ތިލަދުންމަތީ ޚަބަރު ހދ.އަތޮޅު ކައުންސިލްގެ ރައީސް ސިރާޖްއަށް ސްޓްރޯކެއް ޖެހި އޭޑީކޭގައި ފަރުވާދެނީ ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖްގެ ސްޓްރޯކެއް ޖެހި ހާލުދެރަވެ އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ. މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް، އަމީން މުޙައްމަދު ވިދާޅުވެފައި ވަނީ ރައީސްގެ ހާލުކޮޅު ދައްވާން ފެށީ މި ހަފްތާ އާދީއްތަ ދުވަހު ކަމަށެވެ. ހާލުކޮޅު ދައްވާން ފެށުމުން އެ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ކަމަށެވެ. ހާލަތު ރަނގަޅު ނުވުމާއިއެކު ހޯމަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގުޑު ގުޑާ ދޫނިތައް އައިސްއުޅެނީ "ނުރަސްމީ ދަތުރެއްގައި"، ހައްޔަރު ނުކުރާތި! އެއް ގައުމުން އަނެއް ގައުމަށް ހިކުރަކުރާ ދޫނިތަކަށް ނުރައްކާ ބޮޑު އިރު، އެ ދޫނިތައް ހިޖުރަކުރަނީ ކީއްވެގެންކަން އިނގޭ ހެއްޔެވެ.؟ އަދި އެ ދޫނިތަކަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވެއެވެ. އެ ދޫނިތަކުގެ ފުށުން އަހަރުމެންގެ ނާޒުކު ތިމާވެއްޓަށް ލިބޭ ފައިދާ ބޮޑުއިރު، އެފަދަ ދޫނިތައް ހައްޔަރުކޮށް އަނިޔާކުރުމަކީ އެ ދޫނިތަކަށްވެސް ދެވޭ އަނިޔާއެކެވެ. އެންމެ އެކަށީގެންވާ ގޮތަކީ އެ ދޫނިތައް އަމިއްލައަށް އެ އެއްޗެހީގެ މިނިވަންކަމުގައި އުޅެން ދޫކޮށްލުމެވެ. ހުޅަނގު މޫސުން ވެގެންގޮސްފައިވަނީ އާންމު ގޮތެއްގައި... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ރާއްޖެ ރިޒްނާ ޒަރީރު، ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ރިޒްނާ ޒަރީރު އައްޔަން ކުރައްވައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި މަގާމަށް ކުރީގެ މަޝްހޫރު ނޫސްވެރިޔާ ރިޒްނާ ޒަރީރު އައްޔަން ކުރައްވާފައިވަނީ މިއަދު އެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގާތްގަނޑަކަށް 14 އަހަރު މަސައްކަތް ކުރައްވާފައިވާ ރިޒްނާ މިފަހުން ފެނިގެން ގޮސްފައިވަނީ ސިޔާސީ ދާއިރާއިން އެވެ. އެގޮތުން މިއަހަރު ބޭސްވުނު ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުކަމަށް އެމްޑީޕީ ޓިކެޓުގައި ރިޒްނާ ކުރިމަތިލެއްވިއެ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގުޑުގުޑާ ދޫނި އައިނެއް ތިލަދުންމައްޗަށް! ހިފާ ގޯނާކުރާނަމަ ފިޔަވަޅު އަޅަނީ ރާއްޖޭން އާއްމުކޮށް ނުފެންނަ މާކަނާގެ އާއިލާގައި ހިމެނޭ ގުޑުގުޑާ ދޫނި “ގުރޭޓަރ ފްލެމިންގޯ” އައިނެއް ތިލަދުންމަތީގެ އެކި ރަށްރަށުން ފެނިއްޖެ އެވެ. ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ މި ދޫނިތައް ފެނިފައިވަނީ ހއ. ފިއްލަދޫ، ހއ. ބާރަށް އަދި ހދ. ކުޅުދުއްފުށި ސިޓީ އިންނެވެ. އެންމެ ފުރަތަމަ މިދޫނިތައް ފެނި އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ. މިދިޔަ އާދިއްތަ ދުވަހު މެންދު... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނަރުދޫ އާ އިންޖީނުގެ ނިންމައި ހިދުމަތް ދޭން ފަށައިފި ށ. ނަރުދޫގައި އަލަށް ތަރައްގީ ކުރި ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގޭގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށައިފިއެވެ. އިންޖީނުގެއާ އެކު އާ އޮފީސް ބައި ވެސް ވަނީ މިހާރު ބޭނުން ކުރަން ފަށާފައެވެ. މި އިންޖީނުގެއާއެކު ރައްޔިތުންނަށް މެދު ނުކެނޑި ކަރަންޓުގެ ހިދުމަށް ދެވިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ. އެ ރަށުގައި އަލަށް ތަރައްގީ ކުރީ 250 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. ހަ ސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނަރުދޫގައި އާ އިންޖީނުގޭގެ ސަބަބުން ކަރަންޓުގެ މައްސަލައަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ 100 ކިލޯ މަސްތުވާތަކެތީގެ މައްސަލަ: ތުހުމަތުވާ 2 މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި 100 ކިލޯ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލުމަށް ކޯޓުން ނިންމެވި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހު ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވި ގޮތުގައި ޕީޖީ މިގޮތައް ނިންމެވި ނިންމުން ބިނާވަނީ ދެ ސަބަބެއްގެ މައްޗަށެވެ. މިގޮތުން ފުރަތަމަ ސަބަބަކީ، ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށް ބަލައި ބަންދުން... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ މަސްތުވާތަކެތިން ގައުމު ސަލާމަތްކުރަން ކުރީ ސަރުކާރަށް ލިބުނު އެހީގެ ފައިސާއިން ވެސް ކުރީ ވައްކަން: ޝިފާޢު މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ކުރީ ސަރުކާރުގެ ދުވަސްވަރު ވެސް ބޭރުގެ ބޮޑެތި އެހީތަކެއް ލިބިގެން ދިޔަ ކަމަށާއި، ނަމަވެސް އެ ފައިސާއިން ވެސް ކުރީ ވައްކަން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ދޫވަމުން ދާކަމަށް ބުނެ އިދިކޮޅު މެންބަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބައިވެރިވެ ދެއްކެވި ވާހަކާގައެވެ.... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ކައުންސިލްގެ ނިންމުން: މިމަހުގެ ކަރަންޓް ބިލުން %50 ޑިސްކައުންޓެއް ށ. ފުނަދޫގެ އާންމުންގެ ގޭބިސީތަކަށާއި، ވިޔަފާރިތަކަށް މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ ފުނަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 20ވަނަ ޖަލްސާގައެވެ. މި ނިންމުމުގައި ބުނެފައިވާގޮތުން މިގޮތަށް ކައުންސިލުން މިގޮތަށް ނިންމީ އެރަށުގައި ކަރަންޓް ފޯރުކޮށްދޭ ޖަނަރޭޓަރަށް ދިމާވި މައްސަލައާއިގުޅިގެން މިދިޔަ ސެޕްޓެމްބަރުމަހު އަވަސްއަވަހަށް ކަރަންޓްކަނޑަން ޖެހުމުގެ ސަބަބުން އެމަހުގެ ކަރަންޓް ބިލްތައް ވަރަށް ބޮޑުވެފައިވާތީ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ކުޅިވަރު ޕެލަސް އަތުން ބަލިނުވެ އާސެނަލް ސަލާމަތްވީ ކިރިޔާ އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އާސެނަލްއިންނެވެ. މި ލަނޑި މެޗުގެ އަށްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އޮބާމެޔަންއެވެ. މެޗުގެ ފުރަތަމަ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
މަޖިލިސް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކެއް ރާއްޖެއިން ފުރައިފި: އާދަމް ޝަރީފް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކެއް މިހާރު ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައިކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ދޫވަމުން ދާކަމަށް ބުނެ އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ، މަސްތުވާ ތަކެތީގެ މައްސަލައަކީ ރާއްޖޭގައި ޒަމާންތަކެއް ވަންދެން ދެމިގެން ގޮސްފައިވާ އޭގ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ 215 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ބަންދަށް 15 ދުވަސް 215 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހު އެ އިދާރާގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޔާއި، ރ. އަތޮޅު ޕޮލިހާއި، ފޮރިންސިކް ފުލުހުންނާއި އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭ... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ބެންކޮކްގެ މަގުތަކުގައި ކުރިއަަށްދާ މުޒާހަރާތަކުގައި ފުލުހުން ކުޑަކުދިންނަށް އަނިޔާކުރަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބަައިވެރިވާ ކުޑަކުދިންނަށް ފުލުހުން އަނިޔާކުރާކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ. ކޯވިޑް 19 ގުޅިގެން ބެންކޮކް ބަންދުކޮށްފައި އޮތުމާއި އެކު، އެކަމާއި ދެކޮޅަށް ޒުވާނުންނާއި މެދު އުމުރުގެ ކުދިން މަގުތަކުގައި ކުރަމުންދާ މުޒާހިރާތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރަމުން އަންނަ ވަގުތުތަކުގައި ހާއްސަކޮށް ކުޑަކުދިންނަށް އަނިޔާކުރަމުން އަންނަކަން މުޒާހިރާގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. މުޒާހިރާގެ ބައިވެރިން ފާހަގަކޮށްފައިވާ ގޮ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ވިޔަފާރި ވެމްކޯއިން ވެށި ފާރަވަރިން ހޯދަނީ ވެށި ފާރަވެރިންގެ ގޮތުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދަން ވެމްކޯއިން އިއުލާން ކޮށްފިއެވެ. ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ހޯދަނީ 30 ވެށި ފާރަވެރިންނެވެ. މި ވަޒީފާގެ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 9000ރ. އެވެ. ވެށި ފާރަވެރިންނަކީ ވެމްކޯއިން ހިދުމަތްދޭ ރަށްތަކުގައި ކުނި ނެގުމުގެ މަސައްކަތް ކުރާ މުވައްޒަފުންނެވެ. މިއީ ފަހަކަށް އައިސް ގިނަ ދިވެހިން ޝައުގުވެެރިވާ ވަޒީފާއެއްވެސް މެއެވެ. މި ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކޮލަމް ޚަލީލްގެ ކޮލަމް: ކުޑައިރު ކުޅުނު ކުޅިވަރުތަކުގެ ހަނދާން ކުޑައިރު ކުޅެން އުޅުނު މަޖާ ދުވަސްތަކަކީ ހަނދާނުން ފިލައިދާނެ ދުވަސްތަކެއް ނޫނެވެ. ވެލިގަނޑާއި، ރުއްގަނޑާއި މޫދާއި ދަނޑުމައްޗާއި މަގުމަތީގައެވެ. އެއީ ހަޔާތުގައި ކޮންމެ މީހަކަށް ވެސް އަންނާނެ އެންމެ މަޖާ އަދި އެންމެ ހިތްހަމަޖެހޭ ދުވަސްތަކެވެ. އެ ދުވަސްވަރު އުޅެމުންދިޔަ ކޮންމެ މާހައުލެއް އޮތީ އަމިއްލަ ވަންތަ ކުޅިވަރުތަކުން ފުރިފައެވެ. އެ މާހައުލަކާއި ގުޅޭގޮތަށް ބައްޓަންވެ ކުޅެމުން އަންނަ ކުޅިވަރުތައް އެހާމެ ގިނައެވެ. މި ކުޅިވަރުތަކުގެ ތެރޭގައި އެއްގޮތަކަށް ކުޅެއުޅުނު ނަމަވެސް ރާއްޖޭގެ އެކި ހިސާބުތ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އަމީރު ވިދާޅުވި ބަސްކޮޅާމެދު ވިސްނާލަންވީ އިގުތިސޯދީ ނަޒަރަކުން: ޑރ. މައުސޫމް އިންޑިއާގެ ޖީއެމްއާރު އަތުން ރާއްޖޭގެ މައި ވައިގެ ބަނދަރު އަތުލި މައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވި އެއްޗަކާމެދު އިގްތިސޯދީ ނަޒަރަކުން ވިސްނައި، ފަހުމުވެލުން މުހިއްމުކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއީ) އަތުލުމަކީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ... އަލީ އާދިލް · 5 އަހަރު ކުރިން