މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހޯމްސްޓޭ ވިޔަފާރިތަކަށް ފެނަކައިން ލުއި ލިބޭނެ: ސައީދު

ހޯމްސްޓޭ ވިޔަފާރިތަކަށް ފެނަކައިން ލުއި ލިބޭނެ: ސައީދު

“ހޯމްސްޓޭ” ޓޫރިޒަމް ފުޅާ ކުރުމަށް ހިންގާ ވިޔަފާރިތަކަށް ފެނަކަ ކޯޕަރޭޝަނުން ލުއި ދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ ހޯމްސްޓޭ ޓޫރިޒަމް ތައާރަފް ކުރުމަށް އިއްޔެ ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އޭނާ ވިދާޅުވީ ހޯމްސްޓޭ ތަންތައް ވަކިން ފެނަކައިގައި ރަޖިސްޓްރީ ކުރުމަށް ތިން މަހެއްްހާާ ދުވަސް ދެއްވާނެ ކަމަށެވެ. އަދި ހޯމްސްޓޭގެ ތަންތަނަށް ފެނާއި ކަރަންޓު ފަދަ ހިިދުމަތްތައް ދިނުމަށް ކުުރަަން ޖެހޭ ހުރިހާ މަސައްކަތެއް […]

އަޙްމަދު ވަހީދު
ފަތުރުވެރިކަމުގެދާއިރާގެ މަސައްކަތްތެރިންނަށް ވެކްސިންގެ ބޫސްޓާ ޑޯޒް ދިނުން އަވަސްކުރުމަށް ގޮވާލައިފި

ފަތުރުވެރިކަމުގެދާއިރާގެ މަސައްކަތްތެރިންނަށް ވެކްސިންގެ ބޫސްޓާ ޑޯޒް ދިނުން އަވަސްކުރުމަށް ގޮވާލައިފި

ފަތުރުވެރިކަމުގެދާއިރާގެ މަސައްކަތްތެރިންނަށް ވެކްސީންގެ ބޫސްޓާ ޑޯޒް ދިނުން އަވަސްކުރުމަށާއި ހައްޤުތަށް ރައްކާތެރިކުރުމަށް ޓޫރިޒަމް އެމްޕޮލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައްވައިފިއެވެ. ޓީމް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  މުޅި ކޯވިޑުގެ ވަބާގައި އެންމެ ބޮޑު ގުރުބާނީއެއް ވާ ބަޔަކީ ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިން ކަމަށެވެ. އެހެންކަމުން މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓުން ރައްކާތެރިވުމަށްޓަކައި ބޫސްޓ...

އައިޝަތު ނަސާޔާ
ދުވާފަރުގައި އެމްޑަބްލިއުއެސްސީން އިތުރު ސޯލާ ޕަވާ ސިސްޓަމެއް

ދުވާފަރުގައި އެމްޑަބްލިއުއެސްސީން އިތުރު ސޯލާ ޕަވާ ސިސްޓަމެއް

ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި އިތުރު ސޯލާ ޕަވާ ސިސްޓަމެއް ހަރުކޮށްފިއެވެ. މި ސިސްޓަމް ވެސް ހަރު ކޮށްފައިވަނީ ދުވާފަރުގެ އޮޕަރޭޝަން ސެންޓަރުގައެވެ. މީގެ ކުރިން އެ ސެންޓަރުގައި ހަރުކޮށްފައިވަނީ 48 ކިލޮވޮޓްގެ ސިސްޓަމެކެވެ. ސެންޓަރުގެ އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަ ކުރަނިވި ހަކަތައިން ދަނީ ކަރަންޓު އުފައްދަމުންނެވެ. އެމްޑަބްލިޔުއެސްސީން އަލަށް ހަރު ކޮށަގައުވާ ވަނީ 35 ކިލޯވޮޓުގެ ސިސްޓަމެކެވެ. މިއީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ފޯރު...

އަޙްމަދު ވަހީދު
އައިލެންޑާސް ސްކޫލްތަކަށް މިހާރު އެމްފައިސާއިން ފީ ދެއްކޭނެ

އައިލެންޑާސް ސްކޫލްތަކަށް މިހާރު އެމްފައިސާއިން ފީ ދެއްކޭނެ

އުރީދޫ މޯލްޑިވްސްގެ އެމްފައިސާ އެޕް މެދުވެރިކޮށް އައިލެންޑާސް ސްކޫލްތަކަށް ފީ ދެއްކޭ ގޮތް ހަދައިފިއެވެ. އެމްފައިސާއިން މިހާރު ފީދެއްކޭ އައިލެންޑާސްގެ ސްކޫލްތަކުގެ ތެރޭގައި ބިލަބޮންގ ހައި ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ކެންގަރޫ ކިޑްސް އާއި އަމީރު އަހުމަދު ސްކޫލް ހިމެނެއެވެ. މި ސްކޫލްތަކަށް ފައިސާ ދައްކަން އެމްފައިސާ އިން ބޭނުންވާ ސްކޫލެއް ހިޔާރު ކުރުމަށްފަހު އެޑްމިޝަން ނަންބަރާއި ޕިން ޖެހުމަށްފަހު ފީ ދައްކަން ބޭނުންވާ ތާރީހު ހިޔާރު ކުރުމަށްފަހު ފައިސާ ދައްކާލެވޭނެއެވެ. ޕިން ބަދަލު ކު...

އަޙްމަދު ވަހީދު
ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށް އެހީއަށް އެދިއްޖެ

ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށް އެހީއަށް އެދިއްޖެ

ށ. ނޫމަރާ ފަރަށް އެރި ބާޖުގެ ސަބަބުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށް އެރަށު ކައުންސިލުން އެހީއަށް އެދިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީއު ވިދާޅުވީ ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތްކުރުމަށް، މި މައްސަލާގައި ޖޫރިމަނާކޮށްފައިވާ ބާޖުގެ ރާއްޖޭގެ އެޖެންޓް، ރޮހޮފް ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަން ލިބޭނެ މަގެއް ހޯއްދަވައިދެއްވުން އެދި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ދަންނަވާފައިވާނެ...

އައިޝަތު ނަސާޔާ
ކިނޮޅަހުގެ ބީޗު ސަރަހައްދު ރީތިކުރަން އެމްޓީސީސީގެ އެހީ

ކިނޮޅަހުގެ ބީޗު ސަރަހައްދު ރީތިކުރަން އެމްޓީސީސީގެ އެހީ

ރ. ކިނޮޅަހުގެ ގަނޑުވަރު ބީޗް ސަރަހައްދު ރީތި ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެހީވެއްޖެއެވެ. އެ ކުންފުނިން ވަނީ މި އެ ސަރަހައްދުގެ ބީޗް ލެވެލްކޮށް ބެކްފިލިން ކުރުމުގަައި އެހީތެރިވެފައެވެ. މިކަމުގައި އެމްޓީސީސީން ބޭނުން ކުރީ އެ ކުންފުނީގެ މެޝިންތަކެވެ. މިއީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކިނޮޅަހުގެ ކައުންސިލްގެ އެދުމުގެ މަތިން ވެދިން އެހީއެކެވެ. އެމްޓީސީސީން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ރަށްތަކަކަށް އެހީތެރިކަން ފޯ...

އަޙްމަދު ވަހީދު
އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން 3 ކަމެއް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ 3 ރަށުން ގަރާރެއް

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން 3 ކަމެއް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ 3 ރަށުން ގަރާރެއް

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން މައިގަނޑު 3 ކަމެއް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ 3 ރަށްކަމުގައިވާ ހޯރަފުށި ތުރާކުނު އަދި އުލިގަމު ކައުންސިލް ގުޅިގެން އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އަށް ފޮނުވުމަށް ގަރާރެއް ފާސްކޮށްފި އެވެ. 3 ރަށުގެ ހުރިހާ ކައުސިލުން ސޮއިކޮށް ފޮނުވާފައިވާ މިގަރާރުގައި އިއްޒަތްތެރި ރައީސްގެ އަރިހަށް ހުށަހަޅާފައިވާ ކަންކަން ތަންފީޒް ކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަކީ މި ތިން ރަށުގެ ރައްޔިތުންގެ ފަރާތުން އެ...

އިބްރާހިމް އަސްވާޤް
ކޭއާރުއެޗްގެ އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް

ކޭއާރުއެޗްގެ އޯޕީޑީ އިމާރާތް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އޯޕީޑީ އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށީ 23 ޑިސެމްބަރ 2021 ގައެވެ. މި އޯ.ޕީ.ޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ކޮޓަރިއާއި، ޓްރީޓްމެންޓް ކޮޓަރިއަކާއި، ޕްރޮސީޖާ ކޮޓަރިއަކާއި، އީސީޖީ ކޮޓަރިއެއްގެ އިތުރުން އެކޯ ރޫމެއް ހަދާނެއެވެ. މިއީ 20.22 މިލިއަން […]

އަޙްމަދު ވަހީދު
ކޮމަންވެލްތު ގޭމްސްގެ ދަންމަރާއެކު ދިއްދޫއަށް އީދެއް

ކޮމަންވެލްތު ގޭމްސްގެ ދަންމަރާއެކު ދިއްދޫއަށް އީދެއް

ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހއ. ދިއްދޫއަށް ގެންދިޔުމާއެކު އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މި ދަންމަރަށް މަރުޙަބާ ކިޔުމަށް ދިއްދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ދިއްދޫއަކީ މި ދަންމަރު ގެންދިޔަ ތިން ވަނަ ރަށެވެ. އިއްޔެ ހދ. ގެ ދެރަށް ކަމަށްވާ ނޮޅިވަރަންފަރު އަދި ނޮޅިވަރަމަށް ވެސް ވަނީ ދަންމަރު ގެންގޮސްފައެވެ. ރާއްޖެއަށް މި ދަންމަރު ގެނެސް، ރަސްމީކޮށް މަރުޙަބާ ކިޔާފައިވަނީ މިދިޔަ ޑިސެމްބަރު 29 ވަނަ […]

ޙުސައިން ޝަހުދީ
ބޭރަށް ފުރާ މީހުން އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށައިފި

ބޭރަށް ފުރާ މީހުން އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށައިފި

ރާއްޖޭން ބޭރަށް ދާ މީހުންގެ އަތުން އިއްޔެއިން ފެށިގެން ޑިޕާޗާ ޓެކްސް ނަގަން ފަށައިފިއެވެ. ޑިޕާޗާ ޓެކްސް އަކީ ކުރިން ނަގަމުން އައި އެއާޕޯޓް ސާވިސް ޓެކްސް ނެގުން ހުއްޓާލައި އޭގެ ބަދަލުގައި ނަގަން ފެށި ޓެކުހެކެވެ. މި ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހުގައެވެ. މި ޓެކްސް ގާނޫނުގައި ބުނެފައިވާގޮތުގައި އެއާޕޯޓް ސާވިސް ޗާޖު ނެގުން ހުއްޓާލާނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އަދި ޑިޕާޗާ […]

އަޙްމަދު ވަހީދު
މަރޮށި ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

މަރޮށި ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

ށ. މަރޮށި ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މަރޮށި ސިއްހީ މަރުކަޒުން ވިދާޅުވީ، އެ މަރުކަޒުގައިގެ ދަރަޖަ 2 ސެޕްޓެމްބަރ 2021 ގައި 1 ވަނަ ދަރަޖައިން 2 ވަނަ ދަރަޖައަށް ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން 01 ޖެނުއަރީ 2022 ން ފެށިގެން އެ މަރުކަޒު ވަނީ 16 ގަޑިއިރަށް ޚިދުމަތް ބަދަލު ކުރެވިފައިކަމަށް މަރޮށި ސިއްހީ މަރުކަޒުން ވިދާޅުވެއެވެ. މި ބަދަލާއެކު އެ މަރުކަޒުގެ ޑޮކްޓަރުންގެ ޑިއުޓީ ހަމަޖެހިފައި ވަނީ ހެނދުނު 8:00 […]

ޔުމްނާ ޢަލީ
ހުޅުމާލޭން ވިއްކަން ނިންމި ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރަށްވެހިންނަށް: އެޗްޑީސީ

ހުޅުމާލޭން ވިއްކަން ނިންމި ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރަށްވެހިންނަށް: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލޭގެ ރައްވެހިންނަށް ގަނެވޭގޮތަށް އުސޫލަށް ބަދަލުގެނެސް އާންމުކޮށްފިއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން 18 އަހަރުން މަތީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްވެއްސަކަށް ވެސް ބިން ގަނެވެއެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ އުސޫލަށް ބަދަލުގެނެސް މިހާރު އެ ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރައްވެހިންނަށް ކަމަށް ކަނޑައަޅާފައެވެ. މި ބިންތައް ގަތުމުގެ ޝަރުޠުތައް: މާލޭގައި ރަޖިސްޓްރީވެ...

ޔުމްނާ ޢަލީ
ފޯކައިދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ފޯކައިދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު 02 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 9 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީ ވުމާއި ފީ ބަލައިގަތުން ކުރިއަށް ދަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 […]

އައިޝަތު ނަސާޔާ
ފަހުވަގުތު އާސެނަލް ބަލިކޮށް ސިޓީން ހިންދެމިލައިފި

ފަހުވަގުތު އާސެނަލް ބަލިކޮށް ސިޓީން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއް ވަނާގައި ފަރަގު ބޮޑު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ އާސެނަލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗު ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ސިޓީންނެވެ. ސިޓީގެ ޑި ބްރޭނާ އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސް […]

އިބްރާހިމް ޚަލީލް
ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަމަށް

ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަމަށް

ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހދ. ނޮޅިވަރަމަށް ވެސް ގެންގޮސްފިއެވެ. ފުރަތަމަ މި ދަންމަރު ގެންދިޔައީ ނޮޅިވަރަންފަރަށެވެ. އެއަށްފަހު މިއަދު ހަވީރު ހަތަރެއް ޖަހާކަށްހާއިރު މި ދަންމަރު ވަނީ ނޮޅިވަރަމަށް ގެންގޮސްފައެވެ. ކޮމަންވެލްތު ގޭމްސްގެ ދަންމަރު ހިފައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ދުވުން ފެށީ އެ ރަށުގެ ބަނދަރުންނެވެ. އެ ދުވުން ނިންމާލީ އެރަށުގެ ސިއްހީ މަރުކަޒު ކައިރިއަށެވެ. ދަންމަރު ހިފައިގެން ދަތުރުކުރާ މޯލްޑިވްސް އޮލިމް...

ޙުސައިން ޝަހުދީ