާ: އަމީރު ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ، މިހާތަނަށް ރާއްޖޭގައި ހިންގި އިގުތިސާދީ އެންމެ ބޮޑު ޖަރީމާކަމަށްފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަންކަމަށާއި މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވެ، ވިލިމާލެ ފެރީ ދަތުރުތައް މެދުކަނޑާލައިފި މާލެއާއި ވިލިމާލެއާ ދެމެދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލައިފި އެވެ. އެމްޓީސީސީން ބުނީ މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލީ، މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ. އަދި މިކަމުގެ ސަބަބަން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައި ވެއެވެ. މޫސުމާބެހޭ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ލޯންޗެއް އަޑިޔަށް ގޮސް މީހަކު ނިޔާވެ، ކުޑަކުއްޖަކު ގެއްލިއްޖެ ލޯންޗެއް އަޑިޔަށް ގޮސް އޭގެން ދަތުރުކުރި މީހަކު ނިޔާވެ، ކުޑަކުއްޖަކު ގެއްލިއްޖެއެވެ. މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ކައިރިން ދިޔަވެ އަޑިއަށްދާކަމުގެ ކަމުގެ ރިޕޯޓު ހަވީރު 5:06 ގައި އެ އިދާރާއަށް ލިބުނު ކަމަށެވެ. މިހާދިސާގައި ލޯންޗުން މޫދައް ވެއްޓުނު 3 މީހުންގެ ތެރެއިން 2 މީހަކު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ގެއްލިފައި ވަނީ 4 އަހަރުގެ ކުޑަކުއްޖެއްކަމަށް ވެސް ވިދާޅުވިއެވެ. “މިހާދިސާގައި ގެއްލިފައި ވަނިކޮށް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ މަހުމޫދުގެ މަރު: ތުހުމަތުވާ ބިދޭސީއަކު ހައްޔަރުކޮށްފި އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް، އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މަހްމޫދުގެ މަރުގެ ތުހުމަތުގައި ބިދޭސީ ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާއި އެކުގައިކަމަށެވެ. މަހްމޫދުގެ ހަބަރެއް ނުވެގެން ހޯދަންފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހޯދަމުން ދަނިކޮށް ފެނުނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މަހްމޫދު ފެނުނީ ރަށުގެ މެދަށްވާ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މީހުން ދިރިއުޅޭ ރަށްތަކުން ދަނޑުވެރިންނަށް މިހާރަށްވުރެ ފަސޭހައިން ބިން ލިބޭނެގޮތް ހަމަޖައްސައިދެނީ މީހުން ދިރިއުޅޭ ރަށްތަކުން މިހާރަށްވުރެ ފަސޭހައިން ދަނޑުވެރިންނަށް ބިން ލިބޭނެގޮތް ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ރޭ ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ، ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ބަލާއިރުގައި، ދަނޑުވެރިންނަށް ކުރިމަތިވާ އެންމެބޮޑު އެއް ގޮ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އުތުރު ކޮރެއާގައި އެމެރިކާގެ ޑޮލަރަށް ވުރެ އެ ގައުމުގެ ފައިސާ ކުރިއަށްޖެހިލައިފި އިޤްތިޞާދީ ގޮތުން ހީނަރުކަން އައިސް، ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވި ނަމަވެސް އުތުރު ކޮރެއާގެ ފައިސާ ނުވަތަ “ނޯތް ކޮރެއަން ވޮން” އެ ގައުމުގައި އެމެރިކާގެ ޔޫ.އެސް ޑޮލަރަށްވުރެ 25 އިންސައްތަ ކުރިއަށް ޖެހިލައިފިއެވެ. އާންމު ގޮތެއްގައި ޤައުމަކަށް ދަތި ހާލެއްގެ ކުރިމަތިވެއްޖެ ނަމަ، އެޤައުމެއްގެ ފައިސާގެ އަގު ދަށްވެއެވެ. ނަމަވެސް ކިމް ޖޮން އުންގެ އުތުރު ކޮރެއާއަށް ބަލާއިރު އެޤައުމުގެ ފައިސާއަށް ވަނީ ކުރިއެރުންލިބިފައެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކާބޯތަކެއްޗަށް އެޤައުމު ނުޖެހޭ މިންވަރަ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ކުރިއަށްދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމިއްމާލައިފި ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އާއި، ޔޫތު މިނިސްޓްރީ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 5 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ގެންދެވުނު މި ޕްރޮގްރާމްގައި 22 ފަރާތަކުން ބައިވެރިވެ، ތަމްރީން ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލް ކޮށްފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ތަމްރީން ޕްރ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން