ރާއްޖެ ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު އިތުރު 106 ބޭފުޅަކަށް ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު އިތުރު 106 ބޭފުޅަކަށް ދެއްވައިފިއެވެ. ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި އިތުރު 106 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މި އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައި... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ އަވައްޓެރި ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި، ގުޅުން ހީނަރުވާފަދަ އަމަލުތައް ނުކުރުމަށް އެމްއާރުއެމުން ގޮވާލައިފި ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އިން ގޮވާލައިފިއެވެ. އެ ޕާޓީން މިހެން ގޮވައިލީ އިއްޔެ ފާހަގަކުރި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން އާންމުކުރި ބަޔާނެއްގައެވެ. ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅި... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްއެންޕީގެ ހަންނާނު ފޯމު ހުށަހަޅައިފި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްގެ ކެނޑިޑެންސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ. ހަންނާނަކީ މި އިންތިޚާބުގައި ވާދަކުރުމަށް އީސީއަށް ފުރަތަމަ ފޯމް ހުށަހެޅި ފަރާތެވެ. އޭނާއަށް އެމްއެންޕީގެ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ކޮމަންޑޫއަށް އުފަން، މިހާރު ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވަމުން އަންނަ ހައްނާނަކީ ތައުލީމީ ދާއިރ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ހިންމަފުށީ އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފި ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން، އާ ހާބަ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 38 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 248 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 172 މީޓަރުގެ އެއްގަމުތޮށި ލުމާއި، ނެރު ބ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޕޮލިހަށް ހއ.ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓް 2021 ގެ ޗެމްޕިއަންކަން ހޯރަފުށީ ޕޮލިސްޓޭޝަނުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ 26 ޑިސެމްބަރ 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހޯރަފުށީ ސްޕޯޓްސް އެރީނާ ވޮލީ ކޯޓުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ހޯރަފުށީ ޕޮލިސްޓޭޝަންއާއި ހޯރަފުށީ ފެނަކަ ބްރާންޗްގެ ޓީމެވެ. މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ތަށި ހޯރަފުށީ ޕޮލިސް ޓީމުން ވަނީ އުފުލާލާފައެވެ. މެޗުގެ ސެޓްތައް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ހިޔާ ފްލެޓްގެ ކުލި ނުނަގާ މުއްދަތު އިތުރުކޮށްދީފި ހިޔާގެ ފްލެޓްތަކުން ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ފަސްކޮށްދީފައިވާކަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. މިކަން ޢިއުލާންކުރެއްވީ، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ސަރުކާރުން ބާއްވަމުން ގެންދާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ. ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ކަށަވަރުވި ގިނަ ބަޔަކު މިހާރު އެތަންތަނަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާއިރު ގިނަ ޢާއިލާތަކުން ވަނީ އެތަންތަނަށް ބަދަލުވެސް ވެފައެވެ. އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ޝޯޓުލިސްޓްކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދު މި ފުރުސަތު ހުޅުވާލީ އިކޮނޮމިކް މިނިސްޓްރީންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރާނެއެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ވެސްޓްޕާކު ބަސްރޫޓު ވަގުތީގޮތުން ބަދަލުކޮށްފި ވެސްޓްޕާކު ބަސް ރޫޓު ވަގުތީ ގޮތުން 11 ދުވަސް ވަންދެން ބަދަލު ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ބަދަލު ގެނައީ މި މަހުގެ 25ން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވެސްޓްޕާކުން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ބަންދު ވާނެތީ ކަމަށެވެ. މި މުއްދަތުގައި މަގު ބަންދު ކުރަނީ މިއަހަރު ބާއްވާ އެންމެ ބޮޑު ނައިޓްމާކެޓް ބޭއްވުމަށެވެ. މަގު ބަންދުކޮށްފައިވާ މުއްދަތުގައި، ވެސްޓްޕާކު/ހުޅުމާލެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
މަޖިލިސް އިންޑިއާއާއި ދެކޮޅަށް ކެމްޕޭން ހިންގަނީ ބަޔަކު ބޮލުގައި އެޅިފައި ހުރި އިލްޒާމްތަކުން ސަލާމަތް ނުވެވިގެން: ރާޢީ “އިންޑިއާ އައުޓް” ކެމްޕޭނު ހިންގަނީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެޅިފައި ހުރި އިލްޒާމްތަކުން ސަލާމަތް ނުވެވިގެންކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވެފައި މިވަނީ ވީޓީވީން ގެނެސްދޭ “ގޮނޑި ކޮޅު” ޕްރޮގްރާމްގައި މި ހަފްތާގެ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އިދިކޮޅު ކޯލިޝަނުން އިސްވެ ހިންގަމުންދާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭނަށް އިޝާރާތްކުރަށްވާ ރާޢީ ވިދާޅުވީ، ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައެއްގައި ދެ މީހަކު ހޯދަނީ ވެރިފަރާތަށް ނޭނގި މީހެއްގެ އެކައުންޓްއިން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ ދެ މީހުން ހޯދަނީ އެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އެ ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ ހދ. ހިރިމަރަދޫ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒު ކޮށްދޭ މޮނިއުމެންޓެއް ހަދާއިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. ހިރިމަރަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް އިއުލާނު ކޮށްފައިވާނެ ކަމަށާއި އެ އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށައަޅާފައިނުވާތީ ދެވަނަ ފުރުސަތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2021 ވާ އަ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާ ސްޓޭޓަސް އެމްޓީސީސީއަށް އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާ ސްޓޭޓަސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ލިިބިއްޖެއެވެ. ދި އެސޯސިއޭޝަން އޮފް ޗާޓަރޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) އިން “އެޕްރޫވްޑް އެމްޕްލޯޔާ” ސްޓޭޓަސް އެމްޓީސީސީއަށް އެވޯޑުކުރީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 23 ގައެވެ. މި ސްޓޭޓަސް އެވޯޑުކޮށްފައިވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލްގައެވެ. އޭސީސީއޭ ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެމްބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ އެޕްރޫވްޑް އ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ބޭރު ދުނިޔެއާއި ވީހާވެސް އޮމާން ގުޅުމެއް ޤާއިމުކޮށްގެން ތިބުމަކީ ރާއްޖޭއަށް އޮތް އެންމެ ރަނގަޅު މަގު: ޖޭޕީ ބޭރު ދުނިޔެއާއި ވީހާވެސް އޮމާން އަމާން ގުޅުމެއް ޤާއިމުކޮށްގެން ތިބުމަކީ ރާއްޖޭގެ ކުރިއެރުމާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުވެފައި އޮތުމަށް އޮތް އެންމެ ރަނގަޅު އަދި އެންމެ އޮމާން މަގު ކަމުގައި ދެކޭކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ)އިން ބުނެފިއެވެ. އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ. ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ފަށަނީ ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ސްޕީޗް ތެރަފިސްޓެއް އެ ރަށަށް ގެނެސް އެ ޚިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް ހިލޭ ދެއްކުމުގެ ފުރުޞަތުލިބޭ ޕްރޮގްރާމެއް ފެށުމަށް އެ ކުލަބުން ތައްޔާރުވެއްޖެއެވެ. އެ ކުލަބުންވަނީ މީގެ މަހެއްހާ ދުވަސްކުރިން ސްޕީޗް ތެރަޕީ ބޭނުންވާ ފަރާތްތަކުގެ ނިސްބަތް ދެނެގަތުމުގެ ގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލާފައެވެ. އެ ފުރުޞަތުގެ ދަށުން ސާޅީހަށްވުރެ ގިނަފަރާތް ރަޖިސްޓަރީ ކުރި ނަމަވެސް އިތުރަށް އެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެ ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ. މުހައްމަދު ރަޝީދު އަވަހާރަވީ އާލާސްކަންފުޅެއްގައި އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ. މިދިޔަ 2019ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާ ވަނީ ސްޓެލްކޯގެ ޗެއާމަނުގެ މަގާމް އަދާ ކޮށްފައެވެ. އޭނާ ވަނީ ސްޓެލްކޯއަށް 50 އއަރަށަވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވައިފައެވެ. މުހައްމަދު ރަޝީދު ވަނީ އިންޖިނޭރު ކަމާއި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމް ފުރުއްވައިފައެވެ. އޭގެ ފަހުން ސީއީއޯ ކަމުގެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން