މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޕޭސްޓްރީ ދާއިރާގައި 14 އަހަރު، ޝާޒީގެ މާޒީ ގުޅެނީ ފީވަކުގައި ހުރި އާއިލީ ބޭކަރީ އާއި

ޕޭސްޓްރީ ދާއިރާގައި 14 އަހަރު، ޝާޒީގެ މާޒީ ގުޅެނީ ފީވަކުގައި ހުރި އާއިލީ ބޭކަރީ އާއި

މީގެ ސާޅީހަކަށް އަހަރު ކުރިއަށް ބަލައިލާއިރު، ބޭކަރީގެ މަސައްކަތަކީ ރާއްޖޭގައި އެހާ އާންމު މަސައްކަތެއް ނޫނެވެ. ހާއްސަކޮށް އަތޮޅު ތެރޭގައެވެ. ނަމަވެސް ށ. ފީވަކުގައި އައްޑިހައިގެ އަހަރުތަކުގައި ބޭކަރީއެއް ހުއްޓެވެ. އެތަނުގައި ފާރޮއްޓާއި ޕާން ފިހުނެވެ. އެއީ މި ރިޕޯޓް މި ހާއްސަކުރާ މަރިޔަމް ޝާޒީގެ ބައްޕަގެ ބޭކަރީއެވެ. އެތަން ހިންގާފައި ވަނީ ޝާޒީގެ މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ މެމްބަރުންގެ އަމިއްލަ މަސައްކަތުންނެވެ. ވުމާއިއެކު ޝާޒީގެ އާއިލާގެ މާޒީ އޮތީ ބޭކަރީގެ މަސައްކަތާއި ގުޅި ލާމެހިފައެވ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ބަނދަރުގެ 55 އިންސައްތަ ނިމިއްޖެ

ހަނިމާދޫ ބަނދަރުގެ 55 އިންސައްތަ ނިމިއްޖެ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކެވެ. އަދި ވެލި ބަރުކޮށްގެން ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކޮށް، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 355 މީޓަރުގެ [...

އަޙްމަދު ވަހީދު
ނޯވިޗް ބަލިކޮށް ސިޓީ ފަރަގު ބޮޑުކޮށްފި

ނޯވިޗް ބަލިކޮށް ސިޓީ ފަރަގު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗަށް ސިޓީން ނުކުމެފައި ވަނީ އެ ޓީމްގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ހިމެނޭ ބައެއް ކުޅުންތެރިން ބެންޗްގައި ބައިތިއްބައިގެންނެވެ. މިގޮތުން ސިޓީގެ ޑިފެންޑަރ ސްޓޯންސް، އެ ޓީމްގެ ޕްލޭމޭކަރ ޑިބްރޭނާގެ އިތުރުން ރޮޑްރީ ފުރަތަމަ އެގާރާގައި […]

އިބްރާހިމް ޚަލީލް
މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ޑްރެޖިން މަސައްކަތްތަކާއި ޖެޓީ ހެދުމަށްޓަކައި ފޫޓިން ކާސްޓިންގް މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 195 މީޓަރުގެ ބޭރުތޮއްޓެއް ލައި، 188 މީޓަރުގެ ރިވެޓްމެންޓް ޖަހާނެއެވެ. އަދި، ކޮންކްރީ...

އަޙްމަދު ވަހީދު
އެމްޕީޓީ ޓޫލްސް ފެކްޓްރީ އަގުގައި ގަންނަން ބޭނުންތަ؟

އެމްޕީޓީ ޓޫލްސް ފެކްޓްރީ އަގުގައި ގަންނަން ބޭނުންތަ؟

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ، އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ފެކްޓްރީ އަގުގައި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ބެސްޓް ބަޑީއިން ހުޅުވާލައިފިއެވެ. ޗައިނާގެ ޒިންޖިޔާން ޕްރޮވިންސްގެ ކުންފުންޏެއްކަމަށްވާ ޔަންގްކަންގ ޕަވަރޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓްގެ ކޯޕަރޭޝަން ލިމިޓަޑުން އުފައްދާ އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ބެސްޓް ބަޑީއެވެ. ބެސްޓް ބަޑީގެ އޮފިސަލަކު މިނޫހަށް މަޢުލޫމާ...

އިބްރާހިމް އަސްވާޤް
ޑިޖިޓަލް ސޮލިއުޝަންތަކާއި އެކު އުރީދޫ ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް އެއްތަނަކުން!

ޑިޖިޓަލް ސޮލިއުޝަންތަކާއި އެކު އުރީދޫ ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް އެއްތަނަކުން!

އުރީދޫ އެޕް: ޑިޖިޓަލް ސޮލިއުޝަންތަކާއި އެކު ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް އެއްތަނަކުން ދުނިޔޭގައި އާލަމީ ވަބާއެއް ފެތުރެމުން އަންނައިރު ގެއިން ބޭރަށް ނުކުމެ ގިނަވަގުތު އުޅުން މިވަނީ ދަތިވެފައެވެ. ހުރިހާ ކަމެއް ކުރަން ޖެހެނީ ގޭގައި ތިބެގެންނެވެ. މިފަދަ ދަނޑިވަޅެއްގައި އުރީދޫގެ ޑިޖިޓަލް ސޮލިއުޝަންތައް ވެގެންދިޔައީ ކަސްޓަމަރުންގެ އެންމެ ގާތް އެހީތެރިޔާއަށެވެ. ގިނަ ހިދުމަތްތަކެއް ހޯދުމުގައި އުރީދޫގެ އެޕްއިން ވަނީ ގިނަ ފަސޭހަތަކެއް ހޯދައިދީފައެވެ. އުރީދޫގެ ޑިޖިޓަލް ސޮލިއުޝަންތަކަށް ބަލާއިރު މަ...

އިބްރާހިމް އަސްވާޤް
ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހިންގަން ތައްޔާރުވަމުންދާކަމަށް ބުނެފި

ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހިންގަން ތައްޔާރުވަމުންދާކަމަށް ބުނެފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ރާއްޖޭގައި ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭން ހަރަކާތުގެ އިވެންޓެއް ހދ. ހަނިމާދޫގައި ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދާއި، އެއާޕޯޓް ސަރަހައްދަށް އިން ވަކިކުރެވިފައިވާ ސަރަހައްދުގައި އިއްޔެ ވަނީ “އިންޑިއާ މިލިޓަރީ އައުޓް” ޖަހާފައިވާ ދެ ބެނާއެއް ދަމާފައެވެ. މީގެއިތުރުން އެރަށަށް މީގެ އަހަރުތަކެއް ކުރިން ހއ. ހަތިފުށިން ހިޖުރަކޮށްފައިވާ...

އަލީ އާދިލް
ޗެއާޕާސަން ކަމަށް އިންތި ވާދަކުރަށްވަނީ

ޗެއާޕާސަން ކަމަށް އިންތި ވާދަކުރަށްވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ނިންމައިފި އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމެވިކަން އިންތި ހާމަ ކުރެއްވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ ދައުރު ހ...

އަލީ އާދިލް
ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ހޮނިހިރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މި މެޗު ޓީމް ހަނިމާދޫއާއި ވާދަކޮށް ޓީމް ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ. އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް ކުޅުދުއްފުށި ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ މޮޅު ޑިފެންސިވް ގޭމެކެވެ. […]

އިބްރާހިމް ޚަލީލް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އުފުލި، އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އުފުލި، އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް އެތައް ގުނައެއް އުފުލިފައިވާ ކަމަށެވެ. އެ ކުންފުނިން ގެންނަ ބަދަލާއެކު މާދަމާއި ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 13.04 ރ. އަށެވެ. […]

އަޙްމަދު ވަހީދު
ސައުތެމްޓަން އަތުން ވެސް ޔުނައިޓެޑަށް މޮޅެއް ނުވެވުން

ސައުތެމްޓަން އަތުން ވެސް ޔުނައިޓެޑަށް މޮޅެއް ނުވެވުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން އެއްވަރު ވުމާއިއެކު ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފައި ނުވެއެވެ. ޗެމްޕިއަންޝިޕްގެ ޓީމެއް ކަމަށް ވާ މިޑްލްސްބަރާ އަތުން ބަލިވެ އެފްއޭކަޕުން ކެޓިއިރު ޕްރިމިއާ ލީގުގައި ނިމިދިޔަ ހަފްތާގައި ބާންލީއާއި ބައްދަލުކުރި […]

އިބްރާހިމް ޚަލީލް
ދިއްދޫގައި އަލަށް ހުޅުވި "ލިބޭ" ފިހާރަ އިން ވިޔަފާރި ކޮށްގެން ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު!

ދިއްދޫގައި އަލަށް ހުޅުވި "ލިބޭ" ފިހާރަ އިން ވިޔަފާރި ކޮށްގެން ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު!

ހއ. ދިއްދޫގައި އިއްޔެ ހުޅުވި “ލިބޭ-4” ފިހާރަ އިން ވިޔަފާރި ކޮށްގެން އަގުބޮޑު ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ، ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ވިޔަފާރި ކުރަމުން އަންނަ “ލިބޭ” އިން ދިއްދޫގައި ހުޅުވި ދެވަނަ ފިހާރަ އެވެ. މިފިހާރަ ހުޅުވީ އެރަށު ޓާފް ދަނޑު ކައިރީގަ އެވެ. އެ ކުންފުނީގެ ދެވަނަ ފިހާރަ އިން ކުރާ ކޮންމެ 100ރ އިން މަތީގެ ވިޔަފާރި އަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެކަމަށް އެފަރާތުން […]

އިބްރާހިމް އަސްވާޤް
މޯލްޑިވިއަނުން އޮންލައިންކޮށް ޓިކެޓް ނަގައިގެން ހިލޭ ދެ ޓިކެޓް ހޯދުމުގެ ފުރުސަތު

މޯލްޑިވިއަނުން އޮންލައިންކޮށް ޓިކެޓް ނަގައިގެން ހިލޭ ދެ ޓިކެޓް ހޯދުމުގެ ފުރުސަތު

މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިންކޮށް ޓިކެޓް ނަގައިގެން ހިލޭ ދެ ޓިކެޓް ހޯދޭ ޕްރޮމޯޝަނެއް އެ އެއާލައިނުން ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން އޮންލައިންކޮށް ޓިކެޓް ގަނެގެން ޑާކާ އާއި ކޮޗިން ނުވަތަ ޓްރިވެންޑްރަމަށް ދިއުމަށް ހިލޭ ދެ ރިޓާން ޓިކެޓް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން ޓިކްޓް ނަގާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއަކު ހޮވާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަަށެވެ. މޯލްޑިވިއަނުން އެ އެއާލައިންގެ މޯބައިލް އެޕްލިކޭޝަން ތައާރ...

އަޙްމަދު ވަހީދު
ޙަސަން، ދައުރު ނިންމާލެއްވީ ހުދުމުހުތާރު، އަނިޔާވެރިކަމުން ރާއްޖެ މިންޖުކޮށްދެއްވާފައި: ޝިއްޕެ

ޙަސަން، ދައުރު ނިންމާލެއްވީ ހުދުމުހުތާރު، އަނިޔާވެރިކަމުން ރާއްޖެ މިންޖުކޮށްދެއްވާފައި: ޝިއްޕެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ ދައުރު ނިންމާލެއްވީ ހުދުމުހުތާރު، އަނިޔާވެރިކަމުން މިރާއްޖެ މިންޖުކޮށްދެއްވާފައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު މިއަދު ވަނީ ހަމަވެފަ އެވެ. ޝިއްޕެ...

ތިލަދުން
ކުޅުދުއްފުށީގެ އަނބު ގަސްތަކަށް ދިމާވެފައިވާ "ފުރުޓް ފްލައި" ގެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފި

ކުޅުދުއްފުށީގެ އަނބު ގަސްތަކަށް ދިމާވެފައިވާ "ފުރުޓް ފްލައި" ގެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން އެސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ “ފުރުޓް ފްލައި” ގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިފިއެވެ. މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، އެ ސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ ފުރުޓް ފްލައިގެ މައްސަލައާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންއާއި، ގުޅުވާލައިގެން ފްރުޓް ފްލައި ކޮންޓްރޯލް ކުރުމަށްޓަކައި ދަންތުރަ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެސިޓީގެ ބައެއް ގޭގެއަށް ގޮސް...

އައިޝަތު ނަސާޔާ