ރާއްޖެ އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާޙް ކޮށްފި އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް ތަޢާރަފްކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައި ވަނީ މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތު ތަކެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ވިޔަފާރި ދަރަނބޫދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި ފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިިއީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 2019ގައި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރި މަޝްރޫއެކެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 40.4 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކޮށް، ބޭރުތޮއްޓަކާއި އެއްގަމުތޮއްޓެއް ލައި، 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، ގްރޮއިން ވަނީ ޖަހައިފައެވެ. އަދި 2641 އަކަ މީޓަރުގެ ސަރަހައްދެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
މަޖިލިސް އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް ގަދަރާއެކު ވޯޓް ދެވެން ޖެހޭނެ: އިބްރޭ ބޯމަތިވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް މިނިވަންކަމާއެކު، ގަދަރާއެކު ވޯޓް ދެވެން ޖެހޭނެކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީގެ ތެރޭގައި ވަނީ ވަރަށް ފޯރި ގަދަ ވެފައެވެ. ޕާޓީ ދެ އަތަށް ކަފިވެފައިވާއިރު، ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި “ފިނި ހޫނުމިން” އެކި ވަގުތު ހުރީ އެކި މިނުގައެވެ. މި ފޯރީގައި އެކަކު އަނެކަކަށް އިނގިލިދިއްކޮށް، އިލްޒާމް އެޅުވުމުގެ […] އަލީ އާދިލް · 4 އަހަރު ކުރިން
ކޮލަމް ބޮއް ފުންމުމާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާގެ ހަގީގަތް! ދުނިޔޭގައި ދިރާސާވެރިން ކޮށްފައިވާ އަދި ކުރަމުންދާ ތަފާތު ދިރާސާތައް ވަރަށް ގިނައެވެ. އެއް ދިރާސާއެއްގެ މަޢުލޫމާތު ލިބި ހިނދުކޮޅެއް ވާއިރަށް ހަމަ ސީދާ އެއާ އިދިކޮޅު އެހެން ދިރާސާއެއްގެ މަޢުލޫމާތު ލިބިދާނެއެވެ. އެހެންވީމާ ކަންކަމުގެ އެއެއް މިއެއް، އެގަހުކޭލެއް މިގަހު ކޭލެއް، ވާއެއް ނުވާއެއް ނޭނގޭނެއެވެ. މިފަހަރު މިއޮތީ ބޮއް ފުންމުމާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާއެކެވެ. މިއީ އެކަމަކު ޖޯކެކެވެ. ބޮކަކީ ހަތަރެސްފައި ލިބިފައިވާ އެއްޗެކެވެ. ބޮއް ފުންމާވަރު ބަލަން ސައިންސްވެރިން ހެދި ދިރާސާއެއްގައި ބޮކެ... ޢަބްދުﷲ ސަޢީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަޚްލޫފް އުޅުއްވަނީ ޒިންމާއިން ރެކި ފިތުނަ އުފައްދަން: ފުނަދޫ ކައުންސިލް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޚްމަދު މަހްލޫފް އުޅުއްވަނީ ޒިންމާއިން ރެކި ފިތުނަ އުފައްދަން ކަމަށާއި، ރައްޔިތުންގެ މަޖިލިސްގައި އެކައުންސިލާއި ގުޅުވައިގެން މިނިސްޓަރު ހެއްދެވީ އިތުރުފުޅުކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާޙިދު ވަނީ ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ހިނގާތާ ގިނަ ދުވަސްވެ، އެ މަސައްކަތް ނުނިމި ލަސ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ހަންޏާމީދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިމުމަކާ ގާތަށް އދ. ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނެފިއެވެ. އެ ކުންފުނިން މިއަދު ބުނީ ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމުގައި ހިމެނޭ 4.91 ކިލޯމީޓަރު ދިގު ފެންހޮޅީގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތުގެ އިތުރުން ފެން ރައްކާކުރާ ތާންގީގެ ފައުންޑޭޝ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ހދ އާއި ށ. އަތޮޅުގެ ހައިޑްރޮގްރެފިކް ސަރވޭ ކުރުމަށް އިންޑިއާ މަނަވަރެއް އަތުވެއްޖެ ހދ އަތޮޅާއި ށ. އަތޮޅުގެ ހައިޑްރޮގްރެފިކް ސަރވޭ ކުރުމަށް އިންޑިއަން ނޭވީ ޝިޕް “ސަތުލެޖް” އިއްޔެ ރާއްޖެއަށް އަތުވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރެފިކް ސަރވޭ ކުރިއަށްދާނީ އޭޕްރީލް 21 އިން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ތެރެއިން، 2021 ވަނަ އަހަރުވަނީ ހދ. ކުޅުދުއްދުށީ ސަރަޙައްދު ސަރވޭ ކޮށްފައެވެ. 2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ޖަޕާނު ސަފީރު، ފަސްޓް ލޭޑީ ފަޒްނާ އާއި ބައްދަލު ކުރައްވައިފި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. މި އަހަރަކީ ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 55 […... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ފޯކައިދޫ އެއްގަމުތޮށިލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް ގެންގޮސްފި ށ. ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ހަަތަރުވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތުގެ 62 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަަތަރުވަނަ ޝިޕްމަންޓް 15 އޭޕްރީލް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ސައުތު އޭޝިއަން ޖޫނިއަރ، ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ލޯގޯ އިފްތިތާޙްކޮށްފި މިއަހަރު ބާއްވަން ނިންމާފައިވާ، “ދި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022″ގެ ލޯގޯ އިފްތިތާޙް ކޮށްފިއެވެ. “ދި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022″ގެ ލޯގޯ އިފްތިތާޙްކޮށް ދެއްވީ މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ދުވަހަކުވެސް ތަރައްޤީ ނުކުރެވޭ ވަރަށް ކުޅިވަރުގެ ދާއިރާގެ މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދާ ކަމަށް ނައިބު ރައީސް ވަނީ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ އައިއެސް މެމްބަރެއް ކަމަށް ބުނާ ހޫދަށް 30 އަހަރުގެ ޖަލު ހުކުމް އަންނަވަރުގެ ދައުވާތަކެއް އިސްލާމިކް ސްޓޭޓްގެ މެމްބަރެއް ކަމަށް ބުނެ ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް 30 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ވަރުގެ ދައުވާތަކެއް ދައުލަތުން އުފުލައިފި އެވެ. އެމެރިކާގެ އެފްބީއައިއާ ގުޅިގެން މިއަހަރު މާލެއިން ހައްޔަރުކުރި ވ. ދެލްވައްތަ ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ސޯޝަލް މީޑިއާގައި އައިއެސް ޖަމާއަތަށް ތާއީދު ކުރުމާއި އެ ޖަމާއަތުގެ މެމްބަރަކަށް އުޅުމުންނެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ކުޅިވަރު ބާސާ އަތުން ކަޑިޒް އަށް ތާރީޚީ މޮޅެއް ހޯމަ ދުވަހުގެ ރޭ ކުޅުނުމެޗުން ބާސާ ބަލިކޮށް ކަޑިޒް ތާރީހީ މޮޅެއް ހޯދައިފިއެވެ. މީ ކަޑިޒް އަށް ބާސާ ދަނޑުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. މި މެޗުން ކަޑިޒް މޮޅުވީ 1-0 އިން ނެވެ. މި ދެޓީމް އެންމެ ފުރަތަމަ ބާސާ ދަނޑުގައި މެޗެއް ކުޅެފައިވަނީ މީގެ 44 އަހަރު ކުރިންނެވެ. އެމެޗް ނިމުނީ 1-1 އިން ދެޓީމް އެއްވަރު ވެގެންނެވެ. ރެލިގޭސަން އިން ސަލާމަތްވާން މަސައްކަތް ކުރާ ކަޑިޒް އަށް މީ މޮޅެއްގެ […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ވިޔަފާރި ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނީ، އެ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންދިޔައީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ބިން ހިއްކުމާއި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ހިމެނޭހެން ހަތް ރަށެއްގައި އިންޑިއާގެ އެހީގެ ދަށުން ޕްރޮޖެކްޓުތައް ހިންގަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުޅުދުއްފުށި ސިޓީ ހިމެނޭހެން ހަތް ރަށެއްގައި މަޝްރޫއުތައް ހިންގަން އެ ގައުމުގެ ސަރުކާރާއެކު އެއްބަސްވެއްޖެއެވެ. ފޮރިން މިނިސްޓްރީގައި އިއްޔެ މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެ ސޮއިކުރެއްވީ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. މިއީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކޮލަމް ސޭންޑްވިޗް ކާން ވަރުހުންނަ ކުއްދިންނަށް “ބެލްޕެޕަރ ސޭންޑްވިޗް” ތައްޔާރުކުރާނެ ގޮތް! ދިވެހިން އާންމު ގޮތެއްގައި ސޭންޑްވިޗް ތައްޔާރުކޮށް އުޅެނީ ޕާނުގަ އެވެ. ނަމަވެސް މިއަދު މި ގެނެސް ދެނީ ސޭންޑްވިޗް ކާން ވަރުހުންނަ ކުއްދިންނަށް “ބެލްޕެޕަރ ސޭންޑްވިޗް” ތައްޔާރުކުރާނެ ގޮތެވެ. ބޭނުންވާތަކެތި: 4 ބެލްޕެޕަރ 2 ޖޯޑު ކުކުޅު ނުވަތަ ގްރައުންޑް ބީޕް 1 ފިޔާ ކޮށާފައި 1 ސަމްސާ ލުނބޯ ހުތް (ބީފް ނަމަ ލުނބޯ ބޭނުން ނުކުރާނެ) 2 ލޮނުމެދު (ޗޮޕްޑް) 1 ސަމްސާ މުގުރި އަސޭމިރުސް 1 ސަމްސާ ޕަޕަރިކާ ޕައުޑަރ 1 ސަމްސާ އޮއިސްޓަރ ސޯސް 1 […] ޝިއުނާ އާދަމް · 4 އަހަރު ކުރިން