ސީރިޔާއިން ރާއްޖެ ގެނައި ދިވެހި އާއިލާ ދޫކޮށްލަން އުމަރު ގޮވައިލައިފި
ސީރިޔާގެ ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެއަށް ގެނައި ދިވެހި ޢާއިލާ މިހާރުން މިހާރަށް ދޫކޮށްލުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވައިލައްވައިފިއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ގޮވައިލެއްވީ، އެ ޢާއިލާ، އިތުރު 8 މަސް ދުވަހަށް ކ. ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ރާއްޖެއިން ބޭރު ގައުމެއްގައި...