ތިލަދުންމަތީ ޚަބަރު ހއ. އަތޮޅު ޤުރްއާން މުބާރާތް އަންނަ މަހު ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު)، އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަތޮޅު ޤްރުއާން މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިގޮތަށް ނިންމީ ހއ. އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 53 ވަނަ ޢާންމު ބައްދަލުވުމުނެވެ. މިގޮތުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަން އެ ކައުންސިލުން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރ 22 އިން 25 ގެ ނިޔަލަށެވެ. ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މިފަހަރުގެ މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކޮލަމް އަލަތު މައިންނަށް ދެތިން ބަހެއް ފުރަތަމަ ފަހަރަށް މަންމައަކަށް ވުމަކީ، އުފަލުން ފޮޅޭ ވަގުތަކަށްވީނަމަވެސް ހަމަ އެހާމެ ބިރުވެރި ކަމަކަށްވެސް ވެދާނެކަމެކެވެ. 9 މަސް ދުވަހު، ދަރިފުޅު އަމިއްލަ ހަށިގަނޑުގައި ރައްކާތެރިކަމުގައި ބެލެހެއްޓީ އެކޮއިގެ ސިއްޙަތާއި ދުޅަހެޔޮކަން ސިކުނޑީގެ ފަހަތުގައި އަބަދުމެ އޮންނަޙާލުއެވެ. ނަމަވެސް، ވިހެއުމަށްފަހު ދަރިފުޅު އަތަށް ލިބިގެންދާ ވަޤުތަކީ ހުވަފެނީ ދުނިޔެއިން ދުނިޔެއަށް ރުޖޫޢަވާން މަޖުބޫރުކުރާ ހިނދުކޮޅެކެވެ. މި ތުއްތު ދަރިފުޅުގެ ހުރިހާ ޒިންމާއެއް ބޮލުގައި އެޅިގެން މިދަނީ، އެކަށްޗެއްވެސް ނޭގުނަސް... އަންޖުމް އިސްމާޢީލް މުޙައްމަދް · 4 އަހަރު ކުރިން
ކުޅިވަރު އާސެނަލް އަދި ސިޓީ މޮޅުވިއިރު، ބްރެންޓްފޯޑް އިން ޔުނައިޓެޑް ލަދު ގަންނަވާ ލައިފި އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗްތަކުން އާސެނަލާއި މެންޗެސްޓާ ސިޓީން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވިއިރު، ބްރެންޓްފޯޑް އިން ޔުނައިޓެޑް ލަދު ގަންނަވާ ލައިފިއެވެ. ސިޓީ ވަނީ މިރޭ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިން ބޯންމައުތު ބަލިކޮށްފަ އެވެ. އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލެސްޓާ ސިޓީގެ މައްޗަށް ކުރިހޯދީ 4-2ގެ ނަތީޖާއިންނެވެ. ޔުނައިޓެޑް ރަށުންބޭރުގައި ބްރެންޓްފޯޑް އަތުން ބަލިވީ 4-0 ގެ ނަތީޖާއިންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ރާއްޖެ އެއްޖިއްސުން ގުޅުން ހިންގަނީ ރުހިގެން ކަމަށްބުނެ މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެ: އިޔާޟް އެއްޖިއްސުން ގުޅުން ހިންގާ މީހުން އެކަން ކުރަނީ އެމީހުން ރުހިގެން ކަމަށްބުނެ، މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެކަމަށް ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ދާދިފަހުން ވަނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު ރާއްޖޭގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައެވެ. އެ ތުހުމަތު ކުރެވުނު ބައެއް މީހުންގެ ވީޑިއޯތައް ވެސް މީސް މީޑިއާގައި ޢާންމު ވިޔެވެ. އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކ... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ރާއްޖެ ދިއްގަރާއި ގާދިއްފުށީގެ ބައި-އިލެކްޝަން: ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފި މ. ދިއްގަރާއި ތ. ގާދިއްފުށީގެ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމަށް މީހުން އިންތިޚާބު ކުރުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މ. ދިއްގަރު ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބުދުﷲ ޢާރިފްއެވެ. އޭނާއަށް 375 ވޯ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ނޮޅިވަރަމް ތަރައްޤީއަށް އެންމެ މުހިންމުވެފައިވާ ކަންކަން ހިއްސާކޮށްފި ހދ. ނޮޅިވަރަމްގެ ތަރައްޤީއަށް މިހާރަށް އެންމެ މުހިންމު ކަންކަން އެރަށު ކައުންސިލާއި، އެރަށު މުއައްސަސާތަކުގެ ވެރިން ނައިބު ރައީސް ފައިސަލް ނަސީމަށް ދަންނަވައިފިއެވެ. މި ކަންކަން ނައިބު ރައީސާއި ހިއްސާ ކުރަށްވާފައި ވަނީ، ނައިބު ފައިޞަލް ނަސީމް، ނޮޅިވަރަމް ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައެވެ. މިއަދު ހަވީރު ނޮޅިވަރަމް ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލު... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ދެވަނަ ދައުރެއް ލިބުނަސް ވައްކަންނޫން އެހެން ކަމެއް ނުކުރާނެ: ޝިފާޢު ކުރީގެ ރައީސް، އިދިކޮޅު ލީޑަރު އަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށް ދެވަނަ ދައުރަކު ރާއްޖޭގެ ވެރިކަން ކުރާން ފުރުސަތު ލިބުނު ނަމަވެސް ވައްކަންނޫން އެހެން ކަމެއް ނުކުރާނެކަން ޔަގީންވާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަކީ ކުރީ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ޚިޔާނާތުގެ ޢަމަލެވެ. އެ ޚިޔާނާތަށް އިޝާރާތް ކުރައް... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނައިބު ރައީސް ނޮޅިވަރަމަށް ވަޑައިގެންފި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެންފިއެވެ. އެމަނިކުފާނު މިއަދު އެރަށަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމުގައި ނޮޅިވަރަމް ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި އަދި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބައިވެރިވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުވަނީ އެރަށު ސިއްހީ މަރުކަޒަށާއި، ސްކޫލަށް ވަޑައިގެން އެ މަރުކަޒުގެ ކަންކަން ބައްލަވާ ލައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނޮޅިވަރަމް ކައުންސިލާ އަދި އެރަށުގެ މުއައްސަސާތަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ހޯރަފުއްޓާއި ކުޅުދުއްފުށި އަދި މާވަރުލަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަނީ ހއ. ހޯރަފުއްޓާއި ކުޅުދުއްފުށި ސިޓީއާއި ގދ. މާވަރުލު އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ. އެ ކުންފުނީގެ ޑިރެކްޓަރ ސައުދުﷲ އަޙުމަދު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެކުންފުނިން ހިންގަމުން އަންނަ 3 އެއާޕޯޓެއްގައި ފްލައިޓް ނެވިގޭޝަން ލައިޓް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ނެވިގޭޝަލް ލައިޓް ހަރުކުރުމަކީ ރޭގަނޑު ދަތުރުތައް ކުރުމަށް ކުރާ ކަމެކެވެ. މިއީ ކޮންމެ އެއާޕ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ''ކޯވިޑާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުން ދެއްކީ ނަމޫނާއެއް'' ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހި ޒުވާނުންގެ ފަރާތުން ވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ.ގެ އޮފީސް ގުޅިގެން، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ''ރާއްޖޭގެ ތަރައްޤީގައި ޒުވާން އާބާދީ އަދާކުރަނީ ވަރަށް މުހިންމު ދައުރެއް'' ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި، ރާއްޖޭގެ ޒުވާން އާބާދީ އަދާކުރަމުން ދަނީ ވަރަށް މުހިންމު ދައުރެއް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެން، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި... އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު އޮސަސޫނާއިން ސެވިއްޔާ ބަލިކޮށްފި އާ ސީޒަންގައި ލަލީގާ ފެށިމެޗުން 2-1 ގެނަތީޖާއިން އޮސަސޫނާއިން ސެވިއްޔާ ބަލި ކޮށްފިއެވެ. މިއީ ވޭތުވެ ދިޔަ 11 އަހަރުތެރޭ އޮސަސޫނާ އަށް ސެވިއްޔާ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. ހުކުރު ދުވަހުގެރޭ އޮސަސޫނާގެ އެސްޓަޑިއޯ އެލް ސަޑާ ސްޓޭޑިއަމްގައި ކުޅުނު މެޗުން ފުރަތަމަ ލީޑް ނެގީވެސް އޮސަސޫނާއިންނެވެ. މެޗްގެ 9 ވަނަ މިނެޓްގައި މި ލަނޑު އޮސަސޫނާއަށް ކާމިޔާބް ކޮށްދިނީ ރުބެން ޕެނާ ގެ އެހީތެރިކަމާއެކު އާޖެންޓީނާގެ ފޯވާޑް އެޒްކުއެލް އަވިލާ އެވެ. އޭގެ 2 މިނެޓް […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނައިބު ރައީސް ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންފި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށިސިޓީއަށް މިއަދު ވަޑައިގެންފިއެވެ. ނައިބު ރައީސް މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، ކައުންސިލަރުންނެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، މުއައްސަސާތަކުގެ ވެރިން ވެސް ނައިބު ރައީސަށް މަރުޙަބާ ދެއްނެވުމުގައި ވަނީ ބައިވެރިވެފައެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިއަހަރުގެ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކުޅިވަރު ބެލޮންޑިއޯގެ ރަސްގެފާނަށް ގަދަ 30 ގެ ޖާގަ ގެއްލިއްޖެ ހަތް ފަަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަށް މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ގަދަ 30 ކުޅުންތެރިންގެ ތެރެއިން ޖާގަ ގެއްލިއްޖެ އެވެ. މިއީ 2005 އަހަރުން ފެށިގެން މިޖާގަ މެސީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ. 17 އަހަރަށްފަހު ބާސެލޯނާގެ ޖާޒީ ބާލާ މިދިޔަ ސީޒަނުގައި ޕީއެސްޖީ ޖޯޒީގައި މެސީ ޖެހީ 11 ގޯލެވެ. މެސީގެ އިތުރުން މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް 28 މެޗުން 13 ގޯލު ޖެހި، […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ރާއްޖެ ތިލަދުންމަތީ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި ފަށައިފި ތިލަދުންމަތީގެ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ. މިކޭމްޕް ކުރިއަށް ދާނީ ތިން ދުވަހުގެ މުއްދަތަށް އުތީމު ގާޒީ ބަންޑާރައިން ސްކޫލުގައެވެ. މި ކޭމްޕްއާއި ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިކޭޕްގައި ތިލަދުންމަތީ އުތުރުބުރީ ފަސް ސްކޫލެއް ހިމެނޭހެން ޖުމްލަ 131 ދަރިވަރުން ބައިވެރިވެއެވެ. އެދަރިވަރުންގެ ތެރޭގައި ހިމެނެނީ 61 އަންހެން ދަރިވަރުންނާއި 70 ފިރިހެން ދަރިވަރުންނެވެ. މި ކޭމްޕުގައި ބައިވެރިވަނީ ގާޒީ ބަންޑާރައިން ސްކޫލުގެ ދަރިވ... އަލީ އާދިލް · 4 އަހަރު ކުރިން