ވިޔަފާރި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެމްކޯއަށް މާސްކް ހަދިޔާ ކޮށްފި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެމްކޯއަށް މާސްކް ހަދިޔާ ކޮށްފިއެވެ. ވެމްކޯއިން ބުނި ގޮތުގައި އެ އޮތޯރިޓީން ވެމްކޯގެ ފްރަންޓްލައިން ޓީމަށް ހަދިޔާ ކުރީ 500 މާސްކެވެ. ވެމްކޯއިން ވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިން އެހީއަށް ޝުކުރު އަދާ ކޮށްފަ އެވެ. ކޯވިޑް-19 އަނެއްކާވެސް ރާއްޖޭގައި ފެތުރެމުން އަންނައިރު މާސްކު އެޅުމަކީ މުހިންމު ކަމެކެވެ. އަދި ވެމްކޯގެ ފްރަންޓްލައިން ޓީމަކީ މާލެ ސަރަހައްދުގެ ގިނަ ގެތަކުން ކުނި ނަގާ ބަޔަކަށްވުމުން އެ މުވައްޒަފުންގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަޅުގަނޑާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރި: ދިއްދޫ ރައީސް އޭނާ އާއި އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރިކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ކައުންސިލްގެ ނިންމުންތަކުގައި ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް މީގެކުރިންވެސް ފާސްކުރި ކަމަށެވެ. އެ ޕޯސްޓްގައި ރަޝީދު ވަނީ ލިޔުމެއްގެ ފޮޓޯ ވެސް ހިމަނުއްވާފައެވެ. އަދި އެއީ ދިއްދޫ ކަ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޓެކާސް ފުޓްސަލް މުބާރާތުގެ ށ. އަތޮޅުގެ މެޗްތައް މިއަދު ފަށަނީ ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ށ އަތޮޅުގެ މެޗްތައް މިއަދު ހަވީރު ށ ނަރުދޫގައި ފަށާނެއެވެ. ޓެކާސް އިން ބުނެފައިވާ ގޮތުގައި ކޯވިޑްގެ ހާލަތާއި ގުޅިގެން ހދ އަތޮޅުގެ މެޗްތައް ލަސްވެފައިވީނަމަވެސް ކުރިން ތާވާލު ކުރެވިފައިވާ ގޮތަށް ށ އަތޮޅުގެ މެޗްތައް މިއަދު ފަށާނެ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 16:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ށ އަތޮޅުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ނަރުދޫ އަދި ފޯކައިދޫއެވެ. […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ އަންހެނުންގެ ކޮމެޓީން މިދިޔަ އަހަރު ހަތް ހަރަކާތެއް ހިންގި ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިދިޔަ 2021 ވަނަ އަހަރު މައިގަނޑު 7 ހަރަކާތެއް ހިންގާފައިވާކަމަށް އެ ކޮމެޓީން އާންމުކުރި “ފާއިތުވެ ދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލް ކުރެވުނު މިންވަރާގުޅޭ ރިޕޯޓް 2021” ގައި ބުނެފިއެވެ. އެގޮތުން އެރިޕޯޓްގައި އެކޮމިޓީއިން ވަނީ ފާއިތުވެދިޔަ އަހަރުގެ އެކޮމީޓީއިން ރޭވި ހަރަކާތްތަކުގެ ތެރެއިން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި އިޤްތިސާދީ ފުދުއްތެރިކަން އިތުރު ކުރުމުގެ ހަރަކާތްތަކުން 100 ޕަސެންޓް ކާމިޔާބު ކަމާއިއެ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އެންމެ މަތީދަރަޖައިގެ އެއްބާރުލުން ދޭނަން، މަހްލޫފް ހެއްދެވީ އިތުރުފުޅެއް: ފުނަދޫ ކައުންސިލް ފުނަދޫގެ ތަރައްޤީއަށް ކޮންމެ ބަޔަކު ކޮންމެ މަސައްކަތެއް ކުރި ނަމަވެސް، އެ މަސައްކަތެއް ކުރާފަރާތަކަށް އެކައުންސިލުން އެންމެ މަތީދަރަޖައިގެ އެހީތެރިކަމާއި އެއްބާރުލުން ފުނަދޫ ކައުންސިލުން ދެމުންދާނެ ކަމަށާއި، އެކައުންސިލާއި ގުޅުވައިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ހެއްދެވީ އިތުރުފުޅެއްކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަޚްލޫފް ށ. ފުނަދޫއަށް ޒިޔާރަތް ކުރެއްވުމަށްފަހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރުގެ އެ ދ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޯވިޑް ފިޔަވަޅުތަކާއި ގުޅިގެން ގެނެވުނު މައިގަނޑު ބަދަލުތައް މޭޔަރު ސާފުކޮށްދެއްވައިފި ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ރަށު ކޯވިޑް ޓާސްކް ފޯސްއިން ނިންމު ނިންމުގައި ހިމެނޭ މައިގަނޑު ބަދަލުތައް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރަށްޔިތުންނަށް އިތުރަށް ސާފުކޮށްދެއްވައިފިއެވެ. މޭޔަރު އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީގައި ކޯވިޑްގެ ފިޔަވަޅުތަކަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅުން އަރާގޮތަށް ބައެއް މައުލޫމާތު ދައުރުވަމުން ދާކަމަށެވެ. އެހެންކަމުން އެ ގެނެއުނު ބަދަލުތައް ސާފުކޮށ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅުގެ ހުރިހާ ކައުންސިލަކުން މުއްދަތުގެ ތެރޭގައި ބަޖެޓް ފާސްކޮށް ހުށަހެޅި ހދ. އަތޮޅުގެ ހުރިހާ ރަށަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި 2022 ވަނަ އަހަރުގެ ކައުންސިލް ބަޖެޓް ފާސްކޮށް އެ މަޢުލޫމާތު ހދ. އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ ކަމުގައި އެ ކައުންސިލުން ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން، ކައުންސިލަށް ލިބޭ އާމްދަނީއާއި އެކި ގޮތްގޮތުން ލިބޭ އެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލް ބަޖެޓް ޖަނަވަރީ މަހުގެ 15 ގެ ކުރިން […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި ދަނގެތިން މީހަކު ނިޔާވެއްޖެ ކޯވިޑް-19 ބަލީގައި އދ. ދަނގެތިން މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި ނިޔާވީ ދަނގެތީ ސިއްހީ މަރުކަޒުގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެއީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ. އިއްޔެވެސް މިބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އެއީ ޏ. ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ މާލޭ ގެއެއްގައި މީހަކު މަރުވެފަައި އޮއްވާ ފެނިއްޖެ މާލެ ސިޓީގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ ސިޓީގެ ގެއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް އެއިދާރާއަށް ލިބިފައިވާ ކަމަށެވެ. އެކަން އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 8:03 ގައެވެ. މަރުވެފައި އޮއްވާ ފެނުނީ 49 އަހަރުގެ ފިރިހެނެކެވެ. އެއީ ދިވެއްސެކެވެ. އެމީހާ ފެނުނީ މާފަންނުގެ ގެއަކުންނެވެ. އެކަމާއިގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުން، މި ނުކުތީ އެކަންކޮށްދޭން: ހަންނާން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދުށުމަކީ، އެންމެ ކުޑައިރުއްސުރެ ކުރަމުން އަންނަ އުންމީދެއްކަމަށާއި، އޭނާ ނުކުންނެވީ އެކަން ހާސިލްކޮށްދޭން މަސައްކަތް ކުރަންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ވަނީ ބަހުސެއް ކުރ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފި ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ރަށު ކޯވިޑް ޓާސްކް ފޯސްއިން ނިންމައިފިއެވެ. ކޯވިޑް ކޭސްތައް އިތުރު ވުމާއި ގުޅިގެން އެޗްޕީއޭއިން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ 22 ޖަނަވަރީ 2022 ވަނަ ދުވަހުއެވެ. މިވަގުތު ވެސް އެ ރަށް މޮނީޓަރިންގައި އޮތްއިރު އިއްޔެ (25 ޖަނަވަރީ 2022) އެކަނި ވެސް އެ ރަށުން މި ބައްޔަށް 49 ފަރާތެއް ވަނީ ޕޮޒިޓިވެ، ޖުމްލަ މި ބަލި ޖެހިފައިވާ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކުޅިވަރު މާޝިއަލް ލޯނު އެއްބަސް ވުމެއްގެ ދަށުން ސެވިއްޔާއަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް ލޯނު އެއްބަސް ވުމެއްގެ ދަށުން ސްޕެއިންގެ ސެވިއްޔާއަށް ބަދަލުވުމުގެ ކަންކަން ހަމަޖެހިފައިވާ ކަމުގައި ރިޕޯޓުތައް ބުނެފިއެވެ. އުމުރުން 26 އަހަރުގެ މާޝިއަލް ލޯނު އެއްބަސް ވުމެއްގެ ދަށުން ސެވިއްޔާއަށް ބަދަލުވެފައި މި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާގޮތުން މާޝިއަލް ސެވިއްޔާއަށް ބަދަލުވެފައި މިވަނީ ފަސް މިލިއަން ޕައުންޑްގެ ފީއަކަށެވެ. މާޝިއަލް ސެވިއްޔާގައި ހޭދަކުރާ މުއްދަތުގައި އޭނާއަށް ލިބެންޖެހޭ މުސާރައިގެ ކަންކަން... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ ވަކީލަކަށް: ފަތުހީ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގެ ރަށްޔިތުން އޭނާ ކޮށްފިނަމަ އޭނާ ވެވަޑައިގަންނަވާނީ ވަކި މީހެއްގެ، ބަޔެއްގެ ވަކީލަކަށް ނޫންކަމަށާއި، އޭނާ ވާނީ ރައްޔިތުންގެ ވަކީލަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ފަތުހީ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތަރައްގީގެ އެތައް މަޝްރޫޢުއެއް މިދަނީ ހިންގަމުން، ސަރުކާރު އޮތީ އަޅުގަނޑުގެ ފަހަތުގައި: ރާޝިދު ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި މިހާރުވެސް ތަރައްގީގެ އެތައް މަޝްރޫޢުއެއް ކުރިއަށްދާ ކަމަށާއި، ކުރިއަށްއޮތް ތަނުގައި އިތުރު މަޝްރޫޢުތައް އަންނާނެކަމަށާއި، އެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރު އޮތީ އޭނާގެ ފަހަތުގައިކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަންނާނުގެ ވައުދުތައް ހިއްސާކޮށްފި، ސަޕޯޓަރުން ބުނަނީ ގޮނޑި ޔަގީންކަމަށް! މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމަށް ދާއިރާއަށް ކުރި ދަތުރު ނިންމާލައިފިއެވެ. މިދަތުރާއެކު ދާއިރާގެ ތާއީދު ހަންނާނަށް ބޮޑުތަނުން އިތުވެގެން ގޮސްފައިވާކަމަށާއި، ގޮނޑި ނަގާނީ ބޮޑު ތަފާތަކުންކަމަށް ހަންނާނުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ. އެ ދާއިރާއިން ވާހަކަ ދެއްކި ހަންނާނުގެ ބައެއް ސަޕޯޓަރުން ބުނިގޮތުގައި ދާއިރާގ... ޝިއުނާ އާދަމް · 4 އަހަރު ކުރިން