މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ގިނައިން ފޭރު އަޅުވަން ހަދާނީ ކިހިނެއް؟

ގިނައިން ފޭރު އަޅުވަން ހަދާނީ ކިހިނެއް؟

ފޭރު ނުވަތަ ގޯވާ (ސިޑިއަމް ގުހާވާ) އަކީ، މަޔަޓޭސިޔާ އާއިލާއަށް ނިސްބަތްވާ، ވިޔަފާރީގެ ގޮތުން އަގުހުރި މޭވާއެކެވެ. ދުނިޔޭގެ ޓްރޮޕިކަލް އަދި ސަބްޓްރޮޕިކަލް ސަރަހައްދުތަކުގައި ވެސް ފޭރު ހައްދައި އުޅެއެވެ. އުފެއްދުންތެރިކަމުގެ ގޮތުން ދުނިޔޭގެ ނިސްބަތުން، ފޭރަކީ އެހާ ކާމިޔާބު ބާވަތަކަށް ވެފައި ނުވަނީ، ގަސް ބެލެހެއްޓުމުގެ އުކުޅުތައް ދަނޑުތަކުގައި ބޭނުން ނުކުރާތީ ކަމަށް، ދަނޑުވެރިކަމުގެ މާހިރުން ފާހަގަކުރެއެވެ. ރާއްޖޭގައި ދަނޑުވެރިކަމުގެ ބާވަތެއްގެ ގޮތުގައި ފޭރު ހައްދައި އުޅެނީ، ނިސްބަތުން ވަރަށް މަދުނ...

ހުބާ ޕްލާންޓްސް
ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަން ވާނީ ރަޖިސްޓްރީކޮށްގެން ކަމަށް ބަޔާންކޮށް ގަވައިދު އާންމުކޮށްފި

ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަން ވާނީ ރަޖިސްޓްރީކޮށްގެން ކަމަށް ބަޔާންކޮށް ގަވައިދު އާންމުކޮށްފި

03 އަހަރުން ދަށުގެ ކުޑަކުދިންނަށް ޙާއްޞަ ކިރުގެ ބާވަތްތަކާއި، 01 އަހަރުން ދަށުގެ ކުޑަ ކުދިންނާއި މާބަނޑު އަންހެނުންނަށާއި، ގާތުންކިރުދޭ މައިންނަށް ޙާއްޞަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަންވާނީ ރަޖިސްޓްރީ ކޮށްގެން ކަމުގައި ހެލްތު މިނިސްޓީން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ މިއަދު އެ މިނިސްޓްރީން އާންމު ކޮށްފައިވާ “ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި...

އިބްރާހިމް ޚަލީލް
ދިއްދޫގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިންމާލައިފި

ދިއްދޫގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިންމާލައިފި

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ. އެ ރަށުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދި މި ޕްރޮގްރާމްގައި ފަނުން ތަކެތި ވިޔަން ދަސްކޮށް ދިނީ އެރަށު އަލިވާގެ އަބްދުލް ހަކީމެވެ. މިމަހުގެ 14 އިން 17 އަށް ކުރިއަށް މި ޕްރޮގްރާމްގައި ނިންމުމުގެ ރަސްމިއްޔާތު އޮތީ ރޭގައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ހަނދާނީ […]

ޔުމްނާ ޢަލީ
ނައިފަރު ވެގެން ދާނީ ހައިސްޕީޑް ފެރީގެ ނިޒާމުގެ ރީޖަނަލް ހަބަކަށް: ރައީސް

ނައިފަރު ވެގެން ދާނީ ހައިސްޕީޑް ފެރީގެ ނިޒާމުގެ ރީޖަނަލް ހަބަކަށް: ރައީސް

ހައިސްޕީޑް ފެރީގެ ނިޒާމު ފުޅާވެގެން ދާއިރު ޅ. ނައިފަރު ވެގެން ދާނީ އެ ނިޒާމުގެ ތެރޭގައި ހިމެނޭ ރީޖަނަލް ހަބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަ ފުޅުގައި ވަނީ ނައިފަރު ރައްޔިތުންގެ އެކި ކަންބޮޑުވުންތަކާއި، އެރަށަށް ބޭނުންވެފައިވާ...

ޔުމްނާ ޢަލީ
ހޯރަފުށި އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑުހިލައިގެ 5 ވަނަ ޝިޕްމަންޓް ގެންގޮސްފި

ހޯރަފުށި އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑުހިލައިގެ 5 ވަނަ ޝިޕްމަންޓް ގެންގޮސްފި

ހއ. ހޯރަފުށި އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަސައްލަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް ގެންގޮސްފައި ވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، ހޯރަފުށީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެއެވެ. މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަޙްމަދު ވަހީދު
އަލަވޭސް ބަލިކޮށް ރެއާލުން ލީޑު ފުޅާކޮށްފި

އަލަވޭސް ބަލިކޮށް ރެއާލުން ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލުން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް މާ އެދެވޭ ކުޅުމެއްކުޅެ ދެއްކިފައި ނުވާއިރު، ލަނޑު ޖަހާނެ މާ އެދެވޭ ފުރުޞަތެއް ވެސް ހޯދިފައި ނުވެއެވެ. ނަމަވެސް އަލަވޭސްއިން ވަނީ ދެ ހަމަލާއެއް އުފައްދާފައެވެ. ފުރަތަމަ ހާފައި ޚިލާފަށް ރެއާލުން ވަނީ […]

އިބްރާހިމް ޚަލީލް
ދަރަނބޫދޫ ބަނދަރުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

ދަރަނބޫދޫ ބަނދަރުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ އެއްގަމުތޮށި […]

އަޙްމަދު ވަހީދު
ފެނަކައިން ހިދުމަތް ދޭ ރަށްތަކުން އައިސް ލިބޭ ގޮތް ހަދަނީ

ފެނަކައިން ހިދުމަތް ދޭ ރަށްތަކުން އައިސް ލިބޭ ގޮތް ހަދަނީ

ފެނަކަ ކޯޕަރޭޝަނުން އިންޖީނުގެތައް ހިންގާ ހުރިހާ ރަށަކުން މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންއަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މިހާރު ޅ. އަރޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްްޔެ ނައިފަރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަކީ ސަރުކާރިން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ފެނަކައިގެ އިންޖީނުގެތައް ހުންނަ ރަށްރަށުން މަސްވެރިންނަށް...

އަޙްމަދު ވަހީދު
ފްރެންޗް ލީގު: ނަންޓެސް އިން ޕީއެސްޖީ ބަލިކޮށްފި

ފްރެންޗް ލީގު: ނަންޓެސް އިން ޕީއެސްޖީ ބަލިކޮށްފި

ފުރެންޗް ލީގުގައި ގިނަތަރިންތަކެއްހިމެނޭ ޕީއެސްޖީގެ މައްޗަށް ނަންޓެސް އިން ކުރި ހޯދައިފިއެވެ. މިމެޗު ނަންޓެސް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުފަށައިގެން މޮޅަށް ކުޅެމުންދިޔަ ނަންޓެސް ވަނީ ޕީއެސްޖީއަށް ރަނގަޅަށް ގޭމްތެރެޔަށް ނުވަދެވި އުޅެނިކޮށް މެޗުގެ ފުރަތަމަ ލަނޑުޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 4 ވަނަ މިނެޓުގައި ފުރާސްގެ 23 އަހަރުގެ ފޯވާޑް ރަންޑަލް ކޮލޭ މޫނީ އެވެ. 16 ވަނަ މިނެޓުގައި ފުރާސްގެ މިޑުފީލްޑަރ ކޮއެންޓިން މާލި އިތުރު ގޯލެއްޖަހާ 2-0 ކަށް […]

އަލީ ރިޔާޟް
ޚަލީލުގެ ކޮލަމް: ހަނިމާދޫ "ތާރުއެޅި މަގުތައް ފެހި ކުރުން"

ޚަލީލުގެ ކޮލަމް: ހަނިމާދޫ "ތާރުއެޅި މަގުތައް ފެހި ކުރުން"

ހދ. ހަނިމާދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓްގެ ދަށުން ތާރު އެޅުމަށް ހަމަޖެހިފައިވާ ގިނަ މަގުތަކުގައި މިހާރު ވަނީ ތާރުއަޅައި ނިމިފައެވެ. މަގުތައް އިތުރަށް ފުރިހަމަކޮށް ޕްރޮޖެކްޓް ނިންމުމަށް ކުރަންހުރި މަސައްކަތް އެމްޓީސީސީން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ހަނިމާދޫ ކައުންސިލުން މަގުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ލައިޓް ޖަހައި އަލިކުރުމުގެ މަސައްކަތަށް ބޮޑު ބަޖެޓެއް އެކުލަވާލައި، ފާސްކޮށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ހިސާބުތ...

އިބްރާހިމް ޚަލީލް
ފަހުވަގުތު ހެރީކޭން ޓޮޓެންހަމް މޮޅުކޮށްދީފި

ފަހުވަގުތު ހެރީކޭން ޓޮޓެންހަމް މޮޅުކޮށްދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރުދުވަހުގެރޭ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރިމެޗުގައި ފަހުވަގުތު ހެރީކޭން ޖެހި ގޯލުން ސިޓީގެ މައްޗައް ޓޮޓެންހަމް ކުރިހޯދައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުން ޓޮޓެންހަމް ކުރި ހޯދީ 2-3 ގެ ނަތީޖާ އަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި 3 ފަހަރަށްވެސް ލީޑުނަގާފައި ވަނީ ޓޮޓެންހަމްއިންނެވެ. 3 ރީދޫކާޑު ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ ސޮން ގެ އެހީތެރިކަމާއެކު ސުވިޑެންގެ 21 އަހަރުގެ މިޑުފީލްޑަރ ޑިޔަންކުލުސެވެސްކީ އެވެ. https://twitt...

އަލީ ރިޔާޟް
ލިވަޕޫލާއި ޗެލްސީ އަދި އާސެނަލަށް ވެސް މޮޅެއް

ލިވަޕޫލާއި ޗެލްސީ އަދި އާސެނަލަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ޗެލްސީގެ އިތުރުން އާސެނަލް ކުޅުނު މެޗުތައް އެ ޓީމްތަކުން ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާއި ބައްދަލުކުރި މެޗު، ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ނޯވިޗުންނެވެ. މި ލަނޑު 48 ވަނަ މިނެޓުގައި ޖޯސެފް ސާޖެންޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މިލޮޓް ރަޝިކާއެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ […]

އިބްރާހިމް ޚަލީލް
މަޝްރޫޢުތަކުގެ ނަން ބަދަލު ކުރުމަށްވުރެ ރައްޔިތުން އެދެނީ ކަން ކޮށްދިނުމަށް: ޑރ. މުޢިއްޒު

މަޝްރޫޢުތަކުގެ ނަން ބަދަލު ކުރުމަށްވުރެ ރައްޔިތުން އެދެނީ ކަން ކޮށްދިނުމަށް: ޑރ. މުޢިއްޒު

މަޝްރޫޢުތަކުގެ ނަން ބަދަލު ކުރުމަށްވުރެ ރައްޔިތުން އެދެނީ ކަން ކޮށްދިނުމަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ އެއް ނާއިބުރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުޢިއްޒު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. “ހިޔާވަހި މަޝްރޫޢު، ރީތިގަސް އެޕާޓްމަންޓަށް ނަން ބަދަލުކޮށް، ދެ އަހަރު ތެރޭގައި މަސައްކަތް ނިންމަނީ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކަށް އިޝާރާތް ކުރަށްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، އެއީ އަނެއްކާ ރައީ...

އަލީ އާދިލް
ސަރުކާރުން އަތޮޅު ތެރޭގެ ސިއްހީ ދާއިރާ ތަރައްގީއަށް ކުރަމުން ދަނީ ތާރީހު ނުދެކޭ ފަދަ މަސައްކަތްތަކެއް: ޔާސިރު

ސަރުކާރުން އަތޮޅު ތެރޭގެ ސިއްހީ ދާއިރާ ތަރައްގީއަށް ކުރަމުން ދަނީ ތާރީހު ނުދެކޭ ފަދަ މަސައްކަތްތަކެއް: ޔާސިރު

ރައީސް އިބްރާޙީމް މުޙައްމަދުގެ ސަރުކާރުން އަތޮޅު ތެރޭގެ ސިއްހީ ދާއިރާ އަދާހަމަ ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ތާރީހު ނުދެކޭ ފަދަ މަސައްކަތްތަކެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ސަރުކާރުން އަތޮޅުތަކުގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ގެންދަވަނީ ހޮސްޕިޓަލްތައް އިމާރާތްކުރުމާއި، ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކޮށް، އެތަންތަނުގެ ވަސީލަތްތަކާއި، ޚިދުމަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ. މިގޮތުން ޔާސިރު ތަމްސީލް ކުރަށްވާ ކުޅ...

ތިލަދުން
މޫލީ މެދުވެރިކޮށް އެޕަލް ގިފްޓް ކާޑަކާއި 3850 ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު

މޫލީ މެދުވެރިކޮށް އެޕަލް ގިފްޓް ކާޑަކާއި 3850 ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު

މޫލީ މެދުވެރިކޮށް އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން މޫލީ ގެ އީ2އެސް ޕްރޮޑަކްޓުތައް ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން އެއްވަނައަށް ހޮވާލެވޭ ނަސީބުވެރިއަކަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ލިބޭއިރު ދެވަނައަށް 3850 ޕަބްޖީ ޔޫސީ ލިބޭނެއެވެ. މޫލީއަކީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުގެ ދަށުން ލިބެން ހުންނަ އީ2އެސް ޕްރޮޑަކްޓުތަކަކީ ޑިޖިޓަލް ކާޑާއި ގޭމިން ކަރަންސީގެ ބާވަތްތަކެވެ. މީގެ ތެރޭގައި […]

އަޙްމަދު ވަހީދު