މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ސާފު ނަލަ ބިލެތްފަހީގެ އަމާން ވެށިން، ރަށްފުށުގެ ފަހި ވާހަކަ ތަކެއް!

ސާފު ނަލަ ބިލެތްފަހީގެ އަމާން ވެށިން، ރަށްފުށުގެ ފަހި ވާހަކަ ތަކެއް!

ހިންދުމާ ކަނޑުތެރޭގައި އުފެދިފައިވާ ކުދި ޖަޒީރާތަކުގެ ތެރެއިން ޤުދުރަތީ ޖާދޫގެ މުރަކައެއް މަތީ މަޑުނޫކުލައިގެ ސާފު ބޮޑު ފަޅެއްގެ މެދަށް ހުދުވެލިން ފިނޮޅެއް އުފެދި ނަލަނަލަކޮށް ފެތުރިލައި އޮވެ ބިޔަ ގަސް ރުކުން މަލަފެވޭ ޗާލު މަލަމަތިން ހާއި، ހެލޯ ޖަހައި އޮތުމަކީ ށ އިން ބިލެތްފަހި ހަމައެކަނި އަދާކުރަންޖެހޭ ދައުރު ނޫންކަން ހިތުގެ އަޑިން ރަށުގެ މުޅި އިހްތިސާސްދެކެ ލޯބިވާ ށ ބިލެތްފަހީގެ ރަށްވެހިން ޤަބޫލުކުރެއެވެ. ދިގުމިނުގައި 1.92 ކިލޯ މީޓަރު އަދި ފުޅާމިނުގައި 0.63 […]

އިބްރާހީމް ފައިސަލް
ގިނައިރުތަކެއް ފަހުން ބޭންކުގެ ޚިދުމަތްތައް ލިބެންފަށައިފި، ކަސްޓަމަރުންގެ ކެތްތެރިކަމަށް ބީއެމްއެލްގެ ޝުކުރު!

ގިނައިރުތަކެއް ފަހުން ބޭންކުގެ ޚިދުމަތްތައް ލިބެންފަށައިފި، ކަސްޓަމަރުންގެ ކެތްތެރިކަމަށް ބީއެމްއެލްގެ ޝުކުރު!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަޕްގުރޭޑްގެ މަސައްކަތެއް ކުރުމަށް ޚިދުމަތްތައް މެދުކަނޑާލި ވަގުތު އުންމީދު ކުރިވަރަށްވުރެއް އިތުރުވެފައިވާތީ އެވަގުތުތަކުގައި ކަސްޓަމަރުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަމަށް އެބޭންކުން ޝުކުރު އަދާކޮށްފި އެވެ.  ޚިދުމަތްތަކަށް ބުރޫ އެރުމާއި ގުޅިގެން އެބޭންކުގެ ޚިދުމަތްތައް ހޯދާ ކަސްޓަމަރުންނަށްވަނީ ވަރަށް ބޮޑެތި ތުރާތަކާއި ތަކުލީފުތައް ކުރިމަތިވެފަ އެވެ. ބީއެމްއެލްއިން ރޭ ޚިދުމަތްތައް މެދުކަނޑާލާފައިވަނީ ފަތިހު 4 ޖެހި އިރު އެވެ. މެއިންޓަރނެންސްގެ މަސައް...

އިބްރާހިމް އަސްވާޤް
ކުރިނބީގައި ކުރިއަށް ގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ކުރިނބީގައި ކުރިއަށް ގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ހދ. ކުރިނބި ކައުންސިލްއާއި ކުރިނބި “ޔޫތް މޫވްމަންޓް” ޖަމްޢިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ އެރަށުގެ ދަނޑުވެރިން ތަމްރީން ކުރުމުގެ ކޯސް ނިންމާ، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްފިއެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމްއެވެ. ނޮވެމްބަރ މަހުގެ 4 އިން 6 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔާވާދެެއްވާފައިވަނީ ޕްރައިމް ފަރޓިލައިޒަރގެ ޓްރެއިނަރ މުޙައްމަދު ޒާހިރެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ޔޫތް މޫވްމަންޓް...

އައިޝަތު ނަސާޔާ
ކުކުޅަކާއި ވެލައެއްގެ މިސާލާއެކު މި ސަރުކާރުގެ ހިތްވަރު ރިޟާގެ ދުލުން!

ކުކުޅަކާއި ވެލައެއްގެ މިސާލާއެކު މި ސަރުކާރުގެ ހިތްވަރު ރިޟާގެ ދުލުން!

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައި ދައުލަތުގެ ބަޖެޓުން ފެނިގެން ދަނީ މި ސަރުކާރުގެ ހިތްވަރާއި، ބުންވަރުކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ، ބަޖެޓް ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން ބަޖެޓް ފޮތުގެ ބަނޑޭރި ގަނޑުގައި ހުރި ލިޔުމާއި، ތަސްވީރުތަކާއި ބަޖެޓްގައި ހުރި އެއްޗަކާ ގުޅިލާމެހިފައިވާތަން ފެނިގެން ދިޔަ ކަމަށެވެ. ބެޖެޓް ފޮތުގެ ބޭރުގަނޑުގައި އޮތް ބަހުރުވާއި، ކުރެހުންތަކާއި، ތަސްވީރުތައް ބަޖެޓްގައި ލ...

ތިލަދުން
18 އަހަރަށްފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

18 އަހަރަށްފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރި ހޯދައިފިއެވެ. ބަންގްލަދޭޝް މިއަދުގެ މެޗް ކާޔާބުކުރީ މެޗު ނިމެންދަނިކޮށް މެޗްގެ 86 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، 2-1 ލަނޑުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ ފާއިތުވި 18 އަހަރު ތެރޭގައި ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރި […]

ހުސައިން ހަބީބް
ރައްޔިތުމީހާއަށް ވަގުތުން ބިލު ހަވާލު ކުރެވޭނެ ހިދުމަތެއް ފެނަކައިން

ރައްޔިތުމީހާއަށް ވަގުތުން ބިލު ހަވާލު ކުރެވޭނެ ހިދުމަތެއް ފެނަކައިން

ރައްޔިތުމީހާއަށް ވަގުތުން ބިލު ހަވާލުކުރެވޭނެ ހިދުމަތެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައާރަފްކޮށްފިއެވެ. މި ހިދުމަތް ތައާރަފް ކޮށްފައިވަނީ މިއަދު ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި ޕްލޭނިން މިިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވަޑައިގެންނެވިއެވެ. ފެނަކައިން ބުނީ، މި ހިދުމަތް ތައާރަފް ކުރެވުމާއެކު ބިލުތަކުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް އަވަސް ހައްލެއް ހޯދައިދެވޭނެ...

އަޙްމަދު ވަހީދު
"ދިއްދޫ ރައީސް ހޭންޑް ބޯލް މުބާރާތު"ގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކްލަބަށް

"ދިއްދޫ ރައީސް ހޭންޑް ބޯލް މުބާރާތު"ގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކްލަބަށް

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެރަށު ކަނބަލުންނަށް ބޭއްވި، ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. “ދިއްދޫ ރައީސް ހޭންޑް ބޯލް މުބާރާތް 2021″ގެ ނަމުގައި އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ. އެ ޓީމްތަކަކީ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލްގެ […...

ޙުސައިން ޝަހުދީ
ކެލާގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ނިންމާލައިފި

ކެލާގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ނިންމާލައިފި

ހއ. ކެލާ ކައުންސިލްއާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯސް ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. އެގޮތުން ރޭގައި ކެލާގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) އެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތ...

އައިޝަތު ނަސާޔާ
ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފި

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފި

ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފިއެވެ. މި މުބާރާތް ފެށުމަށް މި މަހުގެ 11 ވަނަ ދުވަހަށް ތާވަލު ކުރެވިފައި ވީ ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން، މި މުބާރާތް ފަށާފައި ވަނީ 12 ނޮވެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރެއެވެ. މުބާރާތުގައި ރޭ ދެ […]

އިބްރާހިމް ޚަލީލް
ކޯވިޑް ވެކްސިންނާއި، މާސްކް އެޅުމާއި ދެކޮޅަށް ވާހަކަދެއްކި ޑޮކްޓަރަކު ކޯވިޑް ބަލީގައި މަރުވެއްޖެ

ކޯވިޑް ވެކްސިންނާއި، މާސްކް އެޅުމާއި ދެކޮޅަށް ވާހަކަދެއްކި ޑޮކްޓަރަކު ކޯވިޑް ބަލީގައި މަރުވެއްޖެ

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންނާއި، ކޯވިޑް ވައިސްރައިން ރައްކާތެރިވުމަށް މާސްކް އެޅުމާއި ދެކޮޅަށް ވާހަކަދެއްކި އެމެރިކާގެ ޑޮކެޓަރެއްކަމަށްވާ ޑރ. ކްރިސްޓޮފާ ފޮލޭ ކޯވިޑް ބަލީގައި މަރުވެއްޖެއެވެ. އެމެރިކާގެ މެނިސޯޓާގެ ޑޮކްޓަރު ޑރ. ފޮލޭ ވަނީ ކޮރޯނާ ވައިރަސްއިން ދިފާއުމަށް ބޭނުންކުރާ ވެކްސިންނާއި ދެކޮޅަށް ވާހަކަ ދައްކައި، މީހުންގެ ހިތުގައި ވަހުމް އުފެދޭފަދަ ވާހަކަތައް ފަތުރާފައެވެ. މިގޮތުން އެ ވެކްސިން އަކީ އިންސާނުން ގަޔަށް ޖަހައިގެން ވެކްސިން އުފައްދާ މީހުން އެކްސްޕެރިމެންޓް ނުވަތަ ވެކްސި...

އަޒްފާ ރަޝީދު
އައިސްކުރީމް ރަހަލާ ނޫކުލައިގެ ދޮންކެޔޮ؟ ހަޤީގަތެއްތަ؟

އައިސްކުރީމް ރަހަލާ ނޫކުލައިގެ ދޮންކެޔޮ؟ ހަޤީގަތެއްތަ؟

މިދުވަސްވަރު މީސް މީޑިޔާގައި އެންމެ ގިނައިން ދައުރު ވަމުން އަންނަ ދޮންކޭލަކީ ކޮބައިތޯ އަހައިފިއްޔާ ބުނާނީ ނޫކުލައިގެ ދޮން ކޭލެއްގެ ވާހަކަ އެވެ. ބްލޫ ޖާވާ ބަނާނާ ނުވަތަ ބުލޫ ބަނާނާ އަށް ގިނަ ބަޔެއްގެ ސަމާލުކަންމިވަނީ ހުއްޓިފަ އެވެ. ނަމަވެސް މިއީ ކިހާ ވަރެއްގެ ހަޤީގަތެއް ބާއެވެ؟ އިންޓަރނެޓްގައި ދައުރުވަމުން އަންނަ ފޮޓޯތަކުގައި ނޫ ކުލައިގައި ހުރި ދޮންކެޔޮވައްތަކެއް ފެންނަން ހުރި ނަމަވެސް މިއީ ހަދާފައިވާ ފޮޓޯތަކެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން އިންޓަނެޓްގައި […]

އަޒްފާ ރަޝީދު
ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ފެނުނީ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަން

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ފެނުނީ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަން

ބްރިޖުމަތީގައި ހިނގި އެކްސިޓެއްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި އެމްޓީސީސީގެ މުވައްޒަފުން ދެއްކި ނަމޫނާއާ ގުޅިގެން ގިނަ ބައެއްގެ ތައުރީފު އެ ކުންފުންޏަށް އަމާޒުވެއްޖެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ވާރޭވެހިފައި އޮއްވާ އޭނާ ސައިކަލުގެ ކުރީ ބުރެކި ޖެއްސުމުން ކަމަށެވެ. އަދި އެ ވަގުތު އެކްސިޑެންޓް ހިނގިތާ ކައިރީގައި އެމްޓީސީސީ ބަހެއް އޮތް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުން ދެއްކީ އޯގާތެރިކަމުގެ ނަމޫނާ މިސާލެއް ކަމ...

އަޙްމަދު ވަހީދު
އިހަވަންދޫ އިމަގުން ލިޔުންތެރިން އުފެއްދުމަށް "މުސައްނިފު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

އިހަވަންދޫ އިމަގުން ލިޔުންތެރިން އުފެއްދުމަށް "މުސައްނިފު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ލިޔުތެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ. “މުސައްނިފު” ގެ ނަމުގައި ކުރިއަށް ގެންދާ ލިޔުންތެރިކަން ދަސްކޮށްދޭ މި ޕްރޮގްރާމް ފަށާފައި ވަނީ 10 ނޮވެމްބަރ 2021 ވީ ބުރާސްފަތި ދުވަހުއެވެ. އިމަގު ޖަމްޢިއްޔާގެ ހޯލުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރްގޮރާމް ނިންމާލުމަށް ހަމަޖެހިފައި ވަނީ 13 ނޮވެމްބަރ 2021 ވާ ހޮނިހިރު […]

އިބްރާހިމް ޚަލީލް
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ރައްޔިތުމީހާގެ ބަޖެޓްކަމަށް ޝިފާޢު ސިފަކުރެއްވި ސަބަބުތައް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ރައްޔިތުމީހާގެ ބަޖެޓްކަމަށް ޝިފާޢު ސިފަކުރެއްވި ސަބަބުތައް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަމާއި، އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުކޮށް، އުމްރާނީ ތަރައްގީ ގެނެސްދޭނެ ބަޖެޓެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިފާޢު ވިދާޅުވީ، 2022ވަނަ އަހަރުގެ ބަޖެޓަކީ މިއީ، ހާސްކަންމަތީގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް، ދިވެހި ޖިންސުންލަޠީފުންނަށް އުއްމީދާއި، އާރ...

ތިލަދުން
ސާފިން ޗެމްޕިއަންޝިޕުގެ ކޯސްޕޮންސަރަކަށް އެސްޓީއޯ

ސާފިން ޗެމްޕިއަންޝިޕުގެ ކޯސްޕޮންސަރަކަށް އެސްޓީއޯ

މިއަހަރު ބާއްވާ ގައުމީ ސާފިން ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. މި މުބާރާތް ބާއްވާ މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިއްޔެ ވަނީ ތިން ކޯ ސްޕޮންސަރުންނާއެކު އެއްބަސަވުމެއްގައި ސޮއި ކޮށްފައެވެ. މީގެ ތެރޭގައި އެސްޓީއޯގެ އިތުރުން ޔޫރޯ ސްޓޯރާއި އެޓޯލް އެޑްވެންޗާސް ހިމެނެއެވެ. “ރަންނަމާރި ޗެލެންޖް 1443 “ ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ މި މަހުގެ 22ން 30 އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ. މިއީ ސާފިން އެސޯސިއޭޝަނާއި، ޔޫތު އެންޑް […]

އަޙްމަދު ވަހީދު