ރާއްޖެ އަންނަން އޮތްޖީލުތަކަށް ޤައުމު ގެންގޮސްދިނުމަކީ މިޖީލުގެ ޒިންމާއެއް: އިމްރާން އަންނަން އޮތްޖީލުތަކަށް މިޤައުމު ގެންގޮސްދިނުމަކީ މިޖީލުގެ ދިވެހިންގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާކަދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ޤައުމެއް ބިނާވަނީ އެގައުމެއްގެ ބަހާތަކާއި ރުކުންތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމިއްޔަތު ބިނާވެގެންވަނީ އިސްލާމްދީނާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައިގެ މައްޗަށްކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ގ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް އުތުރުގެ ހަތަރު ރަށެއްގައި މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް ރާއްޖޭގެ 4 ރަށެއްގައި ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާ އިން ވިދާޅުވީ އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ މިއަދު ހަވީރު ހއ. އުތީމުގައި ކަމަށެވެ. މި ޕެރޭޑުގެ ހަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ އުތީމުގެ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިފި ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް މިއަދު ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އުތީމަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެއެވެ. ފެނަކަ ކޯޕަރޭޝަން އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ. އަދި އުތ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ފިއްލަދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަނީ ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. ފިއްލަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް އެރަށު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ. މިމަސައްކ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ކޮލަމް ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް ނިންމި މައިގަނޑު ސަބަބަކީ ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން މި ލޮބުވެތި ވަޠަން މިނިވަންކޮށްދެއްވުމެވެ. އަދި އެ ހިނދު ޤައުމު ވެއްޓިފައިވާ އަނދިރި އަދި އެހާމެ ނާމާން ފުން ވަޅުގަނޑުން ނަންގަވައި ޤައުމު ބިނާކޮށްދެއްވައި އާރާސްތުކޮށް ދެއްވުމެވެ. ޤައުމުގެ ހަޔާތުގައި އެ ރަދުންގެ ރަސްކަމަށްވުރެ ރައްޔިތުންގެ މެދުގައި އުފާފާތިކަމާއި ސުލުހަ މަސްލަހަތާއި އަމަންއަމާންކަން ވަކިން ބޮޑަށް އޮތް އެހެން ދުވަސްވަރެއް ނެތުމެވެ. އުތީމު މަހާރަދުންނަށްވުރެ ކުރިން ވެސް... ޢަބްދުﷲ ސަޢީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނެގެން ހައްޔަރުކުރި ހަނިމާދޫ އެއާޕޯޓު މުވައްޒަފު ދޫކޮށްލައިފި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދައްކައިގެން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެތަނުގެ މުވައްޒަފަކު އިއްޔެ ދޫކޮށްލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ހއ އަދި ހދ އަތޮޅަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ދަތުރުކުރެއްވި ފްލައިޓް ހަނިމާދޫއަށް ޖައްސަން ކައިރިވެފައިވަނިކޮށް އެ ފްލައިޓަށް ޚިދުމަތްދޭ މުވައްޒަފުންގެ ބޮޑީ ސެކިއުރިޓީން ޗެކް ކުރިވަގުތު އެތަނުގެ މުވައްޒަފަކު އެހެން މުވައްޒަފަކު ޗެކްކުރަމުން ދަނިކޮ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު: ރައީސް އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާންތަކުން އާރުލާ އަޚްލާޤާއި، ރިވެތި އުޅުމާއި ސުލޫކު ކަމަށެވެ. އަދި އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ޤައުމިއްޔަތު ކަމަށެވެ. “ޤައުމިއްޔަތަކީ ޤައުމު... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 1 ވަނަ ފުޓްބޯޅަ މުބާރާތް 2022، ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 20 އޮކްޓޯބަރ 2022 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށާއި އާންމު ފަރުދުންނަށް ވެސް ޓީމްތައް ބައިވެރު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް: ރައީސް އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ގައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ގައުމައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ. މިއަހަރުގެ ގައުމީ ދުވަސް ގައުމީ ފެންވަރުގައި ހއ. އުތީމުގައި ފާހަގަކުރާއިރު، ރައީސުލްޖުްހޫރިއްޔާގެ ދެކަނބަލުން... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ރައީސް ނަޝީދު ސްރީލަންކާ އަށް ފުރާވަޑައިގެންފި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާ އަށް ފުރާވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމާއި ގުޅޭގޮތުން ބާއްވަވާ ބައްދަލުވުމަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ސްރީލަންކާ އަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް އެހީ ހޯދައިދިނުމުގެ މެދުވެރިއަކަށް އެގައުމުން ހަމަޖައްސާފައިވަނީ ރައީސް ނަޝީދެވެ. އެމަނިކުފާނު އެކަމަށް ހަމަޖެއްސެވީ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ކުޅިވަރު ހަންގޭރީ ބަލިކޮށް އިޓަލީ ސެމީއަށް، ފޯރިގަދަވި ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު އެއްވަރު ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ތިންވަން ގްރޫޕުގައި ހަންގޭރީއާއި އިޓަލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ޖާގަ ހޯދައިފިއެވެ. މި މެޗަށް ނުކުތްއިރު މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުޞަތު ހަންގޭރީއަށް އޮތެވެ. އިޓަލީ ސެމީގެ ޖާގައެއް ހޯދަން މޮޅުވުން މަޖުބޫރު މެޗުގައި، އެ ޓީމުން ވަނީ ހަންގޭރީގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ހަންގޭރީގެ ޕުސްކަސް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދޭނަން: ރައީސް ހދ. ނައިވާދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން މި ދައުރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ނައިވާދޫ އަށް ކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި ކަންތައްތަކެއް ކޮށްދިނުމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވަމުން، އެރަށު ފެނުގެ ނިޒާމް އިފްތުތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެ މަސައްކަތްތަކުގެ ތެރެއިން މިހައިތަނަށް ނުފެށި... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ފަލަސްތީނާއި ގުޅޭ ޕޯސްޓުތައް، ގަސްތުގައި ސެންސަރުކޮށް ފޭސްބުކުން ފޮހެލިކަން ފަޅާއަރައިފި މިދިޔަ އަހަރު އިސްރާއީލް ސިފައިން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަ ދުވަސް ވަރު ފަލަސްތީނުގައި ފޭސްބުކް ބޭނުން ކުރި ކަސްޓަމަރުންގެ ހައްގުތަކަށް އެ ކުންފުނިން އަރައިގެންކަން ފަޅާއަރައިފި އެވެ. މިކަން ހާމަ ކުރީ ބައިނަލްއަގުވާމީ ކުންފުންފުންޏެއް ކަމަށްވާ ބިޒްނަސް ފޯ ސޯޝަލް ރެސްޕޮންސިބިލިޓީން ހެދި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓެއްގައި އެވެ. އެމީހުންގެ ހޯދުންތަކުން އެނގުނު ގޮތުގައި އިސްރާއީލް – ފަލަސްތީންގެ މައްސަލަތަކުގައި އަމަލު ކުރާނެ ވަކި އުސޫލުތަކެއް ފޭސްބުކް ހިންގާ މެޓާ ކު... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ކޮލަމް ޤައުމީ ދުވަސް ފާހަގަކުރަނީ ކީއްވެ؟ ޤައުމީ ދުވަހަކީ ޤައުމެއްގެ ގޮތުގައި އެ ޤައުމެއް ކަނޑައެޅިގެން ގޮސްފައިވާ ދުވަހެވެ. ނުވަތަ ޤައުމެއްގެ ހައިސިއްޔަތު އެ ޤައުމަކަށް ލިބިގެން ގޮސްފައިވާ ދުވަހެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ އެ ދުވަސް ފާހަގަ ކުރުމަށެވެ. ދިވެހިރާއްޖެފަދަ މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ޤައުމަކަށް ޤައުމެއްގެ ގޮތުގައި އެ ޤައުމެއް އުފެދިގެން އައި ދުވަހެއް ނުވަތަ އެ ތާރީޚެއް ނޭނގޭނެއެވެ. އެހެންވީމާ މިފަދަ ޤައުމުތަކުގައި ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ޤައުމަކަށް އެންމެ ޚާއްޞަ ދުވަހެވެ. އެ ޤައުމެއްގެ […] ޢަބްދުﷲ ސަޢީދު · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ކާމިޔާބުކަމާއިއެކު ނާސާގެ ޖައްވީ އުޅަނދު ގިނިހިލައިގައި ޖައްސައިފި އެސްޓެރޮއިޑް ނުވަތަ ޖައްވުގައި ދަތުރުކުރަމުންދާ އެކިވަރުގެ ގިނި ހިލަތަކުގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކަލުން ސަލާމަތް ކުރުމަށް ކުރެވުނު އެންމެ ފުރަތަމަ ތަޙްލީލުގެ ތެރެއިން ނާސާގެ ޖައްވީ އުޅަނދު، ކާމިޔާބުކަމާއިއެކު ގިނިހިލައެއްގައި ޖައްސައިފި އެވެ. މިއުޅަނދު އެ ގިނިހިލައިގައި ޖައްސާފައިވަނީ 04:19 ހާއިރުއެވެ. މި މަންޒަރު ނާސާއިން ދިޔައީ މުޅިދުނިޔެއަށް ލައިވް ކުރަމުންނެވެ. އެތައް މިލިޔަން ބަޔަކު މިމަންޒަރު ވަގުތުން ބަލާފައިވެއެވެ. ގިނިހިލައިގައި މި އުޅަނދު ޖެހުުގެ ކުރިން ގިނިހިލައިގެ ވަރަށް ސާފ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން