ތިލަދުންމަތީ ޚަބަރު ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތަކާއެކު ވަޒީފާތައް އިތުރުވެގެންދާނެ ބޮޑުތިލަދުންމަތީގައި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކާއެކު އެ ސަރަހައްދުގައި އިތުރު ވަޒީފާގެ ފުރުޞަޠުތައް އިތުރުވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު ޢާޠިފް ދެއްކެވި ވާހަކާގައި ވަނީ ބޮޑުތިލަދުންމައްޗަށް ދި... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ 1400 ހައުސިން ޔުނިޓް އަޅަނީ ހދ. ކުޅުދުއްފުށީ ސިޓީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ސިޓީގައި 1400 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެއްކެވި ވާހަކާގައި ވަނީ ކުޅުދުއްފުށީ ސިޓ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވަން ކުޅުނު އެކުވެރިކަމުގެ މެޗުން ޤައުމީ ޓީމް މޮޅުވެއްޖެ ހދ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ތަރައްޤީ ކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑު ހުޅުވުމަށް މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ޓީމް ކުޅުދުއްފުށި ބައްދަލުކުރި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކުޅުދުއްފުށީ ޓާފް ދަނޑު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުނަ ޤައުމީ ޓީމް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުޖުތަބާ ދޫކޮށްލަން ގޮވާލައިފި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު ދޫކޮށްލުމަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ. އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު މިއަދު ހަވީރު ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. މުޖްތަބާ ހައްޔަރުކޮށްފައިވަނީ ރައީސް ޞާލީހް ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް މިއަދު ވަޑައިގެންނެވި ވަގުތު މުޖުތަބާގެ ގޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސ... އަލީ އާދިލް · 5 އަހަރު ކުރިން
ކުޅިވަރު ޗެލްސީން ނޯވިޗް ކޮޅަށް 7 ލަނޑު ޖަހައިފި އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ނިމުނު ހަފްތާގެ ތެރޭގައި ޗެލްސީން ޗެމްޕިއަންސް ލީގުގައި މަލްމޯއާއި ބައްދަލުކުރި މެޗުގައި އެ ޓީމްގެ ދެ ފޯވާޑުން ކަމަށްވާ ލުކާކޫ އާއި ޓިމޯ ވާނާ އަށް އަނިޔާވުމުން ޗެލްސީން މި މެޗަށް ނުކުމެފައި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފި ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ދަނޑު ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ. މިއަދު 17:00 ހާއިރު މި ދަނޑު ރަސްމީކޮށް ހުޅުވުމާއެކު މިދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްގެ ވަނީ ކުޅެން ފަށާފައެވެ. މި މެޗްގައި އެއްކޮޅުން ޓީމް ކުޅުދުއްފުށި ބައްދަލުކުރާ އިރު އަނެއްކޮޅުން ބައްދަލު ކުރަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމެވެ. ނަމަވެސް ޤައުމީ ޓީމުގައި ޔޫތު މިނިސްޓަރު މަހްލޫފްވެސް ދަނީ ކުޅެމުން... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކަނޑަށް ވެއްޓި ގެއްލުނު ކުއްޖާ ހޯދުން މިވަގުތައް ހުއްޓާލައިފައިފި އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅެއްއަރައި، ހިނގި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރު ކުއްޖާ ހޯދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިމަހުގެ 16 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ލޯންޗަށް އެރި ރާޅަކާއެކުގައި 3 މީހަކު ކަނޑަށް ވެއްޓުނެވެ. އެއީ މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާއާއި އޭނާގެ ދެ ދަރިންނެވެ. ނާހިދާއާއި އެއް ދަރިފުޅު ފެނުނު ނަމަވެސް އަނެއް ދަރިފުޅު […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އިޓަލީގެ އެންމެ ބޮޑު އެއާލައިން ހުއްޓާލުމުން ކެބިން ކްރޫއިން މުޒާހަރާކޮށްފި އިޓަލީގެ އެންމެ ބޮޑު އެއާލައިން “އެއާ އިޓާލިއާ” ހުއްޓާލުމާއި އެކު ކެބް ކްރޫއިން އިޓަލީގެ ވެރިރަށް ރޯމްގެ މަގުމަތީގައި މުޒާހަރާކޮށްފިއެވެ. ކޯވިޑް 19 އާއި ގުޅިގެން ބަނގުރޫޓުވެ އެއާ އިޓާލިއާ ހުއްޓާލަން ޖެހުމާއި ގުޅިގެން ހުރިހާ މުވައްޒަފުންގެ ވަޒީފާވަނީ ގެއްލިފައެވެ. މިކަމާއި ގުޅިގެން ސްޓާފުންނާއި ކެބިން ކްރޫ އިން އަންނަނީ އެމީހުންގެ ގެއްލިފައިވާ ވަޒީފާގެ ހައްގުތައް ދިނުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެއާ އިޓާލިއާގެ އެންމެ ފަހު ފްލައިޓް އޮޕަރޭޓްކޮށް އެ […] އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން ވަނީ އެ މަނިކުފާނަށް ހޫރު މަރުހަބާއެއް ކިޔާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ޓާފް ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައި އެ ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ. މި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ 3 ދުވަސްތެރޭގައި ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ: ހެލްތު މިނިސްޓްރީ ކުރިއަށް އޮތް 3 ދުވަސްތެރޭގައި ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރީން ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ، އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ 20 ވިހި އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް، އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަށްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފެށޭނެ ކަމަށް... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި ށ. ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. “ކަޅުއޮށްފުންމި” ކަސްރަތު ޕްރޮގްރާމް ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކޮމަންޑޫ ކައުންސިލާއި، އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ކަސްރަތު ޕްރޮގްރާމްގެ ކުރިއަށް ގެން ގޮސްފައި ވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 އިން ފެށިގެން 22 ގެ ނިޔަލަށެވެ. ކޮމަންޑޫ ކައުންސިލުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގައި އެރަށުގެ ރައްޔިތުންނާއި ރަށުގެ މު... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑްއިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިނގިރޭސިވިލާތުގެ ސައިންވެރިން ގޮވާލައިފި އިނގިރޭސިވިލާތުގައި އަނެއްކާވެސް ކޮރޯނާ ވައިރަސްގެ ކޭސްތައް އިތުރުވަމުން ދާ ދިއުމާއި އެކު ކޯވިޑުން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އެގައުމުގައި އެޅުމަށް އިނގިރޭސި ސައިންސްވެރިން އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ. އިނގިރޭސި ސަރުކާރުގައި ހިމެނޭ ސައިންސްވެރިންތަކެއް އިސްވެ އެ ގައުމުގެ ސަރުކާރަށް ކޯވިޑުން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވަނީ އެގައުމުގައު އަނެއްކާވެސް ކޯވިޑް ކޭސަސްތައް ގިނަވަމުން ދިއުމާއި ގުޅިގެންނެވެ. ފާއިތުވި ހަފްތާއަށް ބަލާއިރު، އިނ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ ލީޑަރަކު މަރާލައިފި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަލްޤައިދާގެ އިސް ލީޑަރަކު މަރާލައިފިކަމަށް އެގައުމުން ބުނެފި އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ހަމަލާ އަމާޒްކޮށް މަރާލާފައިވަނީ އަލްޤައިދާގެ ލީޑަރު އަބްދުލް ހާމިދު އަލް މައްތާރު ކަމަށް ވަނީ ބުނެފައެވެ. އަލްޤައިދާގެ ލީޑަރަކަށް އަމާޒުކޮށް އެމެރިކާއިން މި ހަމަލާދީފައި މިވަނީ މީގެ ދެދުވަސް ކުރިންނެވެ. އެމެރިކާއިން މިހަމަލާ ދީފައިވަނީ ސީރިޔާގެ ދެކުނުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފަ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސް މިއަދު ކުޅުދުއްފުށި ސިޓީއަށް ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ހދ. ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ. މައުލޫމާތު ލިިބިފައިވާ ގޮތުގައި ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، މި އަހަރު ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަ ކުޅުދުފުއްޓަށް ރައީސް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ދުބާއީގައި ކުރިއަށް... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ހުޅުވައިފި ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ހުޅުވައިފިއެވެ. ރޭ ހުޅުމާލޭ ޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި މި އިމާރާތުގެ ގޭޓުތައް ހުޅުއްވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިގޮތުގައި، ހުޅުމާލޭގައ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން