މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މިރޭވެސް ރައްޔިތުންގެ ބޭންކުގެ މެއިންޓަރނެންސް އެއް، ގިނަ ޚިދުމަތްތަކަށް ބުރޫ އަރާނެ

މިރޭވެސް ރައްޔިތުންގެ ބޭންކުގެ މެއިންޓަރނެންސް އެއް، ގިނަ ޚިދުމަތްތަކަށް ބުރޫ އަރާނެ

ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެއިންޓަރނެންސް އެއް ކުރިއަށްދާތީ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ ކަަމަށް ބުނެފިއެވެ. އަހަރެންގެ ބޭންކް ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 02:30 ން 03:30ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭގެ، ޔޫއެސްޑީ ބުކިިންގ ޕޮޓަލް އަދި މޮބައިލް ޕޭގެ ހިދުމަތަށް 30 ވަރަކަށް މިނެޓަށް ބުރޫ އަރާނެ ކަމަށެވެ. މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެނެންސް މަސައްކަތެއް […]

އިބްރާހިމް އަސްވާޤް
ކޯވިޑް ވެކްސިން ފުރިހަމަ ކޮށްގެން، ކަރަންޓީން ނުވެ ސިންގަޕޫރަށް ދެވޭ ގޮތް ހަދައިފި

ކޯވިޑް ވެކްސިން ފުރިހަމަ ކޮށްގެން، ކަރަންޓީން ނުވެ ސިންގަޕޫރަށް ދެވޭ ގޮތް ހަދައިފި

ކޯވިޑް-19ގެ ވެކްސިންގެ ފުރިހަމަ ކޮށްގެން ކަރަންޓީން ނުވެ ސިންގަޕޫރަށް ދެވޭ ގޮތް ހަދައިފިއެވެ. މި ދަތުރުތައް ކުރެޗޭ ގޮތް ހަދައި ވެކްސިނޭޓެޑް ޓްރެވަލް ލޭނެއްގެ އެއްބަސްވުމެއް މިއަދު ވަނީ ވެފައެވެ. މި އެއްބަސްވުން ހަދާފައިވަނީ މިއަދު ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުވުމަށްފަޖު ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ ވެކްސިންގެ ދެ ޑޯޒް...

އަޙްމަދު ވަހީދު
އައިސްޕްލާންޓެއް ގާއިމުކޮށް ދެއްވިކަަމަށް ވިދާޅުވެ ޔާމީން ހެއްދެވީ އިތުރުފުޅެއް: ހޯރަފުށީ ކައުންސިލް

އައިސްޕްލާންޓެއް ގާއިމުކޮށް ދެއްވިކަަމަށް ވިދާޅުވެ ޔާމީން ހެއްދެވީ އިތުރުފުޅެއް: ހޯރަފުށީ ކައުންސިލް

ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ދައުރުގައި ހއ. ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމުކޮށް ދެއްވިކަަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާއި، އެއީ އިތުރުފުޅެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހޯރަފުށީ ކައުންސިލްގެ ހަތް މެންބަރުން ސޮއިކުރަށްވާ މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މިހިނގާ ޑިސެމްބަރ 10 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި “ކޮތަރު ކޮށި” ޖަލްސާގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް، އެމަނިކުފާނުގެ ވެރިކަމުގައި ހޯރަފުށީގައި އައ...

އަލީ އާދިލް
ހދ. އަތޮޅުން ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހެޅިރަށްތައް ޢިއުލާންކޮށްފި

ހދ. އަތޮޅުން ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހެޅިރަށްތައް ޢިއުލާންކޮށްފި

ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅި ހދ. އަތޮޅުގެ ރަށްތައް އެ އަތޮޅު ކައުންސިލުން ޢިއުލާންކޮށްފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107-2 ގެ (ހ) ގައިވާ ގޮތުގެމަތިން އަލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމާ ޙަވާލުވާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް އަތޮޅު ކައުންސިލަށް […...

ޝިއުނާ އާދަމް
ވައްކަރު ރިސޯޓުގެ ބާއެއް އަނދާ ހުލިވެއްޖެ

ވައްކަރު ރިސޯޓުގެ ބާއެއް އަނދާ ހުލިވެއްޖެ

ބ. އަތޮޅުގައި ހިންގަމުން އަންނަ ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާން ރޯވެފައިވަނީ މޫދުގައި އިމާރާތްކޮށްފައިވާ “ލަގޫން ބާ” ގަ އެވެ. އެރަށުގައި މަސައްކަތް ކުރަމުން އަންނަ މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ލަގޫން ބާ އެކީ އަނދާ ހުލިވެފައިވާ ކަމަށެވެ. އަލިފާން ނިންވުމަށް އެރިސޯޓުގެ ސެކިއުރިޓީ އާއި ފަޔާ އެންޑް ރެސްކިއު ޓީމް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އަލިފާން ގަނޑު ކޮންޓްރޯލް ނުވެ އެކީ އަނދާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ […]

އިބްރާހިމް އަސްވާޤް
މޭ 6 ހަމަލާ: އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް

މޭ 6 ހަމަލާ: އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި  ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މޭ 6 ވަނަ ދުވަހުގެ ރޭ ވަނީ ބޮމެއް ގޮއްވާލާފައެވެ. މި ހާދިސާއާ […]

އަލީ އާދިލް
މެންބަރު ޙުސައިންގެ ޖަނާޒާ ބާއްވައިފި

މެންބަރު ޙުސައިންގެ ޖަނާޒާ ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު ޖަނާޒާ ބާއްވައިފިއެވެ. ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދު މެންދު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ އާސަހާރާގައެވެ. ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދުގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، ޖަނާޒާގައި ވެސް ވަނީ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައެވެ. ހުސައިންގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރަ...

ޙުސައިން ޝަހުދީ
މެރިން އެކްސްޕޯގެ އެމްޓީސީސީގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ބޮޑެތި އިނާމުތަކެއް

މެރިން އެކްސްޕޯގެ އެމްޓީސީސީގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ބޮޑެތި އިނާމުތަކެއް

މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސްޓޯލުތަކަށަ ޒިޔާރަތް ކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މެރިން އެކްސްޕޯގައި އެ ކުންފުނީގެ ސްޓޯލްތަކަކީ ބީ 26 އާއި ބީ 27 އާއި ބީ 28 އާއި ބީ 29 އާއި ބީ 30އެވެ. މި ސްޓޯލްތަކަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށްވެސް އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އެމްޓީސީސީން ހުށަހަޅާފައިވާ އިނާމުތައް – 2.5 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް […]

އަޙްމަދު ވަހީދު
ހަންޏާމީދޫ ބަނދަރުގެ ބޮޑުބައި ނިމިއްޖެ

ހަންޏާމީދޫ ބަނދަރުގެ ބޮޑުބައި ނިމިއްޖެ

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިމް ބުނިގޮތުގައި މި މަސައްކަތުގެ 53 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 266 މީޓަރުގެ އެއްގަމުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 160 މީޓަރުގެ ރިވެޓްމެންޓް...

އަޙްމަދު ވަހީދު
ށ. ފޭދޫގައި އަލަށް އިމާރާތް ކުރާ ޕްރީސްކޫލްގެ އެއްބަސް ވުމުގައި ސޮއެކޮށްފި

ށ. ފޭދޫގައި އަލަށް އިމާރާތް ކުރާ ޕްރީސްކޫލްގެ އެއްބަސް ވުމުގައި ސޮއެކޮށްފި

ށ. ފޭދޫގައި އަލަށް ގާއިމް ކުރާ ޕްރީސްކޫލް އެޅުމުގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ވިދާޅުވީ މި އެއްބަސް ވުމުގައި ފޭދޫ ކައުންސިލްއާއި އެކު ސޮއިކޮށްފައި ވަނީ ށ. ކަނޑިތީމުގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ސޭންޑްސްޓްރޯން ޕްރައިވެޓް ލިމިޓެޑެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމުމަށް ހަމަޖެހިފައިވާ މި ޕްރީސްކޫލްގެ މަސައްކަތް އިއްޔެ ވަނީ އެ ކުންފުނިން ފަށާފައެވެ. ފޭދޫ ކައުންސިލްއިން...

އައިޝަތު ނަސާޔާ
"އުފަލުން" ހަރަކާތާއެކު ފުނަދޫ އަންހެނުން ކޮމެޓީން ފަހިކޮށްދެނީ ޞަދަޤާތެއް ކޮށްލާނެ ރަނގަޅު ފުރުސަތެއް!

"އުފަލުން" ހަރަކާތާއެކު ފުނަދޫ އަންހެނުން ކޮމެޓީން ފަހިކޮށްދެނީ ޞަދަޤާތެއް ކޮށްލާނެ ރަނގަޅު ފުރުސަތެއް!

ށ. ފުނަދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން “އުފަލުން” ނަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތެއް ފަށަން ނިންމައިފިއެވެ. މި ހަރަކާތުގެ ދަށުން ބޭނުން ނުކުރާ އަންނައުނު، އެ ކޮމެޓީ މެދުވެރިކޮށް އެހީއަށް ބޭނުންވާ ފަަރާތްތަކަށް ހަދިޔާކުރެވޭނެ އިންތިޒާމު ފަހިކޮށްދޭނެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ހަރަކާތަކީ އެދުވަސްވަރެއްގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ...

އައިޝަތު ނަސާޔާ
ނޮޅިވަރަންފަރު ކައުންސިލް މުވައްޒަފަކު ޕޮޒިޓިވްވެ، ޚިދުމަތްތަކަށް ބުރޫ އަރައިފި

ނޮޅިވަރަންފަރު ކައުންސިލް މުވައްޒަފަކު ޕޮޒިޓިވްވެ، ޚިދުމަތްތަކަށް ބުރޫ އަރައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އާންމު ރައްޔިތުން އެ އިދާރާއަށް ގޮސްގެން ހޯދާ ޚިދުމަތްތައް ފޯރުކޮށްދިނުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ނިންމުން ނިންމަންޖެހުނީ، ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ އިދާރާގެ މުވައްޒަފުންގެ ތެރޭގައި ބަލިއޮތް މިންވަރު ދެނެގަތުމަށް ބޭނުންވާތީ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ކައުންސިލް އިދާރާއަށް މިވަގުތު މުވައްޒަފުންގެ ދަތިކަން...

ޔުމްނާ ޢަލީ
މެންބަރު ޙުސައިންގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

މެންބަރު ޙުސައިންގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވާން ހަމަޖެހިއްޖެއެވެ. މެންބަރު ހުސައިންގެ މައްޗަށް ކުރެވޭ ކަށުނަމާދު ފުރަތަމަ ބާއްވަން ނިންމީ އާސަހަރާ މިސްކިތުގައެވެ. ޙުސައިން އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. ޙުސައިންގެ ވަރަށް ގާތް ރަހްމަތްތެރިއަކު އޭޑީކޭގައި ހުރެ ރޭ “ތިލަދުން”އަށް މަޢުލޫމާތު ދީފައިވާގޮތުގައި ހުސައިން އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި...

ޙުސައިން ޝަހުދީ
އިންޑޮނޭޝިއާއަށް 7.3ގެ ބިންހެލުމެއް، އެގައުމަށް ސުނާމީގެ އިންޒާރު

އިންޑޮނޭޝިއާއަށް 7.3ގެ ބިންހެލުމެއް، އެގައުމަށް ސުނާމީގެ އިންޒާރު

އިންޑޮނޭޝިއާއަށް 7.3ގެ ބިންހެލުމެއް އައުމާއި ގުޅިގެން އެގައުމަށް ސުނާމީގެ އިންޒާރު ނެރެފި އެވެ. މި ބާރުގަދަ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ ޕްލޯރެސް އައިލެންޑް ކައިރިން ޕްލޯރެސް ސީއަށެވެ. މިއަދު ހެނދުނު އެގައުމުގެ ގަޑިން 10:20 ގައި އައި ބިން ހެލުން އައިސްފައިވަނީ ކަނޑުގެ 18.5 ކިލޯމީޓަރު އަޑިންނެވެ. pic.twitter.com/HlGRfI9yQs — Maldives Meteorology (@MetMaldives) December 14, 2021 ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ނެރުނު އިންޒާރުގައި ބުނެފައިވަނީ މި ބިންހެލުމާއި ގުޅިގެން ބިން ހެލުން އައި...

އަލީ އާދިލް
ބީއެމްއެލްގެ ކުރީގެ ޗެއަރމަން، 2023 އަށް "ރިބާ ފްރީ މޯލްޑިވްސް" ޝިޔާރާއި އެކު!

ބީއެމްއެލްގެ ކުރީގެ ޗެއަރމަން، 2023 އަށް "ރިބާ ފްރީ މޯލްޑިވްސް" ޝިޔާރާއި އެކު!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ހަސަން 2023 ވަނަ އަހަރަށް ފަހު ރާއްޖެ ވެގެންދާނީ “ރިބާ ފްރީ” ރާއްޖެ އަކަށްކަމަށް ވިދާޅުވެއްޖެ އެވެ. “ރިބާ ފްރީ މޯލްޑިވްސް” ޝިޔާރު، ޑރ. ޝިހާމް މިކަން އިއުލާންކުރެއްވީ އިއްޔެ ކުރެއްވި ޓުވިޓެއް މެދުވެރިކޮށެެވެ. އެޓުވިޓުގައި ވިދާޅުވެފައިވަނީ އިރާދަ ކުރެއްވިއްޔާ 2023 ވަނަ އަހަރަށްފަހު ރާއްޖެ “ރިބާ ފްރީ” ވެގެންދާނެކަމަށެވެ. އެޓުވިޓަށް ރައްދުދެއްވާ އާންމު ރައްޔިތަކު ކުރެއްވި ޓުވީޓެއްގައި ވަނީ ބީއެމްއެލްގެ ބޯޑް […]

އިބްރާހިމް އަސްވާޤް