އީރާނުގެ ކަރަންޓު ނިޒާމަށް ހަމަލާދީފިނަމަ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރަނީ
އެމެރިކާއިން އީރާނުގެ ކަރަންޓު އުފައްދާ އިންފްރާސްޓްރަކްޗާއަށް ހަމަލާދީފިނަމަ، ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ތައްޔާރުވުމަށް އީރާނުން ޔަމަނުގެ ހޫޘީންނަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ހިއްސާކުރާ މި މުހިންމު މަގު ބަންދުކުރުމަކީ ދުނިޔޭގެ އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް މާހިރުން އިންޒާރުދެއެވެ. މި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހުރުމުޒު ކަނޑުއޮޅިއާއި ބާބުލް މަންދަބު އެއްފަހަރާ ބަންދުވެއ...