ހުޅުމާލޭގައި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސް އިންދައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވާފައިވާ “5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ” ގެ ދަށުން، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސް އިންދުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށްގެންގޮސްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭގެ ހިޔާ ޕާކު ސަރަޙައްދުގައެވެ. މޫސުމީ ބަދަލުތަ...