ވިޔަފާރި ދުވާފަރު މަގުހެދުމުގެ މަސައްކަތުގެ 93 އިންސައްތަ ނިމިއްޖެ ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުވައި މި މަޝްރޫއުގެ ދަށުން މިހާރު 93 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 17،790 އަކަ މީޓަރުގެ ދިގު މިނުގެ 9 މަގެއް ހަދާނެއެވެ. މީގެ އިތުރުން 6923 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އިހަވަންދޫ ބަނދަރު ނިމުމަކާ ގާތަށް ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 92 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ އެއްގަމުތޮށި ލުމާއި، 284 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކޮލަމް ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ، އިޙުރާމް ބަނުމުގައި ކަންތައްކުރާނީ ކިހިނެތް؟ ސުވާލު: ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ، އިޙުރާމް ބަނުމުގައި ކަންތައްކުރާނީ ކިހިނަކުންތޯ؟ ޖަވާބު: ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ، މީޤާތުގައި އިޙްރާމް ބަނުމުގެ ކުރިން ހިނައިގަތުން ހުއްޓެވެ. އަދި ގެފުޅު ވަށައިގެން ޠަވާފުކުރުން ފިޔަވައި ޙައްޖުގައި އެހެން މީސްތަކުންނޭ އެއްގޮތަށް ޙައްޖުގެ އަޅުކަންތައް ކުރުމުގައި މަޝްޣޫލު ވެވޭނެއެވެ. ފަހެ އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. عَنْ جَابِرِ بْنِ عَبْدِ اللَّهِ، – رضى الله عنهما – فِي حَدِيثِ أَسْمَاءَ بِنْتِ عُمَيْسٍ حِينَ […] ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 4 އަހަރު ކުރިން
ކޮލަމް ބެލެނިވެރިންނަށް: މުސާރައިން ހިތްހަމަޖެހުން - ބައްޕަގެ މުސާރައިން ހަދިޔާއެއް! ވަޒީފާގެ މުސާރަ ދޭން އޮތް ދުވަހެއްގައި، މުސާރަ ބަލާ ދިއުމުގެ ކުރިން އަޅުގަނޑުގެ ބައްޕަ އަޅުގަނޑުމެން ގާތުގައި އަހާލިއެވެ. ބައްޕަ މިއަދު މުސާރަ ނަގައިގެން އަންނައިރު ދަރިފުޅުމެންނަށް ގެނެސްދޭންވީ ކޮން ހަދިޔާއެއް ހެއްޔެވެ؟ އަޅުގަނޑު އެދުވަހު ބުނީމެވެ. އަޅުގަނޑަށް އަތަރު ފުޅިއެއް ގެނެސްދެއްވާށެވެ. އޭރު އަހަރެންގެ އުމުރަކީ ފުރާވަރުގެ އުމުރުފުރާއެވެ. އޭގެފަހުން މިހާރު އެތައް އަހަރެއް ވެއަތުވެއްޖެއެވެ. ބައްޕަ މިއާދައިގެ މަތީގައި ދެމިހުންނެވިއެވެ. އަޅުގަނޑު އެންމެފަހުން މީހަކާ އިނދެ، އަޅުގަނޑުމެންނަށް... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 4 އަހަރު ކުރިން
ރާއްޖެ އަމާޒަކީ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމްގައި ނަފްސާނީ ބަލިތަކުގެ ފަރުވާވެސް ހިމެނޭގޮތް ހެދުން: މެޑަމް ފަޒްނާ އަމާޒަކީ ރާއްޖޭގެ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީ.އެޗް.އޯ.ޖީ.އެމް) 2022 ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި “ރީ ތިންކިންގ މެންޓަލް ހެ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ނޭޝަނަލް ހެލްތު ލެބޯޓްރީ އަޅަން އީއައިބީން 299 މިލިއަން ރުފިޔާގެ ލޯނެއް ނެޝަނަލް ހެލްތު ލެބޯޓްރީ އަޅަން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 18.4 މިލިއަން ޔޫރޯ (299 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން ނަގައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މި ލޯނު ނެގީ ލެބޯޓްރީ އާއި އަތޮޅު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ހެދުމަށެވެ. މިއީ ކޮންސެޝަނަލް ލޯނެއް ކަމަށާއި ދައްކަން ދިގު މުއްދަތެއް ލިބޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ލޯނު ނެގިކަން ހާމަ ކުރި ނަމަވެސް ލޯނުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މައްސަލަތަކުގެ ހައްލު ހޯދުމަށް ކަނޑިތީމު ކައުންސިލުން މާލެ އަށް ށ. ކަނޑިތީމު ކައުންސިލުން މާލެއަށް ދަތުރެއްފަށައި، އެރަށުގެ ތަރައްގީއާއި ގުޅުންހުރި ކަންކަމާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރަން ފަށައިފިއެވެ. ކަނޑިތީމު ކައުންސިލުން މާލެއަށް ކުރާ ދަތުރުގެ ތެރެއިން މިހާރު ވަނީ މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި، ޓޫރިޒަމް މިނިސްޓަރާއި، އާޓްސް އެންޑް ކަލްޗަރ މިނިސްޓަރާއި އަދި އެގްރޯނެޓްގެ އެމްޑީއާއި ބައްދަލުކޮށް އެ މުއައްސަސާތަކާއި ގުޅުންހުރި ކަނޑިތީމުގައި ކުރިއަށްދާ އަދި ކުރިއަށް ގެންދެވިދާނެ ކަންކަމާމެދު މަޝް... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ އެޕްރެންޓިޝިޕް ފުރުސަތު ފޯރުކޮށްދޭން އާރުޑީސީއާއެކު އެއްބަސްވެއްޖެ ކޮވިޑް-19ގެ އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ހިންގަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިތުރު ފުރުސަތުތަކެއް ހުޅުވުމަށް އިކޮނޮމިކް މިނިސްޓްރީން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުއެވެ. މި ޕްރޮގްރާމުގެ ދަށުން 14 ދާއިރާއަކ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޯތު ލީގު: އިހަވަންދޫ އަތުން ހަނިމާދޫއަށް މުހިންމު މޮޅެއް، ދިއްދޫއިން ބޮޑުތަފާތަކުން ނެއްލައިދޫ ބަލިކޮށްފި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ހަތަރުވަނަ ދުވަހުގެ މެޗުތަކުގައި ޓީމް ހަނިމާދޫއާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު ހަނިމާދޫއިން ކާމިޔާބުކުރި އިރު، ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ބީއެކްސްއިން ކާމިޔާބު ކޮށްފޮއެވެ. އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި މާފުށީގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ސްޓެލްކޯއިމް ހަވާލުވެއްޖެއެވެ. މިއާއެކު، ރާއްޖޭގައި ޔުޓިލިޓީގެ ހުރިހާ ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏަކަށް ސްޓެލްކޯ ވަނީ ވެފައެވެ. މި ހިދުމަތް ފެށުމަށް މާފުށީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މާފުށީގެ ކުނި މެނޭޖްކުރުމަށް ހާއްސަ ފެސިލިޓީއެއް އަޅައި އެ ރަށުން ތިލަފުއްޓަށް ކުނި ގެންދިއުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން މާފުށީގައި ދެމެހެއްޓެނިވި ގޮތެއްގައި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ހަމަނުޖެހުމުގެ މައްސަލާގައި ދެ ޝޭހުންގެ ހުއްދަ ބާތިލްކޮށްފި އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ދެ ޝޭހެއްގެ ހުއްދަ ބާތިލްކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިރޭ ނޭރުނު ބަޔާނެއްގައި ބުނީ ޝައިހު ފަޟްލޫން މުހައްމަދާއި، ޝައިހު އާދަމް ނިޝާން އަށް ދޫކޮށްފައިވާ ދީނީ ތަގުރީރު ކުރުމާއި ވައުޛު ދިނުމުގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މި ދެ މީހުންގެ ހުއްދަ ވެސް ބާތިލު ކުރީ ދެމީހުންގެ މައްޗަށް ފުލުހުން ޖިނާއީ ތަހިގީގެއް ހިންގަން ފަށާފައިވާތީ ކަމަށެވެ. […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފުރާވަޑައިގެންފި ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރުވާންޑާއަށް ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރުވާންޑާގައި މި ބައްދަލުވުން ކުރިއަށްގެންދަނީ ޖޫން މަހުގެ 20 ވަނަ ދުވަހުން 25 ވަނަ ދުވަހަށެވެ. މިއީ 1 ފެބުރުވަރީ 2020 ގައި ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ކޮވިޑުގެ ދިފާއުގައި ހަތަރުވަނަ ޑޯޒެއް! ކޮވިޑް-19 އިން ދިފާއު ވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިނުގެ ހަތަރު ވަނަ ޑޯޒެއް ދިނުމަށް ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިގޮތަށް ނިންމާފައި މިވަނީ މިއަހަރު ކުރީކޮޅުން ފެށީގެން ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށް ވުމަށް ފަހު އަނެއްކާވެސް އިތުރުވާން ފަށާފައި ވަނިކޮށެވެ. އެޗްޕީއޭން މިރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް ވެކްސިން ތިންވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
މަޖިލިސް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ހާއްސަ އިނާޔަތްތަކެއް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ނިންމަން ގާޒީން އިތުރަށް ނިކުންނަ ދުވަސްތަކަށް އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ. ގިނަ އަހަރުތަކެއް ވަންދެން މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީވެ، އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުންނެވެ. ޖޭއެސްސީ) އިން ހުށަހަޅާފައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރު... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅުގައި އާރުޓީއެލް ދަތުރުތައް ހޮނިހިރު ދުވަހު ފަށަނީ ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް”ގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ހއ. އަތޮޅުގައި އަންނަ ހޮނިހިރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ. މި މަހުގެ 25 ވާ ހޮނިހިރު ދުވަހުން ފެށިގެން ތިލަ އުތުރުގައި އާރުޓީއެލް ހައި ސްޕީޑު ފެރީ ދަތުރުތައް ފަށާ އިރު މި މަސް ނިމެންދެން ފެރީ ތަކުގައި މުޅިން ހިލޭ ދަތުރު ކުރެވޭނެއެވެ. މި މަހުގެ ފަންސަވީހުން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކު […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން