ކުޅިވަރު ހަނިމާދޫ ފުޓްބޯޅަ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހދ.ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން ހަނިމާދޫ ލީގް 2022/2023 ގެ ނަމުގައި ފުޓްބޯޅަ ލީގެއް އެ ރަށުގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު ފުރަތަމަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އޮކްޓޯބަރ އަދި ނޮވެމްބަރ ގައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރުކޮށްފި ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރު ކޮށްފި އެވެ. ގިނިސް ބުކް އޮފް ވޯލްޑްރް ރެކޯޑުގެ އެ ޝަރަފު އޮންނަނީ ތުރުކިޔާއަށް ނިސްބަތްވާ ރުމޭސާ ގެލްގީ އަތުގައި އެވެ. އޭނާ މިރެކޯޑު ހޯދީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބިފައި އޮތީ އެންމެ ދިގު ފުރާވަރު އަންހެން ކުއްޖާގެ ރެކޯޑެވެ. ރިޕޯޓުތައް ބުނާގޮތުގައި ރުމޭސާ އިސްކޮޅުން ދިގު ކަމުން އޭނާއަށް ދަތުރުފަތުރު […] މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ވިޔަފާރި ކޮފީ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ހިލޭ ކޮފީ ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅިގެން އެސްޓީއޯ އިން ހިލޭ ކޮފީ ލިބޭ ހަރާކާތެއް ފަށައިފިއެވެ. އެސްޓީއޯ އިން މި ހަރަކާތް ކުރިއަށްގެންދަނީ ލިލީ އެންޓަޕްރައިސް އާއި ސިޓީ އިންވެސްޓްމެންޓް އަދި އަނާ އިންވެސްޓްމެންޓް ގުޅިގެންނެވެ. އެގޮތުން ކޮފީ ބުއިމަށް ލޯބިކުރާ ފަރާތްތަކަށް ހިލޭ ކޮފީ ލިބޭ ހަރަކާތެއް މިއަދު ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފައެވެ. މިއަދު ހަވީރު 4:00ގައި ފެށި މިހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ. އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ރާއްޖެ-ޗައިނާ ގުޅުމަށް ހީނަރުކަމެއް ނައިސް ބަދަހިވާނެ: ރައީސް ޗައިނާގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ޤައުމުގެ ކުރިމަގު އިތުރަށް ތަރައްޤީކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ 73 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގަށް ރައީސ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ވިޔަފާރި ސާނަވީ ތައުލީމު ކުރިއަރުވަން ވޯލްޑް ބޭންކުން ރާއްޖެއަށް 9 މިލިއަން ޑޮލަރު ދެނީ ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމު ކުރިއެރުވުމަށް ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ. ވޯލްޑް ބޭންކުން ފާހަގަ ކޮށްފައިވާ ގޮތުގައި ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާއި އަދި ފަށާ ސާނަވީ ތައުލީމު ރާއްޖެއިން އެންމެންނަށް ފޯރުކޮށްދީފައި ވީނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާއި އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދުގައި އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އުނގެނުމުގެ ނަތީޖާ މެދުމިންވަރެއްގައި ހުރިއިރު، އަތޮޅުތަކުގެ މެދުގައި... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ކުލި ނުދެއްކުމުގެ ސަބަބުން މާލީ ގޮތުންނާއި، މަޝްރޫއުތައް ހިންގަން ދަތިވޭ: އަސްލަމް ކުލި ނުދެއްކުމުގެ ސަބަބުން މާލީ ގޮތުން ދަތިވެ، މަޝްރޫއުތައް ހިންގަން ދަތިވާ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތްކުރި ފްލެޓުތައް ނިންމައި، މުވައްޒަފުންނަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން ހިންގި މަޝްރޫއުތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެ ތަންތަނަށް ގަވައިދުން ފައިސާ ނުދައްކާ 31-41 ޕަސެންޓު މީހުން އުޅެމުންދާ ކަމ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ކުޅިވަރު ނޯތު ލަންޑަން ޑާބީ މެޗު އާސެނަލް ކާމިޔާބު ކޮށްފި އިނގިރޭސި ލީގުގައި ނޯތު ލަންޑަން ޑާބީ މެޗު 3-1 ގެ ނަތީޖާއިން ޓޮޓެންހަމް މައްޗަށް އާސެނަލް ކުރިހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މި މެޗުގައި އާސެނަލް ގޯލު ހުޅުވައިލަދިނީ ގާނާގެ މިޑްފީޑަރ ތޯމަސްޕާޓޭ ގެ ރީތި ގޯލަކުންނެވެ. މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާވެސް ވަނީ މި ގޯލުގެ ރީތިވާހަކަ ދައްކާފައެވެ. އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ވަށްދާލީ މެޗުގެ 20 ވަނަ މިނެޓުގައި ބެންވައިޓް ޖައްސާލި ބޯލައަކުންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ރާއްޖެ މާއުނގޫދޫ އާއި އެކު ހަތަރު ރަށެއްގެ ބައި އިލެކްޝަން ކުރިއަށް ށ. މާއުނގޫދޫ އާއި އެކު 4 ރަށެއްގެ ބައި އިލެކްޝަން މިއަދު ފަށައިގެން ކުރިއަށް އެބަ ދެއެވެ. އެގޮތުން ށ. މާއުނގޫދޫ ގައި ކުރިއަށްދަނީ ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމެވެ. އަދި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގައި ކުރިއަށް ދަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުމެވެ. މި ބައި އިލެކްޝަންސްތަކުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށާފައިވާއިރު، ހަވީރު 4 ޖެހުމާއި […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު މި އޮކްޓޯބަރު މަހުގެ ތިނެއް ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު އާންމުކުރެއްވި ދެންނެވުމެއްގައި ވިދާޅުވީ، މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ނިންމަވާފައިވާ ކަމަށެވެ. ވަޒީރުނ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ތަމްރީން ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ތަމްރީން ޕްރޮގްރާމެއް ހދ. ހަނިމާދޫ ގައި ފަށައިފި އެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ޕްރޮގްރާމަކީ ވިޔަފާރީ ކުރުމުގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްއެއް ފަށާފައިވަނީ މިއަދު ކަމަށެވެ. ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު: ފައްޔާޒު މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ބާއްވާ “ހެލްޕް ޕާކިސްތާން” ޓެލެތޯން ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ޕާކިސްތާނާ ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ގާތްގުޅުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޕާކިސްތާނ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ''ސަރުކާރުގެ ސިޔާސަތަކީ، އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ޚިދުމަތްތައް ޤާއިމުކުރުން'' މި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، އެކަމަށް ބޭނުންތެރި ޚިދުމަތްތައް ޤާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި މިރޭ ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަވަނަ އެޑިޝަންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ އަމީނީ މަގުން ގަސްތައް ކަނޑާ މައްސަލަ ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅުއްވައިފި އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުން ނެވެ. ހައުސިންގ މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެކޮޅަށް ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް ތިމާވެށި ހިމާޔަތް ކުރުމާއި ރަނގަޅު ތިމާވެށީގެ ވެއްޓެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ކުޅިވަރު ފަސޭހަކަމާއިއެކު ލެވަކޫސަން ބަލިކޮށް ބަޔާން ދެވަނައަށް ޖަރުމަނު ބުންޑަސް ލީގުގައި ރޭ ބަޔާން ލެވަކޫސަންއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ބަޔާންގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 19 އަހަރުގެ މިޑްފީލްޑަރ ޖަމާލް މުސިއާލާގެ މޮޅު ކުޅުން މި މެޗުގައި ވެސް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ހަނިމާދޫގައި ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުރަޒާއި ގުޅޭގޮތުން ތިލަދުންއަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލް މެންބަރު ހާރިޘާ މުޙައްމަދު ވިދާޅުވެފައި ވަނީ މި މައުރަޒުގައި ދަނޑުވެރިން ހައްދާ ތަކެތި ވިއްކ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން