މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހެއްކާބެހޭ ޤާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވުންތައް ރައީސަށް ދަންނަވައިފި

ހެއްކާބެހޭ ޤާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވުންތައް ރައީސަށް ދަންނަވައިފި

ހެއްކާބެހޭ ޤާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ދަންނަވައިފިއެވެ. އެމްޖޭއޭގެ މެމްބަރުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މިބައްދަލު ކުރެއްވުމުގައި އެމްޖޭއޭގެ ފަރާތުން ވަނީ، ހެއްކާބެހޭ ޤާނޫ...

އަލީ އާދިލް
އައްޑޫ، ފުވައްމުލައް އަދި ލ. ގައި މިނީ ބަހުގެ ހިދުމަތް ފަށައިފި

އައްޑޫ، ފުވައްމުލައް އަދި ލ. ގައި މިނީ ބަހުގެ ހިދުމަތް ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސީޓީ އާއި ލ. އަތޮޅުގައި މިނީ ބަހިގެ ހިދުމަތް މިއަދު ފަށައިފިއެވެ. މި ހިދުމަތް ފަށަން ބޭނުންވާ ބަސްތައް މިހާރު ވަނީ އެ ސަރަހައްދުތަކަށް ފޮނުވައިފައެވެ. އެގޮތުން، އައްޑުއަށް 13 ބަސް ފޮނުވާފައިވާއިރު ފުވައްމުލަކަށް ހަތަރު ބަސް ލ. އަތޮޅަށް ހަ ބަސް ވަނީ ފޮނުވާފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ހިދުމަތް މިއަދު ފެށި ނަމަވެސް […]

އަޙްމަދު ވަހީދު
ޑްރަގް ކަމަށް ބުނެ އަތުލީ ބޭކިން ޕައުޑަރު؟ މީހާ ދޫކޮށްލައިފި

ޑްރަގް ކަމަށް ބުނެ އަތުލީ ބޭކިން ޕައުޑަރު؟ މީހާ ދޫކޮށްލައިފި

މަސްތުވާތަކެތި ކަމަށް ބުނެ މާލޭގެ ގެއަކުން ފުލުހުން އަތުލައިގަތް ތަކެއްޗަކީ ބޭކިން ޕައުޑަރުތޯ ނުވަތަ އަސްލު ވެސް މަސްތުވާއެއްތޯ ސުވާލު އުފެދުމުން، ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ. ދިވެހި ފިރިހެނަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއެއްގެ ބަދިގޭގައި ހުރި ކަބަޑެއްގެ ތެރެއިން ޑްރަގް ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނުނު ކަމަށް ބުނެ އެވެ. އެއީ ޑްރަގް ނޫން ކަމަށް އޭނާ ހައްޔަރުކުރި ވަގުތު ބުންޏެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައިވާ […]

ހުސައިން ހަބީބް
ބަޔާން މިއުނިކުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

ބަޔާން މިއުނިކުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

ޖަރުމަނު ބުންޑަސް ލީގުގެ އައު ސީޒަން ފެށުމުގެ ގޮތުން، ފާއިތުވި ސީޒަންގެ ލީގުގެ ޗެމްޕިއަންއާއި ޖަރުމަނު ކަޕްގެ ޗެމްޕިއަންގެ މެދުގައި ކުޅޭ ސުޕަ ކަޕް މެޗުގައި އާރުބީ ލެއިޕްޒިގްގެ މައްޗަށް ކުރިހޯދައި ބަޔާން މިއުނިކުން ސުޕަ ކަޕް ކާމިޔާބު ކޮށްފިއެވެ. މިއީ ޖަރުމަނުގެ ސުޕަ ކަޕް ބަޔާން މިއުނިކުން ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. ރޭ ރެޑްބުލް އެރީނާގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއަކުން ލެއިޕްޒިގްގެ މައްޗަށް ކުރި […]

އިބްރާހިމް ޚަލީލް
ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކުރިން ނެރުނު ރީނދޫ ސަމާލުގެ ވަގުތު މިއަދު 16:00 އަށް ހަމަވާނެއެވެ. ނަމަވެސް މިހާރު މިވަގުވަނީ މިރޭ 21:00 އާއި ހަމައަށް ދަންމާލާފައެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައިވެއެވެ. […]

ޔުމްނާ ޢަލީ
މިނީ ބަހުގެ ހިދުމަތްދޭ ހުރިހާ ރަށަކަށް ބަސް ފޮނުވައިފި

މިނީ ބަހުގެ ހިދުމަތްދޭ ހުރިހާ ރަށަކަށް ބަސް ފޮނުވައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކު ޚިދުމަތުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ޚިދުމަތް އަތޮޅުތަކުގައި ފެށުމަށް ބޭނުންވާ މިނީ ބަސްތައް އަތޮޅުތަކަށް ފޮނުވައި ނިންމައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މި ހިދުމަތް ދޭން ފަށަނީ ރާއްޖޭގެ 4 ސަރަހައްދެއްގައެވެ. އެއީ މާލެ އާއި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ އަތޮޅުގައެވެ. މި މަސައްކަތް ފެށުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިމަހުގެ 16 ވަނަ ދުވަހު ވަނީ ރާއްޖެއަށް […]

އަޙްމަދު ވަހީދު
ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް 77 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް 77 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މިއަހަރުގެ ދެވަނަ ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ސާފު ފައިދާގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެ ކުންފުނީގެ ކުއާޓާލީ ރިޕޯޓް ދައްކާ ގޮތުން މިއީ ހިއްސާއަކަށް ޖެހޭ އަދަދަށް ބަލާއިރު ހިއްސާއަކަށް 8.23 ރުފިޔާއެވެ. އަދި ސާފު ފައިދާ ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 14 މިލިއަން ރުފިޔާގެ އިތުރުވުމެކެެވެ. އެމްޓީސީސީއަށް މި އަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 593 މިލިއަން […]

އަޙްމަދު ވަހީދު
ޗައިނާ ރޮކެޓް މިފަހަރުވެސް ވެއްޓުނީ އިންޑިއާ ކަނޑަށް، މަންޒަރު މެލޭޝިޔާއަށް ފެނުން

ޗައިނާ ރޮކެޓް މިފަހަރުވެސް ވެއްޓުނީ އިންޑިއާ ކަނޑަށް، މަންޒަރު މެލޭޝިޔާއަށް ފެނުން

ޗައިނާގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަނަށް ވެންޓިއަން މޮޑިއުލް ފޯރުކޮށްދިނުމަށް ޖުލައި 24 ވަނަ ދުވަހު ލޯންޗްކުރި “ލޯންގް މާޗް 5ބީ” ކޮންޓުރޯލް ގެއްލި އިންޑިއާ ކަނޑަށް ވެއްޓިއްޖެ އެވެ. މިރޮކެޓް ވެއްޓިފައިވަނީ ރޭ ރާއްޖެ ގަޑިން 21:55 ގަ އެވެ. މިރޮކެޓް ވެއްޓޭނެ ތަނެއް ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިޔައީ ރޮކެޓްގެ ބައިތައް މޮނީޓަރ ކުރަމުންނެވެ. ރޮކެޓްގެ ބައިތައް ކަނޑަށްވެއްޓުމުގެ ކުރިން އަނދާ ހުލިވާ މަންޒަރު މެލޭޝިއާގެ މަތިން މީހަކު ވަނީ ވީޑިއޯކޮށްފަ އެވެ. އޭނާ […]

އިބްރާހިމް އަސްވާޤް
މޭޒާއި ގޮނޑި ނުހޯދިގެން، ނޮޅިވަރަމް ސުކޫލު 6 ކުލާސްރޫމުގައި ކިޔަވައިދޭން ނުފެށި 6 މަސް

މޭޒާއި ގޮނޑި ނުހޯދިގެން، ނޮޅިވަރަމް ސުކޫލު 6 ކުލާސްރޫމުގައި ކިޔަވައިދޭން ނުފެށި 6 މަސް

ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ހދ. ނޮޅިވަރަމު ސުކޫލަށް އިތުރު ކުރެވުނު 6 ރޫމް އިމާރާތުގެ މަސައްކަތް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މިނިސްޓްރީ އާއި ހަވާލުކުރިތާ ގާތްގަނޑަކަށް ހަމަސް ދުވަހަށްވުރެ ގިނަ ދުވަސް މިވަނީ ފާއިތު ވެފަ އެވެ. ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކުލާސް ރޫމްތަކުގެ ބޭނުންކުރަން ފެށުމަށް ބޭނުންވާ ސާމާނު ހަމަވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން […]

އިބްރާހިމް ޚަލީލް
ލިވަޕޫލްއިން 16 ވަނަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

ލިވަޕޫލްއިން 16 ވަނަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

އުރުގުއޭގެ ހުނަރުވެރި ފޯވާޑް ޑާވިން ނުނޭޒް ޖެހި ގޯލާއެކު 3-1 ގެ ނަތީޖާއިން ސިޓީގެ މައްޗަށް ކުރިހޯދާ 16 ވަނަ ފަހަރަށް ލިވަޕޫލްއިން ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ. ލެސްޓާސިޓީ ދަނޑުގައި ކުޅުނު މެޗް ގައި ލިވަޕޫލަށް ފުރަތަމަ ގޯލް ކާމިޔާބް ކޮށްދިނީ ސަލާހް ގެ އެހީތެރިކަމާއެކު އެލެކްސެންޑްރާ އާނޯލްޑް އެވެ. މަހަރޭޒްގެ ބަދަލުގައި ކުޅެން ނުކުމެ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް އަލްވަރޭޒް 70 ވަނަ މިނެޓްގައި ވަނީ މެޗްގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މީ މި […]

އަލީ ރިޔާޟް
ރީނދޫ ސަމާލު: ތިލަދުންމަތިން ފެށިގެން މާޅޮސްމަޑުލު ދެކުނަށް ބޯކޮށް ވާރޭވެހޭނެ

ރީނދޫ ސަމާލު: ތިލަދުންމަތިން ފެށިގެން މާޅޮސްމަޑުލު ދެކުނަށް ބޯކޮށް ވާރޭވެހޭނެ

މޫސުން ގޯސްވެ، ތިލަދުންމަތިން ފެށިގެން މާޅޮސްމަޑުލު ދެކުނުބުރިއަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ބ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 06:15 އިން ފެށިގެން 10:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން ވިދާޅުވީ، […]

އިބްރާހިމް އަސްވާޤް
ނުނިދެނީތަ؟ މޫދު ލޮނު ތައްޓެއް ބޯލައިގެން އޮށޯވެބަލަ!

ނުނިދެނީތަ؟ މޫދު ލޮނު ތައްޓެއް ބޯލައިގެން އޮށޯވެބަލަ!

ރޭގަނޑުގެ ފުރިހަމަ ނިދިން ނިދާލުމަކީ އަޅުގަނޑުމެންގެ ތެރިން ގިނަ ޢަދަދެއްގެ މީހުންނެއްގެ ހިތުގައި އަށަގަނެފައިވާ އެއް އުންމީދެވެ. ނަމަވެސް އެކި ކަންކަމާއި ހުރެ ރޭގަނޑުގެ ނިދި ޚަރާބުވެގެން ދިއުމަކީ، ވިދިގެން އަންނަ ހެނދުނުގެ މަޖާ ނަގާލާ ކަމަކަށް ވަނީ ވެފައެވެ. އޭގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު އެއްކަމަކީ ދަންވަރު 2 ނުވަތަ 3 ޖަހާއިރު ފާޚާނާ ކުރުމަށްޓަކަޢި ތެދުވަން ޖެހުމެވެ. އަޅުގަނޑުމެންގެ ތެރެއިން މިކަމާއި ކުރިމަތިލާން ޖެހެނީ ކިތަށް މީހުންނަށްބާއެވެ؟ ނިދަން ދާންމައްޗަށް އެރުމުގެ ކުރިން ފާޚ...

އަންޖުމް އިސްމާޢީލް މުޙައްމަދް
ދެވަނަ ކުއާޓާގައި އެސްޓީއޯގެ އާމްދަނީ އަކީ 4.9 ބިލިއަން ރުފިޔާ

ދެވަނަ ކުއާޓާގައި އެސްޓީއޯގެ އާމްދަނީ އަކީ 4.9 ބިލިއަން ރުފިޔާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. އެ ކުންފުނިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ ކުއާޓާރާ އަޅާބަލާއިރު އިތުރުވެފައިވުން ކަމަށް އެސްޓީއޯއިން ދެކެއެވެ. ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، ކުންފުންޏަށް ލިބުނު ޖުމ...

އަޙްމަދު ވަހީދު
ގިނަ ވައްތަރުގެ މުދާ އެއްތަނަކުން، ބެސްޓް ބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި

ގިނަ ވައްތަރުގެ މުދާ އެއްތަނަކުން، ބެސްޓް ބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި

ތަފާތު ގިނަ ބާވަތުގެ މުދަލާއެކު ބެސްޓްބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. ހިޖުރީ އާއަހަރާއި ދިމާކޮށް ބެސްޓް ބަޑީން އަލަށް ހުޅުވި މި ފިހާރައިން ތަފާތު ގިނަ ބާވަތްތަކުގެ މުދާ ހެޔޮއަގުގައި ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ. މިފިހާރަ ހުޅުވާފައިވަނީ ކުޅުދުއްފުށީ ބޭރުމަގު އެތުމާ ދަގަނޑު ގުދަން ކުރިމަތިން ބަރާބަރު ފިހާރަ ހުންނަ މަގުގަ އެވެ. މިފިހާރައިން ބަދިގޭގައި ގެންގުޅޭ އެކި ވައްތަރުގެއިލެކްޓްރޯނިކް ސާމާނު ލިބެން ހުރެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި...

އިބްރާހިމް އަސްވާޤް
ސިޔާސީ ލީޑަރުންނަށް ޝައިޙް އިމްރާންގެ ނަސޭހަތެއް

ސިޔާސީ ލީޑަރުންނަށް ޝައިޙް އިމްރާންގެ ނަސޭހަތެއް

ދިވެހި ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް، ކޯލިޝަން ސަރުކާރުގެ ދާހިލީ ވަޒީރު ޝައިޙް އިމްރާން އަބުދުﷲ ވަރުގަދަ ނަސޭހަތެއް ދެއްވައިފި އެވެ. އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ ޝައިޙް އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ވިސްނުމާ މަސައްކަތުގައި ކިތަންމެ ޚިޔާލު ތަފާތުވިޔަސް  ދީނީ ގޮތުންނާއި، ދުނިޔަވީ ގޮތުން ހިފަހައްޓަން ޖެހޭ ހަމަތަކާއި އަޚްލާގިއްޔާތަށް ރައްކާތެރިވުމީ ހުރިހާ ސިޔާސީ ލީޑަރުން ވިސްނަން ޖެހޭ ކަމެއްކަމަށެވެ. އެމްޑީޕީގެ އެތެރޭގައި ފެކްޝަންތަކެއް އުފެދި ކޯޅުން ބޮޑުވެފައިވާއި...

އަލީ އާދިލް