ވިޔަފާރި ޕިކްނިކް އައިލެންޑް ހިއްކަން ތައްޔާރުވެ ސައިޓް މޮބިލައިޒްކޮށްފި މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހަދާ ޕިކްނިކް އައިލެންޑް ހިްކުމުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފިއެވެ. މި ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިއަދުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. ކ. ކުޑަގިރީގައި ތަރައްގީ ކުރާ މި ޕިކްނިކް އައިލެންޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި މުޅި ރާއްޖެއަށް މޫސުމާގުޅޭ އިންޒާރު، ވައިޓް އެލާޓް ނެރެފިއެވެ. މިގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 20:00 އިން ފެށިގެން މެންދަމުން އަނބުރާ 1:00 އާއި ހަމައަށެވެ. މި ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި މުޅިރާއްޖެއަށް 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑަށް ވުރެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުގެ ނުރައްކާ ދުނިޔެއަށް ބޮޑު: ޑަބްލިއުޓީއޯ ދުނިޔެ ހުއްޓުމަކަށް ގެނައި ކޯވިޑް-19 ބަލިމަޑުކަމަށް ވުރެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުގެ ނުރައްކާ ދުނިޔެއަށް ބޮޑުކަމަށް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އިން ބުނެފިއެވެ. ކޯވިޑްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ހީނަރުކަމަށް ވުރެން ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ނުރައްކާ ދުނިޔެއަށް ބޮޑުވެފައިވާ ކަމަށާއި، ހުރިހާ ގައުމުތަކެއްގެ ސަރުކާރުންވެސް މިކަމަށް އިސްކަމެއްދީގެން މިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޔޫ.އެން.ޑަބްލިޔު.ޓީ.އޯގެ ސެކެޓްރީ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. ފޭދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފި ށ. ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފޭދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުވައި ދެއްވީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް، 9000 އަށް ވުރެ ގިނަ ރާގޮނޑި ހިފައިފި ހއ. ދިއްދޫ ފަޅަށް ބޮޑު ރާގޮނޑި އައިނެއް ވަދެއްޖެއެވެ. ދިއްދޫ ހުޅަނގު ފަރާތުން އަލަށް ހިއްކި ސަރައްދުގެ ފަޅަށް ވަތް މި ރާގޮނޑި އައިން ބައްދާލައި، ގިނަ އަދަދެއްގެ ރާގޮނޑި ވަނީ ހިފާފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ އެ ރާގޮނޑި އައިނުން ހިފުނު ރާގޮނޑީގެ ޖުމްލަ 9054 އަށް އަރާ ކަމަށެވެ. “ހެނދުނު 11 ޖެހީއްސުރެ މިކަމުގައި ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ އެ އުޅުނީ، މިހާރު ހިފުނު ރާގޮނޑިތައް ގޭބިސީތަކަށް […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަވަށްޓެރި ފުލުހުންގެ ހިދުމަތާއެކު މޭޔަރު އާތިފްގެ އުންމީދު ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރޭ ފަށާފައިވާއިރު، އެ ހިދުމަތާއެކު އެ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތަށް ރަނގަޅު ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމުގައިދެކިވަޑައިގަންނަވާ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އިދިކޮޅުގެ "މިނިވަންކަމުގެ ހިނގާލުން" އަންނަ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ “މިނިވަންކަމުގެ ހިނގާލުން” އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދަން އެ ކޯލިޝަނުން ނިންމައިފިއެވެ. އިދިކިޅޮ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްއިން މިއަދު ބުނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ފަސް ކުރެވުނު “މިނިވަންކަމުގެ ހިނގާލުން” 12 ނޮވެމްބަރު 2021 ވާ ހުކުރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ. މި ހިނގާލުން ފެށޭނީ، މާލޭ ސިޓީގެ ޕީޕީއެމް އޮފީސް ކުރިމަތިން ހުކުރުދުވަހުގެ 15:45 ގައި ކަމަށް އެ ޕީޕީއެމުން ވަނީ ބުނެފައެވެ. އިއްޔެ ހަވީރު […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ކުޅުއްފުށީ ސިޓީގެ މޭޔަރާއި، އެ ކައުންސިލްގެ މެމްބަރުންނާއި، އެ ސިޓީގައ ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި ހއ. އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި އެވެ. އުތީމު ކައުންސިލުން ބުނީ، ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ ލަފާގެމަތިން، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބޭފުޅުންނާއި އުތީމު ކައުންސިލް އަދި އުތީމު ޕޮލިސް ޑެސްކްގެ އެހީތެރިކަމާއި އެކު ރައްކާތެރިކަމާއި އެކު ވަޅު އެސަރަހައްދުން ނަގާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށުގައި ރައްކާތެރި ކުރެވިފައިވާ ކަމަށެވެ. މިކަމުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް އުތީމު ކައުންސިލުންވަނީ ޝުކުރު ދަނ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ކޮލަމް ސުނާމީގެ އިންޒާރު ލިބިއްޖެނަމަ؟ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ސުނާމީ އާއި މެދު ހޭލުންތެރިކަން އިތުރުކުރާ ދުވަހެވެ. 2021 ވަނަ އަހަރުގެ ސުނާމީ އަށް ހޭލުންތެރި ކުރުވާ ދުވަހުގެ އެންމެ ބޮޑު ޝިޢާރެއްގެ ގޮތުގައި ޔޫއެންއިން ކަނޑައަޅާފައިވަނީ ޤައުމީ، އިޖްތިމާޢީ އަދި ޢާންމު ފަރުދުންގެ މެދުގައި މިފަދަ ބޮޑެތި ކާރިސާ ތަކުން ސަލާމަތްވެވޭނޭ ގޮތްތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުވުމެވެ. ޔޫއެންއިން ލަފާ ކުރާ ގޮތުގައި، 2030 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުންދާނީ […] ތިލަދުން · 5 އަހަރު ކުރިން
ވިޔަފާރި އުރީދޫ ހިދުމަތް ފޭސް 2 އަށް: ހާއްސަ އޮފާތަކެއްވެސް ލިބޭނެ އުރީދޫ މޯލްޑިވްސްގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދޭން ފަށައިފިއެވެ. މި ހިދުމަތް ދޭން ފަށައި އުރީދޫ އިން ވަނީ ހާއްސަ އޮފާތަކެއް ވެސް ތައާރަފު ކޮށްފައެވެ. އެގޮތުން އުރީދޫ ސުޕަރނެޓް ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރާ އެކު އިންސްޓޯލްމަންޓް ޗާޖުތައް ވެސް ހިލޭ ލިބޭނެއެވެ. މީގެ އިތުރުން ސުޕަރނެޓްގެ ހައިސްޕީޑް އިންޓަނެޓާއި ސުޕަރނެޓްގެ ޚިދުމަތަށް އެދޭ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މުޅިން ހިލޭ ލޭންޑްލައިން ފޯނެއް ވެސް ލިބޭނެއެވެ. މި އޮފާގެ ދަށުން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ޕޮލިސް ފުޓްޝަލް ދަނޑު ރަސްމީކޮށް ހުޅުވައިފި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އަޅާފައިވާ ފުޓްޝަލް ދަނޑު ރަސްމީކޮށް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިދަނޑު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެވެ. މި ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. މި މެޗްގައި މިނިސްޓަރު އިމްރާންގެ އިތުރުން، ސީޕީ ހަމީދު ވެސް ކުޅުއްވިއެވެ. ހޯމް މިނިސްޓަރު އިމްރާނާއި، ސީޕީ ހަމީދު މިހާރު އުތުރުގެ ބައެއް ރަށްރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކު އަންހެނުންގެ ކޮމިޓީގެ ފަރާތުން ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯހެއް ފަށަނީ ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯހެއް ހިންގަން ނިންމައިފިއެވެ. މިއީ ފީވަކު ކަނބަލުންނަށް ޚާއްޞަކޮށްގެން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައިވާ ދެ ކޯހެވެ. މި ދެ ކޯސް ވެސް މި މަހުގެ ފެށުމަށް ނިންމާފައިވާއިރު، މި ކޯސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ 5 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ. މި ދެ ކޯހުގައިވެސް ބޭނުންކުރާނެ ތަކެތި ކޯސްހިންގާފަރާތުން ފޯރުކޮށްދޭނ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓެއް، ނޭކުރެންދޫ އާއި ކުމުންދޫގައި އެޅުމަށް ހަވާލުކޮށްފި ޒަމާނީ ފެންވަރުގެ އައުޓްޑޯރ ވޮލީކޯޓެއް ހދ. ނޭކުރަންދޫ އާއި ހދ. ކުމުންދޫގައި އެޅުމަށް ހަވާލުކޮށްފި އެވެ. މިރަސްމިއްޔާތު އޮތީ އިއްޔެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގަ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އަޙްމަދު މަޙްލޫފުގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރ ވަނީ ބައިވެރިވެފަ އެވެ. ޔޫތު މިނިސްޓްރީން އެމަސައްކަތް ހަވާލު ކުރެވުނު ފަރާތާއި އެކު ކޮންޓްރެކްޓްގައިވަނީ ސޮއިކުރެވިފައެވެ. 25 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓް... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ އަސާސީ ބޭސްތައް ފާމަސީތަކުގައި ހުސްނުވެ، ލިބެން ހުންނަންޖެހޭނެ ކަމަށް އަންގައިފި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް އަބަދުވެސް ފާމަސީތަކުން ލިބެން ހުންނަންޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީއިން ފާމަސީތަކަށް އަންގައިފިއެވެ. މިގޮތުން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ، ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި ރައްޔިތުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ. ނަމަވެސް ރައްޔި... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން