ތިލަދުންމަތީ ޚަބަރު ހިރަފުސް އިންޓަ އޮފީސް ފުޓްސަލް ޗެލެންޖާއި ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހދ. ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖާއި، ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިންޓަ އޮފީސް ފުޓްސަލް ޗެލްނެޖް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީގައި ހުންނަ މުއައްސަސާތަކަށާއި ކުންފުނިތަކަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫ އާއި ނަރުދޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން އޭޕްރިލް 16 ގައި ހދ. ނޭކުރެންދޫއާއި ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނޭކުރެންދޫ އަންހެނުންގެ ކޮމިޓީއަށް 2 މެމްބަރު އަދި ނަރުދޫ އަންހެނުންގެ ކޮމިޓީއަށް މެމްބަރެއް ހޮވަން ޖެހޭ ކަމަށެވެ. އެގޮތުން މެމްބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ (2 މާރޗް 2022) އިން ފެށިގެން 17 މާރޗް 2022 ވަނަ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީ ގޮނޑުދޮށުން ވެލި ނެގި ދެ ބިދޭސީއަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި ޤަވާޢިދާ ޚިލާފަށް ހދ. ކުރިނބީ ގޮނޑުދޮށުން ވެލިނެގި 2 ބިދޭސީއަކު ޖޫރިމަނާ ކޮށްފިއެވެ. “ތިލަދުން” މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ އެރަށު ގޮނޑުދޮށުން ވެލި ނަގާފައިވަނީ ބަންގްލަދޭޝްގެ 2 ރައްޔިތުން ކަމަށެވެ. މި ދެމީހުން ގޮނޑުދޮށުން ވެލި ނަގަމުންދާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށާއި އެކަމުގެ ރިޕޯޓު ލިބުމުން ވަގުތުން ކައުންސިލުން އެސަރަހައްދަށް ގޮސްފައިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ކައުންސިލުން... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯއަށް ޝަރީފު އައްޔަންކޮށްފި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކި ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަހްމަދު ޝަރީފު އެ މަގާމަށް އައްޔަން ކޮށްފިއެވެ. ތިލަދުން އަށް އެނގިފައިވާ ގޮތުގައި މަގާމު ބަދަލު ކުރިކަން އަންގައި މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި މިއަދުން މިއަދަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ވަނީ ބުނެފައެވެ. މިދިޔަ އަހަރު ވެސް ޝަރީފު އީސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. ފޭދޫން ހައްޔަރުކުރި 2 މީހުން ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި ށ. ފޭދޫގައި ތަރައްގީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައްވައިފިއެވެ. އެ ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޢާންމު ތަނެއްގައި “އިންޑިއާ އައުޓް” ލިޔެގެން ހައްޔަރު ކުރި ށ. ފޭދޫގެ 2 މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ހައްޔަރުކުރި ރޭ ހަތަރުދަމު އެ ދެ މީހުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި ބައިތިއްބާފައި ވަނީ […... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ތެޔޮ ޓެސްޓު ކުރާ ލެބެއް އެސްޓީއޯއިން ހުޅުވައިފި ރާއްޖެ އެތެރެ ކުރާ ތެޔޮ ޓެސްޓުކޮށް އޭގެ ކޮލިޓީ ދެނެގަތުމަށް އެސްޓީއޯއިން ލެބޯޓްރީއެއް ހުޅުވައިފިއެވެ. މިއަދު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މި ލެބޯޓްރީ ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ހާމިދު ނަޝިދު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ލެބޯޓްރީ ހިންގާނީ ޖީއޯ ކެމް މިޑްލް އީސްޓް ކުންފުންޏާ ހަވާލު ކޮށްގެންނެވެ. ކުރިއަށް އޮތްތަނުގައި އެތަނުގައި މަސައްކަތް ކުރާނީ ދިވެހިން ކަމަށާއި އެކަން ހާސިލް ކުރުމަށް ދިވެހިން ތަމްރީން […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ މަހްލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާއެއް ކަމުގެ ހެއްކެއް ނެތް: ކޯޓު ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ހެއްކެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ އިބްތިދާއީ […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވާލައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، “ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑް” ގެ ނަމުގައި ބޯޑެއް މިއަދު އެކުލަވައިލައްވައިފިއެވެ. މި ބޯޑަކީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ ޑޮކްޓަރ ލަވްޝާ މުޙައްމަދެވެ. މި ބޯޑު އެކުލަވައިލައްވާފައި 7 ބޭފުޅުންގެ މައްޗަށެވެ. އެ ބޯޑަށް މިހާތަނަށް... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުންޏާ ހަވާލުކޮށްފި ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ ހަވާލުކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމްއެވެ. ވިލާ ކުންފުންޏާ ކާޑެއްދޫ އެއާޕޯޓްގެ ހިންގުން ހަވާލުކުރީ، ކޯޓުން އެ ގޮތަށް ނިންމާފައިވާތީއެވެ. ވިލާގެ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލާފައިވަނީ 2017ވަނަ އަަހަރުއެވެ. އޭގެ ފަހުން އެއާޕޯޓް ހިންގީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު ވިލާ ކުންފުނ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެތީ ރަޝިއާގެ ބިލިޔަނަރުންގެ ޔޮޓުތައް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެތީ އެމެރިކާގައި ތިބި ރަޝިއާ މަހުޖަނުންގެ ޔޮޓުތައް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކަމަށް ބޭރުގެ މީީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ބޭރުގެ މަޝްހޫރު މީޑިއާއެއް ކަމަށްވާ ސީއެންބީސީން ބުނީ އެމެރިކާއިން ރަޝިއާ ވިޔަފާރިވެރިންގެ، އެސެޓްތައް ފްރީޒްކޮށްފާނެ ކަމުގެ ބިރަށް ޔޮޓްތައް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަން ފާހަގަ ކުރެވުނީ މެރިން ޓްރެފިކް ޑާޓާތައް އެ ނޫހުން ރިވިއުކުރި އިރު ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ. ޔޮޓުތައް ރާއްޖެއަށް ފޮނުވުމުން އެމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗްގެ ނަރުހުންގެ އައު ޔުނީފޯމް ތައާރަފް ކޮށްފި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފިއެވެ. ކޭއާރުއެޗްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ވަނީ ކުޅުދުއްފުށީ ސިޓީގެ ސްޓޭޑިއަމް ސަރަހައްދުގައި ޚާއްޞަ ހެނދުނު ނާސްތާއެއް ކުރިއަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލްގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވި މި ނާސްތާގެ ތެރެއިން ވަނީ އެ ހޮސްޕިޓަލް ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފައެވެ. މި ޔުނިފޯމް ތަޢާރަފް ކޮށްދެއްވީ އެހޮސްޕިޓަލުގެ ޑީސީއީއޯ އަހުމަދު ދާއޫދެވެ. ކެއާރުއެޗުން ގެންދަނީ އެ ހ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި އުރީދޫ އިން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓު ހަދިޔާ ކުރަނީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަކަށް މި ކިޓްތައް ހަދިޔާ ކުރާކަން ހާމަކޮށްފައި ވަނީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަލުންނާއި އެކު […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން: 3 މީހަކަށް ރަށު ޕިކަޕް މިއަހަރުގެ ރޯދަމަހާ ގުޅުވައިގެން އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން ފަށައިފިއެވެ. މިއަދު އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެ ކުންފުނީގެ ޕީޕަލްސް ޗޮއިސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާންއެވެ. މިއީ އެސްޓީއޯގެ ރަމަޒާން ބާޒާރު 2022ގެ ދަށުން ފެށި ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި އެސްޓީއޯ ހޯލްސޭލް ސެންޓަރުން 1000ރ. އިން މަތިން ވިޔަފާރި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރަތުގެ އޮޑިޝަން ނިންމާ މުބާރާތަށް 20 ބައިވެރިން ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ އޮޑިޝަން ނިންމައި މުބާރާތަށް 20 ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް އެދި 34 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. ނަމަވެސް 26 ފެބްރުއަރީ 2022 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އޮޑިޝަންގައި ބައިވެރި ވެފައި […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ސާޖަރީއަށް ފަހު، ރައީސް ޞާލިޙް ހޮސްޕިޓަލުން ދޫކޮށްލައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ރައީސް ޞާލިޙް ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރަށްވާފައި ވަނީ ސިންގަޕޫރުގައެވެ. އެ އޮޕަރޭޝަން ކުރެއްވީ މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްތެރޭ އަނބުރާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި... ޝިއުނާ އާދަމް · 4 އަހަރު ކުރިން