ވިޔަފާރި އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބަރ އިން ފައިސާ ފޮނުވޭ ގޮތް ހަދައިފި އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބަރ އިން ފައިސާ ފޮނުވޭ ހިދުމަތެއް މިއަދު ތައާރަފުކޮށްފި އެވެ. މި ހިދުމަތް ތައާރަފު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު ހަސަން އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. މި ރަސްމިއްޔާތުގައި ވައިބާރގެ ސީނިއާ ޑިރެކްޓަރު ޑީވިޑް ސޫ ވެސް ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވިއެވެ. އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން މި ހިދުމަތް ތައާރަފުކުރީ ވަކިވަކި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯގެ އެންމެ ރަނގަޅު 5 ކޮންސްޓްރަކްޝަން އެޖެންޓުންނަށް އިނާމު ދީފި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން މިދިޔަ އަހަރު އެންމެ ރަނގަޅު ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަންކޮށްފިއެވެ. އެޖެންޓުންގެ އަގު ވަޒަން ކުރުމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި މިދިޔަ އަހަރު އެންމެ ރަނގަޅު ފަސް އެޖެންޓުން ހޮވައި، ކޮންމެ މީހަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރެެއް ވަނީ ދީފައެވެ. މި ގިފްޓް ވައުޗާޔައް ހަވާލުކޮށްދެއްވީ އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫން 200 ގޯތި ދޫކުރަން ހުއްދަދީފި ހދ. ހަނިމާދޫއިން 200 ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ ހަނިމާދޫ ކައުންސިލަށް ދީފިއެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފައިވާކަން ހާމަކޮށްފައި ވަނީ އެ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިކަން ހާމަކޮށް ފިރާގު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ 11 އަހަރަށް ފަހު ހަނިމާދޫން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން ހުއްދަ ދެއްވައި، ދެއްވި […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ފައްޔާޒް ވެސް ފޯމް ހުށަހަޅުއްވައިފި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ފޯމް ހުށައަޅުއްވައިފި އެވެ. އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ، ފައްޔާޒް ފޯމު ހުށަހަޅުއްވާފައިކަމަށް އެމްޑީޕީން ދެންމެ ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށް ފޯމް ހުށައެޅުއްވީ އޭނާއަށް ތާއީދު ކުރައްވާ އެމްޑީޕީގެ 6،000 ވުރެ ގިނަ މެންބަރުންގެ ސޮޔާއެކ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިންތިހާބާ ދިމާކޮށް ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން އިއުލާންކުރި ތިން ރަށް ލިސްޓުން އުނިކޮށްފި ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ރިސޯޓު ތަރައްގީކުރަން ބީލަން ހުށަހެޅުމަށް ފުރުސަތުހުޅުވާލި ރަށްތަކުގެ ލިސްޓުން ށ. ކޮމަންޑޫ ކައިރިން ރިސޯޓު ތަރައްގީކުރުމަށް ދޫކުރުމަށް ޢިއުލާން ކުރިން ތިން ރަށް ވެސް އިއްޔެ އުނިކޮށްފި އެވެ. މިމަހުގެ 5 ވަނަ ދުވަހު އޮތް ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާ ދިމާކޮށް އެރަށް ކައިރި ތިން ރަށެއްގައި ރިސޯޓް ހަދަން ކުއްޔަށް ދޭން ސަރުކާރުން ނިންމާ ޢިއުލާންކުރި ރަށްތަކަކީ ށ. މެދުރަށާއި ށ. މައިރަށާއި […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫގައި ފައިބަރުން އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން ދޫކުރަނީ ހއ. އިހަވަންދޫގައި ފައިބަރު އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރު އުސޫލުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ފައިބަރުން އޮޑިދޯނި ފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން ހޯދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ފެބްރުއަރީ 2022 އިން ފެށިގެން 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެ އިދާރާއަށް ދުރުވެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭކަމަށެވެ. އެ ކައުންސިލުން […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ކޯބިން، ރައީސް ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވި އެއް ބާނީ، ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. އިޓަލީވިލާތުގެ ޑައިވިންގް ޓުއަރ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތަޢާރަފްވި ކޯބިން އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު އަންހެނުންގެ ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ފަށަނީ ހއ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން، އެރަށުގައި ކަސްރަތު ޕްރޮގްރާމެއް ހިންގަން ނިއްމައި، ބައިވެރިވާން ފުރުޞަޠު ހުޅުވާލައިފިއެވެ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ހަފުތާގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ އެރަށުގެ މީހުން ވައިބާ މެދުވެރިކޮށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެންގުމަށް އެ ކޮމެޓީން ވަނީ އެދިފައެވެ. އެ ކޮމެޓީން މިކަމަށް ޚާއްޞަކޮށްފައިވާ ވައިބާ ނަމްބަރުތަކަކީ، 774... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ރާއްޖެ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ކަރެކްޝަނަށް ބޮޑީ ވޯން ކެމެރާ ހޯދަން ސޮއިކޮށްފި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޕްރިޒަން އޮފިސަރުން ތެރެއިން ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޓްރަޔަލްއެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަށް، އެ ތަކެތި ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ބޮޑީ ވޯން ކެމެރާ ދިވެހިރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ ހދ. ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމާއި ގޯލް ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިއީ މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކުރި ދެވަނަ ފަހަރެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި މިވަނީ ފުރަތަމަ ފަހަރު ހުޅުވާލެވުނު ފުރުޞަތުގެ ދަށުން އެކަށީގެންވާ އަންދާސީ ހިސާބެއް ހުށަހަޅާފައި ނުވާތީއެވެ. އެ ކައުންސިލު... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ސިމެންތި ޖެޓީގެ ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި ހއ.ކެލާގައި ބަނދަރު ހެދުމުގެ ކުރިން ހަދާފައިވާ ސިމެންތި ޖެޓީ ގިނަދުވަސްވެ ހަލާކުވަމުންދާތީ އެތަން ބޭނުން ނުކުރުމަށް ކެލާ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަން ހާމަކޮށް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި ބޭނުން ކުރަމުން އަންނަ ސިމެންތި ޖެޓީއަށް ގިނަ ދުވަސް ވުމުގެ ސަބަބުން ވީރާނާވެ، ހަލާކުވަމުން ދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމަކީ އޭގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރިޕޯޓް ސިޙްރުވެރިޔާ ކުރާ ކޮންމެކަމެއްގެ ސުންޕާކަން ޖެހެނީ އޭނާއަށާއި އޭނާގެ ކައިރިން ސިޙްރުހެދުމަށް އެދޭ މީހަކަށް ސިޙްރުވެރިޔާ ސިޙްރު ހަދަނީ ޙަޤީގަތަކަށް ނުވާ މަތިވެރިކަމެއް ހޯދައިގަތުމަށެވެ. އޭގެ ބަދަލުގައި އޭނާގެ ނަފްސަށް ނިކަމެތިކަންދީ ޝައިޠާނާ އޭނާއަށް އިހާނާތްތެރިކޮށް ހިތުމަށެވެ. ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. “ސިޙްރު ހެދުމާއި ތަރިތަކުން ބޭނުންތަކުގައި އެދުމާއި އެތަކެއްޗަށް ތަސްބީޙަކިޔުމާއި އެތަކެއްޗާއި މުޚާޠަބު ކުރުމާއި އެތަކެއްޗަށް ސަޖިދަކުރުމުގެ ތެރެއަށް ވަންނަމީހުން ތިބާ ދެކޭނެތެވެ. ހަމަކަށަވަރުން އެބައިމީހުންގެ ތެރެއިން އެކަންކުރާ މީހާގެ ބޭނުމަކީ ފައިސާއާއި ރިއާސަތެވެ. ފަހެ، އޭނާ ކާފަރުވެއެ... ތިލަދުން · 4 އަހަރު ކުރިން
ވިޔަފާރި މިފަހަރުވެސް ދިވެހި ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް އުރީދޫ އުރީދޫ ދިވެހި ޕްރިމިއާ ލީގު މިއަހަރުގެ އާ ސީޒަނަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގުޅިގެން މިއަދު ޕާޓްނާޝިޕް އިއުލާންކޮށްފިއެވެ. އުރީދޫގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ އިވެންޓެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަަލް-ހަމާދީއެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ ފުޓްބޯޅައަކީ އެއްބައިވަންތަކަން ގެނުވައިދާ ކުޅިވަރަކަަސް ވާއިރި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ މަގު ހަދަން ކާސްޓިން މަސައްކަތުގެ 74 އިންސައްތަ ނިމިއްޖެ ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިން މަސައްކަތްތަކުގެ 74 އިންސައްތަ ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހަދާނެއެވެ. އަދި 25،909 އަަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެ ހއ.ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެއެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ދިމާކޮށް މުޅި އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ރޯދަ ސޭލެކެވެ. މި ސޭލުން ކުރާ 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ދޫކުރެވޭ ކޫޕަނުގެ ގުތުއަތުލުން 03 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއްވަނައަށް ހޮވޭ ފަރާތަކަށް 10000 (ދިހަހާސް ރުފިޔާ) ވައުޗަރެއް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން