ރާއްޖެ ގާނޫނީ ޑިގްރީ ކޯސްތަކުގެ އިމްތިހާން ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ގެނައި އިސްލާހަށް ޢަމަލުކުރުން ފަސްކޮށްފި ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތަކަށް ހާޒިރުވެގެން ބައިވެރިވާންޖެހޭ ގޮތަށް ބާ ކައުންސިލުން ގެނެސްފައިވާ އިސްލާހަށް ޢަމަލުކުރަން ފެށުން ފަސްކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. ބާ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އުސޫލަށް ޢަމަލުކުރަން ފެށުން 1 ޖެނުއަރީ 2027 އަށް ފަސްކުރަން އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީން 28 ޖުލައިގައި ނިންމާފައިވާ ކަމަށެވެ. ކުރިން މި އުސޫލަށް އަމަލުކުރަން ފަށަން ނިންމާފައި އޮތީ 1 އޯގަސްޓް 2026 އިން ފެށިގެންނެވެ. މި […] ޔުމްނާ ޢަލީ · 3 މަސް ކުރިން
ރާއްޖެ ވާދޫ ބަނދަރު މޮނިއުމަންޓާއި ސީޓިން އޭރިއާ ފަރުމާކުރުމުގެ މުބާރާތެއް، 7،000 ރުފިޔާގެ އިނާމެއް ރ. ވާދޫ ބަނދަރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މޮނިއުމަންޓާއި ސީޓިން އޭރިއާ ފަރުމާކުރުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވާދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ކައުންސިލުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، އެންމެ ރަނގަޅު ފަރުމާއަކަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ފަރުމާކުރަންޖެހެނީ ވާދޫ ރަމްޒުވާފަދަ މޮނިއުމަންޓަކާއި ބަނދަރުގެ ސީޓިން އޭރިއާ ދައްކުވައިދޭ ކުރެހުމެކެވެ. މޮނިއުމަންޓް ފަރުމާކުރަންޖެހެނީ “އުފާވެރި މާދަމާއަކަށް – ވާދޫ” މި ތީމުގެ ދަށ... އަލީ އާދިލް · 3 މަސް ކުރިން
ބައިނަލްއަގުވާމީ ސައުދީގެ ރިޔާޟްގައި ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވި، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ މަތިން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވި، އެ ސިޓީގެ މައި އެއާޕޯޓު ކަމަށްވާ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވަގުތީ ގޮތުން ބުރޫއަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުގެ ބައެއް މަސައްކަތްތައް ވަނީ މެދުކަނޑާލާފައެވެ. މި ހާދިސާ ހިނގާފައިވަނީ ޖުލައި 29 އިން 30 އަށް ބަދަލުވި ރޭގަނޑުގެ ވަގުތެއްގައެވެ. އޭވިއޭޝަން އޮތޯރިޓީން ނެރުނު ”ނޯޓިސް ޓް އެއަރ މިޝަން (އެންއޯޓީއޭއެމް) އެއްގައިވާ ގޮތުން، […] ނާޒިމާ އަލީ · 3 މަސް ކުރިން
ރާއްޖެ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި ހުޅުމާލެ ފޭސް 1 ގައި ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު، ހުޅުމާލެ އެފްޑަބްލިޔު ރެސިޑެންސް ކައިރިންނެވެ. ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަތަމާގެ، ޢިޖާޒު ނަޞީރު (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފުޓޭޖް ބަލައި، ފޭރުމަށް ބޭނުންކުރި ސައިކަލު ހޯދުމަށްފަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި... ޔުމްނާ ޢަލީ · 3 މަސް ކުރިން
ކުޅިވަރު އާޖެންޓީނާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަރުހަލާ ފީފާއިން ފަށައިފި ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުން އަމަލުކުރި ގޮތުންނާއި، މުޅި މުބާރާތުގެ ތެރޭގައި ހިނގާފައިވާ ކަންކަމާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އާޖެންޓީނާއާ ދެކޮޅަށް އަދަބު ދިނުމުގެ މަރުހަލާ ފަށައިފިއެވެ. ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ޖުލައި މަހު ކުޅުނު ފައިނަލް މެޗު 1-0 އިން ސްޕެއިން މޮޅުވުމާއެކު، އާޖެންޓީނާގެ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުން ވަނީ ސްޕެއިންގެ ކުޅުންތެރިންނާ ކުރިމަތިލައ... އަޙްމަދު ވަހީދު · 3 މަސް ކުރިން
ރާއްޖެ ''މިނިވަން ދުވަހުގެ ޚިޠާބު ބިނާކުރެއްވީ މާޒީގައި ކަންހިނގާފައިވާ ގޮތާއި މުސްތަޤުބަލުގެ ރޭވުންތަކުގެ މައްޗަށް'' މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ޚިޠާބަކީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި، އެކަންކަން އިޞްލާޙުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން މުސްތަޤުބަލުގެ ރޭވުންތައް ހާމަކޮށްދެއްވުމަށް ބިނާކުރެއްވި ވާހަކަފުޅެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުނ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި އީރާނުން އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކެއްގެ ބަދަލުހިފުމުގެ ގޮތުންކަމަށް ބުނެ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދިން ހަމަލާތަކެކެވެ. ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައި... ނާޒިމާ އަލީ · 3 މަސް ކުރިން
ރާއްޖެ ''ތިލަފުށީގައި ގާއިމުކުރާ ޕޯޓުގެ މައިބަދައަކީ ޑިޖިޓަލައިޒް ނިޒާމެއް، އަންނަ ނޮވެމްބަރުގައި އޮޕަރޭޝަނަށް ގެނެވޭނެ'' މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުހެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ އާ ވިޔަފާރި ބަނދަރު ތަރައްގީކޮށް، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެވޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ބަނދަރު ތަރައްގީ ކުރަށްވާނީ ޖާގަ ބޮޑު، ވަސ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ކުޅިވަރު އަންނަ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އާސިއާން ކަޕްގެ ފޯރި ގަދަވެއްޖެ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިންއިން ކާމިޔާބުކުރިތާ މަދު ހަފްތާތަކެއްގެ ތެރޭގައި، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން ކެމްބޯޑިއާގެ ޕްނޮމް ޕެންގައި މިހާރު ކުރިއަށްދާ އާސިއާން ކަޕް ވެފައިވަނީ މި ސަރަހައްދުގެ ގައުމުތަކަށް ވޯލްޑް ކަޕްގެ ކޮލިފިކޭޝަނަށް ތައްޔާރުވުމަށް ލިބުނު ރަނގަޅު ފުރުސަތަކަށެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތުގައި މި ސަރަހައްދުގެ 10 ގައުމަކުން […] އަޙްމަދު ވަހީދު · 3 މަސް ކުރިން
ރާއްޖެ 24 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށަނީ ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެ، އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އު... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕް ހުރީ ''މާޔޫސްވެ'' ހަނގުރާމަ ހުއްޓާލަން ބޭނުންވެފައި: އީރާން މެދުއިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާއި ހަނގުރާމައިން އެމެރިކާއަށް ނާކާމިޔާބުވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ބޭނުންފުޅުވެ ވަރަށް ބޮޑަށް ”މާޔުސްވެފައި” ކަމަށް އީރާނުން ބުނެފިއެވެ. ވޮޝިންޓަނާއި ތެހެރާނާ ދެމެދު ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކުގައި، ހަނގުރާމަ ހުއްޓާލަން ބޭނުންވަނީ ކޮން ފަރާތަކުންތޯ ކުރެވޭ ބަހުސްގައި ދެ ގައުމުން ވެސް ދަނީ އިދިކޮޅު ވާހަކަތަކެއް ފަތުރަމުންނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އީރާނަކީ އެއ... ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރު ކައުންސިލް ކަޕް ހޭންޑް ބޯޅަ ތަށި އޯސަން ސްޕޯޓްސް ދިފާޢުކޮށްފި ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ”ކައުންސިލް ކަޕް 2026” ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އޯސަން ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ. މި މުބާރާތުގެ ފޯރި ގަދަ ފައިނަލްގައި މިދިޔަ މުބާރާތުގެ ވެސް ޗެމްޕިއަން އޯސަން ސްޕޯޓްސް ކްލަބު ނުކުތީ ވީކޭޕީއާ ދެކޮޅަށެވެ. މި ދެ ޓީމުގެ ކުރިމަތިލުމުގައި އޯސަން ސްޕޯޓްސް ކްލަބް ކުރި ހޯދީ 42-25 ގޯލުގެ ބޮޑު ތަފާތަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ […] ޔުމްނާ ޢަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ދާއިރާގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކެލާ ދާއިރާގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ކެލާ ދާއިރާގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާއެކު މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފުޅާ ދ... wp-needuser · 3 މަސް ކުރިން
ޓެކްނޮލޮޖީ ރަޝިޔާއިން ޓެލެގްރާމްގެ ބާނީގެ މައްޗަށް ޓެރަރިޒަމަށް އެހީތެރިވުމުގެ ދައުވާ އުފުލައިފި މަޝްހޫރު މެސެޖިން އެޕްލިކޭޝަން ޓެލެގްރާމްގެ ކޯ-ފައުންޑަރ ޕަވެލް ޑުރޯވްގެ މައްޗަށް “ޓެރަރިޒަމަށް އެހީތެރިވުމުގެ” ދައުވާ އުފުލައި، އޭނާ ހައްޔަރުކުރުމަށް ރަޝިޔާއިން ބައިނަލްއަގުވާމީ އަމުރެއް ނެރެފިއެވެ. ރަޝިޔާގެ ދާޚިލީ ސަލާމަތާބެހޭ އިދާރާ (އެފް.އެސް.ބީ) އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ރަޝިޔާއަށް އުފަން ޑުރޯވްގެ މައްޗަށް މި ދައުވާ އުފުލީ ޔޫކްރެއިންގެ ޚާއްސަ ޚިދުމަތްތަކާއި ޓެރަރިސްޓް ޖަމާއަތްތަކުން ރަޝިޔާގައި ހަމަލާތައް ރޭވުމަށް ބޭނުންކުރާ ޗެނަލްތަކާއި ބޮޓްތައް ނައްތާލުމަށް ޓެލެގްރާމުން ދެކޮޅު ހަ... ނާޒިމާ އަލީ · 3 މަސް ކުރިން
މަޖިލިސް އެމްޑީޕީން ދިއްދޫގައި 18 މިލިއަނަށް އެޅޭނެ އިންޖީނުގެއަކަށް 64 މިލިއަން ޚަރަދުކުރި، ދެބައިކުޅަ އެއްބައިވެސް ނުނިމޭ: ލަތީފް ނިމުނު އެމްޑީޕީގެ ސަރުކާރުން ހއ. ދިއްދޫގައި 18 މިލިއަން ރުފިޔާއަށް އެޅޭނެ ފަދަ އިންޖީނުގެއެއް އެޅުމަށް 64 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ނަމަވެސް އެތަނުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައިވެސް ނިމިފައި ނުވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހުރިހާ ރަށަކ... އަލީ އާދިލް · 3 މަސް ކުރިން