ރާއްޖޭގެ ފުރަތަމަ ''ސުނާމީ ރެޑީ'' ސިޓީއެއްގެ ޝަރަފާއެކު ކުޅުދުއްފުށީ ސިޓީ ނަމޫނާ ސިޓީއަކަށް
ޔުނެސްކޯގެ އައި.އޯ.ސީ އިން ކަނޑައަޅާފައިވާ “ސުނާމީ ރެޑީ” ސެޓިފިކޭޝަން ހާސިލުކުރާ ރާއްޖޭގެ ފުރަތަމަ މުޖުތަމައަށް ވުމަށް ކުޅުދުއްފުށި ސިޓީން ކުރަމުންދާ މަސައްކަތުގެ ދަށުން، ތައްޔާރުވުމުގެ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މިގޮތުން އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ސުނާމީ އިވެކުއޭޝަން އެސެމްބްލީ ޕޮއިންޓް ނުވަތަ ރައްކާތެރިކަމުގެ ސަރަހައްދުތައް އަންގައިދޭ ޗާޓުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގ...