ބައިނަލްއަގުވާމީ ރަނިލް، ރައީސް ކަމުގެ ހުވާ ކުރައްވައިފި އަވަށްޓެރި ސްރީލަންކާގެ ރައީސްކަމުގެ މަގާމަށް އިއްޔެ އިންތިޚާބުވި ރަނިލް ވިކްރަމަސިންހަ މަގާމުގެ ހުވާ ކުރައްވައި، ރަސްމީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފި އެވެ. ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރަނިލް ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ ސިއްރު ވޯޓުގައި 134 ވޯޓް ހޯއްދަވައިގެންނެވެ. ރަނިލް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނަގެ ކުރިފުޅުމަތީގައިއެވެ. އެމަނިކުފާނަށް ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޖަޔަންތަ ޖަ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ޝެއިހް ފަޒްލޫން ދޫކޮށްލައިފި ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިނގަދިޔަ ކަންތައްތަކާއިގުޅިގެން ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފި އެވެ. ށ. މިލަންދޫއަށް ނިސްބަތްވެވަޑައިގަންނަވާ ސެއިޚް މިއަދު ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކުގައެވެ. މި ޝަރުތުތަކުގެ ތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި، ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ޝަރުތު ކޮށްފައިވެއެވެ. އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެފްސީ ފްރެންޑްސް އިން ކާމިޔާބު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ ސެއިޚް އިމްރާން އަބްދުﷲ ޝަރަފްވެރި ކޮށްދެވި ފައިނަލް މެޗު އިއްޔެ ހަވީރު ނެއްލައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ އެފްސީ ފްރެންޑްސްއާއި ކުލަބް ރެފިއުޖީއެވެ. ފައިނަލް މެޗު އެފްސީ ފްރެންޑްސްއިން... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ރައުދާގެ މަރު އަލުން ތަހުގީގުކުރަން ބަންގްލަދޭޝް ކޯޓަކުން އަންގައިފި ބަންގްލަދޭޝްގައި މަތީ ތައުލީމް ހާސިލް ކުރަމުންދިޔަ، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން އެ ގައުމުގެ ކޯޓަކުން އަންގައިފި އެވެ. ދިވެހި މޮޑެލް، ރައުދާގެ މަރުގެ މައްސަލަ ތަހުގީގުކުރަން ބަންގްލަދޭޝްގެ ރާޖްޝާހީ ކޯޓުން ފުލުހުންނަށް އެންގީ އިއްޔެއެވެ. ބަނގްލަދޭޝްގައިި މެޑިސިން ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި މޮޑެލް ރައުދާ އާތިފް ދަންޖެހިފައި ހުއްޓައި ފެނުނީ 2017 އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ […] އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ މި މަހުގެ 28 ވަނަ ދުވަހު ސަރުކާރު ބަންދު މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތަށް މިމަހުގެ 28 ވަނަ ދުވަހު ސަރުކާރު ބަންދުވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެ ދުވަހާއި ގުޅިގެން މި މަހުގެ 27 ވަނަ ދުވަސް ވެސް ވަނީ ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާފައެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ، މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން، ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހދ. މަކުނުދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓްެއް ވަނީ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ "ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދެވޭނީ ރަނގަޅު ލީޑާޝިޕެއް އޮވެގެން" ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދެވޭނީ ރަނގަޅު ލީޑަރޝިޕެއް އޮވެގެން ކަމުގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހެން ވިދާޅުވީ “އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް” ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. “މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ” ގެ ތީމަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ބަނޑޮސް މޯލްޑިވްސްގައެވެ.... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތް ފަށައިފި ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” މިއަދު ފަށައިފިއެވެ. ކުލަބް ޑޮމިނޭޓާރސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި މޮޅެތި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމާއި އެ ރަށުގެ ޒުވާނުން ދުޅަހެޔޮކަން އިތުރުކޮށް، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ޔެޓީ، އެފްސީ ހިރި، ޓީމް ރޯޔަލްގެ [... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބިލު ތަސްދީޤު ކުރައްވައިފި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަޤްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއިން 2013 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުޢާހަދާއެއް ކަމަށްވާ “ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ” ޤައުމީ ފެންވަރުގައި ތަންފީޛު ކުރުމެވެ. މި ޤާނޫނަކީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ އަމީރުލް ޙައްޖު ރާއްޖެ ވަޑައިގެންފި މި އަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރާއްޖޭގެ އަމީރުލް ޙައްޖު މިއަދު ރާއްޖެވަޑައިގެންފައިވާއިރު، ޙައްޖުގެ މަަތިވެރި އަޅުކަން އަދާކުރުމަށްފަހު ޙައްޖުވެރިން ވެސް މިއަދު ވަނީ ރާއްޖެ އަންނަން ފަށާފައެވެ. މިގޮތުން މިއަދު ހެނދުނު ވަނީ ޙައްޖަށް ދިޔަ ފުރަތަމަ ގުރޫޕްގައި ހިމެނޭ 157 ޙައްޖުވެރިން ރާއްޖެ އައިސްފައެވެ. ރާއްޖެއިން މިއަހަރު 453 ޙ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ވިޔަފާރި އާރުޓީއެލް ބަހުގެ ހިދުމަތް މާލެ އާއި ބައެއް އަތޮޅުތަކުގައި ފަށަން ތައްޔާރުވެއްޖެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ތައްޔާރުވެއްޖެއެވެ. މި މަސައްކަތުގެ ދަށުން މި މަހުގެ 16 ވަނަ ދުވަހު ވަނީ 36 ބަސް ރާއްޖެއަށް ގެނެސްފައެވެ.އިތުރު ފަސް ބަސް މި މަހު ފަހުކޮޅު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ފޮނަދޫ އަދި އިސްދޫ، ކަލައިދޫގައެވެ. މިނީ ބަހުގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ޔޯގާ ހަމަނުޖެހުން: ރައްޒާން ދޫކޮށްލަން ހައި ކޯޓުން ވެސް ތާއީދު ޔޯގާ ހަމަނުޖެހުމުގެ މައްސަލާގައި ހައްޔަރުކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކޭ) ބަންދުން ދޫކޮށްލި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. މިދިޔަ މަހު ޔޯގާ ހަރަކާތެއް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ގިނަ މީހުންގެ ތެރޭގައި ރައްޒާން ހިމެނެ އެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލަން އަމުރުކުރީ ކްރިމިނަލް ކޯޓުންނެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ ޖަރުމަނު ސަފީރަކަށް ޝާން، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ޝިއާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް، ޢާއިޝަތު ޝާން ޝާކިރު ޢައްޔަނު ކުރަށްވައިފިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް، އަޙްމަދު ޝިޢާން ވެސް ޢައްޔަނު ކުރަށްވާފައެވެ. އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހިރާއްޖެއިން ޖަރުމަނަށް... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ލަންކާގެ އާ ރައީސަކަށް ރަނިލް އަވަށްޓެރި ސްރީލަންކާގެ ރައީސަކު ހޮވުމަށް މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން އެ ޤައުމުގެ އާ ރައީސަކަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންތިހާބު ކޮށްފި އެވެ. ރަނިލް ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ ސިއްރު ވޯޓުގައި 134 ވޯޓް ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އިިދިކޮޅު ކެންޑިޑޭޓް ޑަލަސް އައްލަހަޕެރުމަ އަށް 82 ވޯޓު ލިބިވަޑައިގަތެވެ. އަދި އަނޫރާ ކޭ ޑިސަނަޔަކަ އަށް ލިބިވަޑައިގަތީ 3 ވޯޓެވެ. އިގްތިސާދީ އަނދަވަޅެއްގައި އޮތް ސްރީލަންކާއަށް ސިޔާސީ ބަދަލުތަކެއް އަންނަން […] އަލީ އާދިލް · 4 އަހަރު ކުރިން