މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ބިންހެލުމުގެ ޚަބަރު ޕެރޫއަށް M5.8 ގެ ބިންހެލުމެއް އަތުވެއްޖެ - 24 މިނިޓު ކުރިން

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނައިފަރު ރައްޔިތުން ދެއްކީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއް: ޝިޔާމް

ނައިފަރު ރައްޔިތުން ދެއްކީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއް: ޝިޔާމް

ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ރައްޔިތުން ދެއްކީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ފުރާގު ބޯޓު އުރިފައި ވަނީ ރޭ 8:30 ހާއިރު ޅ. ފެލިވަރު ކައިރީ އޮންނަ ފަރަށެވެ. މާލެ ދާން ފޯކައިދޫން މި ބޯޓު ފުރީ އިއްޔެ މެންދުރުފަހު 2 ޖަހާކަށް ހާއިރުއެވެ. މި ބޯޓު ފުންކޮށް ނައިފަރު ބަނދަރަށް ވެއްދީ ރޭ 01:16 ހާއިރު […]

ޙުސައިން ޝަހުދީ
ބ. ގޮއިދޫން މަސްތުވާތެކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ބ. ގޮއިދޫން މަސްތުވާތެކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގޮއިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރަންއުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެރަށުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއ...

ޔުމްނާ ޢަލީ
ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގައިފި: ނަހުލާ

ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގައިފި: ނަހުލާ

މިއަދު ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އޭނާއަށް އަންގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމް މެންބަރު ނަޙުލާ ޢަލީ ވިދާޅުވެއްޖެއެވެ. ނަހުލާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ މޭޔަރު ޑރ. މުޢިއްޒުއާއިއެކު ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން މިއަދު ހަވީރު ވިލިމާލޭގެ ދޮރުން ހިނގުމަށް ހަމަޖެހިފައި ވަނިކޮށް، އޭނާ ވިލިމާލެއަށް އަރައިގެން ނުވާނެ ކަމަށް އަންގާފައިވާކަމަށެވެ. އެގޮތަށް އެންގީ ކޮންފަރާތަކުން ކަމެއް ނަހުލާ ވިދާޅުވ...

އަލީ އާދިލް
ނޭކުރެންދޫ ވޮލީ މުބާރާތް: ''ކަލިޔާ'' ބަލިކޮށް ''ނަމުރު'' ޗެމްޕިއަންކަން ހޯދައިފި

ނޭކުރެންދޫ ވޮލީ މުބާރާތް: ''ކަލިޔާ'' ބަލިކޮށް ''ނަމުރު'' ޗެމްޕިއަންކަން ހޯދައިފި

ހދ. ނޭކުރެންދޫ ގައި ފިތުރުޢީދާ ދިމާކޮށް އެރަށު ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދިޔަ ފިރިހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނަމުރު ޓީމުން ހޯދައިފިއެވެ. ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލްމެޗް ނަމުރު ޓީމް ކާމިޔާބުކުރީ 3-1 ސެޓުން ކަލިޔާޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓް 25-20 އިން ނަމުރު ޓީމެވެ. ދެވަނަ ސެޓް ނަމުރު ޓީމް ހޯދީ 25-16 އިން ނެވެ. ތިންވަނަ ސެޓް 21-25 އިން ހޯދީ ކަލިޔާ ޓީމް އިންނެވެ. ފަހުސެޓް ނަމުރު ޓީމް […]

އަލީ ރިޔާޟް
ނައިފަރުން ލިބުނީ ފުރިހަމަ އެހީތެރިކަމެއް، ބޯޓު މިރޭ މާލެ ދާން ފުރާނެ: ފޯކައިދޫ ކައުންސިލް

ނައިފަރުން ލިބުނީ ފުރިހަމަ އެހީތެރިކަމެއް، ބޯޓު މިރޭ މާލެ ދާން ފުރާނެ: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ބޯޓު ފުންކޮށް މިރޭ 01:16 ހާއިރު ނައިފަރު ބަނދަރަށް ވައްދާފައިވާއިރު، އެކަން ފާހަގަކުރައްވައި ފޯކައިދޫ ކައުންސިލުން ވިދާޅުވީ، މި އުނދަގޫ ވަގުތުގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދެއްވި ހުރިހާ...

ޙުސައިން ޝަހުދީ
މިއީ ހުރިހާ ޤައުމުތަކަކުން އެކަތިގަނޑަކަށް ވާންވީ ވަގުތު: ނައިބު ރައީސް

މިއީ ހުރިހާ ޤައުމުތަކަކުން އެކަތިގަނޑަކަށް ވާންވީ ވަގުތު: ނައިބު ރައީސް

މިވަގުތަކީ ހުރިހާ ޤައުމުތަކަކުން އެކަތިގަނޑަކަށް ވާންވީ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މިއަދު އ.ދ. ގެ މައި މަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަރޝިޕަށް ތަޢުރީފުކުރައްވާފައެވ...

ތިލަދުން
ފަރަށް އެރި ފުރާގު ބޯޓު ފުންކޮށްފި

ފަރަށް އެރި ފުރާގު ބޯޓު ފުންކޮށްފި

ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފަރަށް އެރި ފުރާގު 2 ބޯޓު ފުންކޮށްފިއެވެ. މި ބޯޓު އުރިފައި ވަނީ ޅ. ފެލިވަރު ކައިރީ އޮންނަ ފަރަކަށެވެ. މި ބޯޓު ދަތުރު ކުރަމުން ދިޔައީ 130 މީހުންނާއި އެކުގައެވެ. މިއަދު 2 ޖަހާކަށްހާއިރު ފޯކައިދޫން ފުރި މި ބޯޓު ފަރަށް ފެލިވަރު ފަރަށް އަރާފައި ވަނީ މިރޭ އިރާ ކޮޅު 8:30 ހާއިރު އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ‏ފަރަށް އެރި، “ފުރާގު 2” ބޯޓް، “ލިލީ” އަދި […]

ޙުސައިން ޝަހުދީ
130 މީހުންނާއި އެކު ފޯކައިދޫއިން މާލެ ދަތުރުކުރި ބޯޓެއް ފެލިވަރު ފަރަށް އަރައިފި

130 މީހުންނާއި އެކު ފޯކައިދޫއިން މާލެ ދަތުރުކުރި ބޯޓެއް ފެލިވަރު ފަރަށް އަރައިފި

130 މީހުންނާއި އެކު ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ޅ. ފެލިވަރު ފަރަށް އަރައިފި އެވެ. ފުލުހުން ވަނީ މިކަން މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން ބުނީ އެކަމުގެ މަޢުލީމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 08:31 ހާއިރު ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ ށ. ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރި “ފުރާގު 2” ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެބޯޓު އަރާފައިވަނީ ގާއެރިފަރަށެވެ. ސިފައިން އެސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.  

އަލީ އާދިލް
ނަހުލާ ދަނީ ފިތުނަ އުފައްދަމުން: ޕީޕީއެމް

ނަހުލާ ދަނީ ފިތުނަ އުފައްދަމުން: ޕީޕީއެމް

ޕީޕީއެމްއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ އެޕާޓީގެ މެންބަރު ނަޙުލާ ޢަލީ ގެންދަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ދައްކައި ފިތުނަ އުފައްދަމުން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ. ޕީޕީއެމުން ބުނާ ގޮތުގައި ނަހުލާގެ އެ އަމަލުގައި އޭނާގެ މަންމަ ވެސް ދަނީ ބައިވެރިވަމުންނެވެ. ޕީޕީއެމުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ރޭގެ ވަގުތެއްގައި ނަހުލާ، އޭނާގެ ފޭސްބުކް އެކައުންޓްގައި އެޕާޓީއާއި […]

އަލީ އާދިލް
ރައްޔާގެ ސްޓެމް ސެލް ތެރަޕީ އަށް 16400 ބޭނުންވޭ! އާއިލާއިން އެދެނީ ދީލަތި އެހީއަށް

ރައްޔާގެ ސްޓެމް ސެލް ތެރަޕީ އަށް 16400 ބޭނުންވޭ! އާއިލާއިން އެދެނީ ދީލަތި އެހީއަށް

ދަރިންނަށް އެންމެ ހެޔޮއެދޭނެ ބަޔަކީ މައިންބަފައިންނެވެ. ދަރިންނަށް ރަނގަޅު ސިއްހަތަކާއި ރަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމަށް މައިންބަފައިން ނުވާނެ ޤުރުބާނީއެއް ނޯންނާނެއެވެ. އެއީ ކިތަންމެ ގޮންޖެހުން ބޮޑު ޤުރުބާނީއެއް ނަމަވެސް މެއެވެ. ވަގުތާއި ޚަރަދާއި ތަކުލީފުގެ ގޮތުން ނަމަވެސް މެއެވެ. މީގެ ހަތް އަހަރު ކުރިން އުފަންވި ރައްޔާ ހަމްދޫންގެ މަންމަ ފިޒްނާ ހުސެއިންއާއި، އެ އާއިލާގެ ފުށުން ވެސް ފެންނަން އޮތީ އެކަމެވެ. ރައްޔާއަކީ އުމުރުން 10 މަހުން ފެށިގެން އޯޓިޒަމް ސްޕެކްޓްރަލް ޑިސްއޯޑަރއަށް ޑައިގްނޯސ...

އިބްރާހިމް ޚަލީލް
6 މެއި ހަމަލާގެ ޝަރީޢަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް: މަޖިލިސް

6 މެއި ހަމަލާގެ ޝަރީޢަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް: މަޖިލިސް

6 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާގެ ޝަރީޢަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް ރައްޔިތުންގެ މަޖިިލިސްއިން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއަށް އެއްއަހަރު ފުރުމާ ގުޅޭގޮތުން އެ އިދާރާއިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، 6 މޭ 2021 އަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އަނދިރި، ނާމާން ދުވަހެއް ކަމަށެވެ. އެ ދުވަހުގެ ރޭ ދިން އެ ނުރައްކާތެރި ޓ...

އަލީ އާދިލް
ތިން ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައިފި

ތިން ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައިފި

ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ ތިން ރަށެއްގައި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ. މި އޮޕަރޭޝަންސްތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތުން ނ. މަނަދޫ ތ. މަޑިފުށި އަދި ކ. މާފުށީގައި ހިންގި އޮޕަރޭޝަން ތަކެކެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ނ. މަނަދޫގައި ހިންގި އޮޕަރޭޝަނަކީ މާޅެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަ...

ޔުމްނާ ޢަލީ
ހަމަލާއިން ނަޝީދު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް: އެމްޑީޕީ

ހަމަލާއިން ނަޝީދު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް: އެމްޑީޕީ

މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނު ސަލާމަތް ވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް ކަމަށް އެމްޑީޕީން ބުނެފިއެވެ. ބޮމުގެ ޙަމަލާއަށް އަހަރެއް ފާއިތުވުމާ ގުޅިގެން އެމްޑީޕީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއިން […]

އަލީ އާދިލް
އުތުރަށް ހުދު ސަމާލު: ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

އުތުރަށް ހުދު ސަމާލު: ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ ދަންވަރު 02:00 އިން ފެށިގެން ހެނދުނު 8:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް […]

އަލީ އާދިލް
ފާއިތުވި ރަމަޟާން މަހު މަކުނުދޫ ކައުންސިލުން ކުރިއަށް ގެންދިޔައީ ނަމޫނާ އިހްޔާފޯރަމްތަކެއް!

ފާއިތުވި ރަމަޟާން މަހު މަކުނުދޫ ކައުންސިލުން ކުރިއަށް ގެންދިޔައީ ނަމޫނާ އިހްޔާފޯރަމްތަކެއް!

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަސް އިހްޔާ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން އިހްޔާ ފޯރަމްތަކެއް ކުރިއަށް ގެންދެއެވެ. އެއީ މިނިސްޓްރީގެ މަސައްކަތެއްގެ ގޮތުގައި ދެކެމުން އައި އައުން ބަދަލުކޮށް، އެއީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ފެންވަރުގައި ވެސް ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމް ތަކެއްކަން ހދ. މަކުނދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ފާއިތުވި ރަމަޟާންމަހު ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ފެންވަރު ރަނގަޅު އިހްޔާ ފޯރަމްތަކުން ހާމަވެގެންދެއެވެ. މަކުނުދޫ ކައުނ...

އިބްރާހިމް ޚަލީލް