ރާއްޖެ އަލަމްގީރްއާއެކު ލިވާތުކުރިކަމަށް، ހެއްކާއި ގަރީނާ ހޯދިފައިވާ 3 ބޭފުޅުން ހައްޔަރުކޮށްފި އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ 3 ބޭފުޅުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. ފުލުހުންބުނީ އެބޭފުޅުން ހައްޔަރުކުރީ، ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައް... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ހއ. ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 72 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން އައު ހާބަ ބޭސިން ފުންކުރުމުގެ 80 އިންސައްތަ މަސައްކަތް ނިންމާލެވިފަވާ ކަމަށް […... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ތޮޅެންދޫ މައްސަލާގައި ސަރުކާރުން ދުލެއް ނުދިން، މައްސަލަ ސުޕްރީމް ކޯޓަށް ނ. ތޮޅެންދޫ ކުއްޔަށް ދިނުން ކޯޓުން ހުއްޓުވި މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. މީގެކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ތޮޅެންދޫ ކުއްޔަށް ދޭން ސަރުކާރުން ނިންމާފައި ވަނިކޮށް އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ އެރަށް ކުއްޔަށް ދިނުން މަޑުޖައްސާލަން ސިވިލް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އެ އަމުރަށް ހައި ކޯޓުން މިމަހު މަހު ތާއީދުކުރި އެވެ. އެ މައްސަލަ އިސްތިއުނާފް […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ ޔޯގާ، މިއުޒިކާއި ލަވަ އަދި އުފަންދުސް ފާހަގަކުރުން، ހަރާމް ކަމަށް ނުބުނެވޭނެ: މައުމޫން ޔޯގާ ހެދުމާއި މިއުޒިކު ކުޅުމާއި ލަވަ ކިޔުން އަދި އުފަންދުސް ފާހަގަކުރުމަކީ ހަރާމް ކަމެއް ކަމަށް ނުބުނެވޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. މައުމޫނު މިހެން ވިދާޅުވެފައިވަނީ، “ހަރާމް ވާނީ ހަމައެކަނި މާތްﷲ ހަރާމް ކުރެއްވި ކަންތައްތަކެވެ.” މި ސުރުހީގެ ދަށުން މިއަދު އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމެއްގައެވެ. އެމްނިކުފާނުގެ ޕާޓީ އެމްއާރުއެމްއިން ވިދާޅުވީ، އެއީ، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކާއި އިސްލާމް ދީނާއި ގުޅުވައި ރައްޔިތުންގެ މެދުގައި ފަތުރާ ބައެއް ރައުޔުތަކާއި... އަލީ އާދިލް · 4 އަހަރު ކުރިން
ކޮލަމް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ކޮބާ؟ ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، “އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2016 އެޕްރީލް 25 ވަނަ ދުވަހު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގ... އަލީ އާދިލް · 4 އަހަރު ކުރިން
ކޮލަމް ހައިޕޯ-ތައިރޮއިޑްޒްމް: މިއީ ކިހިނެތްވާ ބައްޔެއް؟ ތައިރޮއިޑްއަކީ އިންސާނާގެ ނޭވާލާހޮޅި މަތީ ހުރަހަށްވާ ގޮތަށް، ކޮކާލެއްގެ ސިފައިގައި ހުންނަ ފަށަލައެކެވެ. މި ފަށަލައިގެ މަޤްސަދަކީ ހަށިގަނޑުގެ ހެދިބޮޑުވުމާއި، ހޯމޯންލެވެލްސް އަދި މެޓަބޮލިޒްމް އެއްހަމައެއްގެ މަތިން ބެލެހެއްޓުމެވެ. ތައިރޮއިޑްގެ ބަލި ހުންނަ މީހުންނަކީ މި ފަށަލައިން އެބައެއްގެ ހޯމޯން ލެވެލް އެއްވަރެއްގައި ހިފަހައްޓައިނުދީ މަތިވެފައި ނުވަތަ ތިރިވެފައި ހުންނަމީހުންނެވެ. އޭގެތެރެއިން ހައިޕޯ-ތައިރޮއިޑްސްމް އަކީ ހޯމޯން ލެވެލްސް ދަށްވެފައި ހުރުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ދިރާސާތަކުން ދައ... އަންޖުމް އިސްމާޢީލް މުޙައްމަދް · 4 އަހަރު ކުރިން
ކޮލަމް ގެންގުޅޭ ފޯނު މީހަކަށް ދޭއިރު ނުވަތަ ވިއްކާލާއިރު ސަމާލުކަން ދޭންޖެހޭ 5 ކަމެއް! ދޭތެރެ ދޭތެރެއިން ފޯނު ބަދަލު ކުރުމަކީ ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. މާބޮޑަށް ފޯނު ބާނުވިޔަސް ނުވަތަ ހަލާކު ނުވިޔަސް ބާޒާރަށް އާފޯނެއް ނިކުމެއްޖެ ނަމަ ބައެއް މީހުން ފޯނު އާކޮށްލަ އެވެ. އާފޯނެއް ލިބުމާއި އެކު ކުރީ ފޯނު ކުޑަ އަގެއްގައި ވިއްކާލަނީ އެވެ. ނޫނީ ކޮންމެވެސް މީހަކަށް ދެނީ އެވެ. ފޯނު ވިއްކާލާއިރު ނުވަތަ މީހަކަށް ދޭއިރު ސަމާލުވާޖެހޭ ކަންކަން ވަރަށް ގިނައެވެ. ހާއްސަކޮން ނުދަންނަ މީހަކަށް ފޯނު ވިއްކާލާނަމަ މިކަން ކަމަށް ހާއްސަ […] އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
މަޖިލިސް ޕްރޮޖެކްޓްތައް ނުހުއްޓި ގެންދިއުމަށް، އިތުރު ލޯނެއް ނެގުމަށްވުރެއް ޓެކްސް ބޮޑުކުރުން ރަނގަޅު: ރާޢީ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް، އިތުރު ލޯނެއް ނެގުމަށްވުރެއް ޓެކްސް ބޮޑުކުރުން ރަނގަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މުޅި ދުނިޔޭގެ ގައުމު ތަކަށް ދިމާވެފައިވާ އިޤްތިސާދީ ފުންގަނޑުން އަދި ރާއްޖެ އަށްވެސް ދިމާވެދާނެ އުނދަގޫތަކުން އަރައިގަތުމަށް ސަރުކާރުން މިވަގުތު ޓެކްސް އަށް ބަދަލު ގެނައުމަކީ މިވަގުތަށް ކޮންމެހެން އަޅަންޖެހޭ މުހިއްމު ފިޔަވަޅެއްކަމުގަ އެވެ. ރާޢީ އިތުރަށް... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ޓެކުހާއި ސަބްސިޑީގެ ބަދަލަށް އައިއެމްއެފް އިން މަރުހަބާ ކިޔައިފި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށާއި ސަބްސިޑީ ދޭގޮތް ބަދަލުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން މަރުހަބާ ކިޔައިފިއެވެ. އައިއެމްއެފް އިން ބުނި ގޮތުގައި މިއީ ރާއްޖޭގައި ކުރިޔަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. މި ގޮތަށް ބުނެފައިވަނީ މިދިޔަ ޖޫން މަހު އައިއެމްއެފްގެ ވަފުދަކުން ރާއްޖެ އައިސް ދިވެހި އިގުތިސޯދީ ހާލަތާއި، ތަސައްވުރާއި، ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ނެރުނު ނޫސްބަޔާނުގައެވެ. މި ނޫސް ބަޔާނުގައި އައިއެމްއެފް އިން ވަނީ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ރާއްޖޭގެ 104 ޢިލްމުވެރިއެއްގެ ފަތުވާއެއް، ޔޯގާ ހެދުން ޙަރާމް ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެ ނޫންވެސް ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ޙަރާމް ކަމެއްކަމަށް ބަޔާންކޮށް ރާއްޖޭގެ 104 ޢިލްމުވެރިއަކު ފަތުވާއެއް ނެރެފިއެވެ. ރާއްޖޭގެ 104 އިލްމުވެރިއަކު ސޮއިކުރައްވާ ނެރުނު މި ފަތުވާގައި ބުނެފައިވަނީ ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމެއް ކަމަށެވެ. އަދި ޔޯގާގެ ނަން ދީގެން ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަ ނުވާގޮތަށް ވެސް ކަންތައްތަކެއް ކުރުން ޝަރުއީ ގޮތުން ހުއްދަ […] އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ލިވާތުކުރި މީހުންނަށާއި، ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި އަދަބުދީ: ތިނަދޫ ކައުންސިލް އެއްޖިންސުން ގުޅުން ހިންގުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށާއި، މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިފި ވަސަލަމައަށް ފުރައްސާރަކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ގޮވާލައިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުންފަދަ ފާހިޝް އަމަލުތަކަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ އަމަލަކަށްވާއިރު، ދިވެހި ފަސްގަނޑުގައި އެފަދަ ނުބައި އަމަލުތައް ހިންގާކަމީ މި ކަ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ މިއަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ފަހު ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. އެ ޙައްޖުވެރިން ރާއްޖެ އައިސްފައި މިވަނީ ތިން ދުވަހެއްގެ މަތިންނެވެ. ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއައީ ޖުލައި 20 ވަނަ ދުވަހުއެވެ. އެއީ 157 ޙައްޖުވެރިންނެވެ. ދެވަނަ ގްރޫޕްގައި 175 ޙައްޖުވެރިން އައިސްފައި ވެއެވެ. އެ ހައްޖުވެރިން ރާއްޖެއައީ ޖުލައި 23 ވަނަ ދުވަހުއެވެ. ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕް […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި "ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ" ނަމުގައި ހިތްގައިމު އައު ކެފޭއެއް ހދ.ހަނިމާދޫގައި ހިންގަމުން އަންނަ ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓްހައުސްގެ ފަރާތުން އެތަނުގައި “ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ” ގެ ނަމުގައި ކެފޭއެއް ހުޅުވައިފިއެވެ. ހަނިމާދޫ އުތުރު އަވަށު ބީޗްގެ ހިތްގައިމު ސަރަހައްދާއި ކައިރީގައި ހަދާފައިވާ، ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓް ހައުސްއިން މިހާރު ވެސް އަންނަނީ ފަތުރުވެރިންގެ އިތުރުން ލޯކަލްއަށް ވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ގެސްޓް ހައުސްއާއި ގުޅުވައި ހަދާފައިވާ މި ކެފޭ އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވާފައިވާއިރު، ކެ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކޮލަމް މިނިވަންކަމަކީ އެއްވެސް ހައްދެއްނެތް، އިމެއްނެތް ޙައްޤެއް ނޫނެވެ. މިނިވަންކަމަކީ ބަހުގެ ގޮތުންބަލާއިރު އަޅުވެރިކަމެއް އަދި ބަންދެން ނެތުމެވެ. ހުހަށް ހުރުމާއި، އަމިއްލަކަމެވެ. ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވުމާއި މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއްނެތުމަކީވެސް މިނިވަންކަމެވެ. މިނިވަންކަމަކީ އިންސާނުންނާއި ހުރިހާ ދިރޭ އެއްޗެއްގެ ކިބައިގައިވެސް ލައްވާފައިވާ ޠަބީއީ ސިފައެކެވެ. ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ މިނިވަންކަމުގައި ހަމަހަމަ ޙައްޤުތަކާއެކު ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބައެއްގެ ގޮތުގައެވެ. އެހެންވީއިރު އިންސާނުން އެކަކު... ޢަބްދުﷲ ސަޢީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު 2054 ވަނަ އަހަރާ ހަމައަށް ދާއިރު، ހއ. އަތޮޅުގައި ދިރިއުޅޭ އާބާދީ 7000 އަށް ދަށަށް؟ 2054 ވަނަ އަހަރާ ހަމައަށް ދާއިރު ހއ. އަތޮޅުގައި ދިރިއުޅޭ އާބާދީ 7800 އަށް ދަށަށްދާނެ ކަމަށް 2019 ވަނަ އަހަރު ނެރުނު 2054 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ދިރިއުޅޭނެ މީހުންގެ އަންދާޒާ ރިޕޯޓުގައި ލަފާ ކޮށްފައި ވެއެވެ. އެހެން ނަމަވެސް ކޯވިޑުގެ ޙާލަތާ ގުޅިގެން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ކުއްލި ބަދަލާއެކު މި ލަފާކުރުންތައް ޙަޤީޤަތަކަށް ވުމާމެދު މިހާރު މިވަނީ ސުވާލު އުފެދި ފައެވެ. 2014 ވަނަ އަހަރުން 2054 ވަނަ އަހަރާ […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން