ކުޅިވަރު މިރޭ ބެންފީކާއާއި ދެކޮޅަށް މެސީއަށް ނުކުޅެވޭނެ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީގެ ކުޑަކަޅުވާ މަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާއި ދެކޮޅަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ. މެސީއަށް އަނިޔާވެފައި ވަނީ ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ބެންފީކާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވިއިރު، އެ މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ލަނޑު ޖަހާފައި ވަނީ މެސީއެވެ. ނަމަވެސް ދެވަނަ ހާފުގައި މެސ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ “އެސްއެމްއީ ހަބް” ގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކު ދޫކުރަން ނިންމައި އެ ކިއޯސްކުތަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ހަބުގެ ފުރަތަމަ ފަންގިފިލާއިން ދޫކުރާ ކިއޯސްކުތަކަކީ ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކަމަށެވެ. ބީސީސީން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތަކަންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. ތަކަންދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ހަޓެކެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުޞަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ކުޅުދުއްފުށީގެ އާންމު ސަރަހައްދެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މި ބިނާ ފަރުމާކުރުމުގައި ޝަހީދު ހުސައިން އާދަމްގ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ އިދިކޮޅު އިހުތިޖާޖު ރޫޅާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރިކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލުމުން މިއަދުކުރިއަށްދާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ. މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ. ދިވެހި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލައި، ޕީޕީއެމް އިން އިއްޔެގެ މުޒާހަރާ ކުރިއަށްގެންދިޔައީ މާލޭ މަސްމާރުކޭޓު ސަރަހައްދުގަ އެވެ. ފަރެ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ، އިނގުރައިދޫ އަދި މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި ހއ. ކެލާ، ރ. އިނގުރައިދޫ އަދި ނ. މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 11 އޮކްޓޫބަރު އިން 19 އޮކްޓޫބަރު އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު ދޭއް ޖެހުމާއި ހަމައަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ https://bandeyripay.finance.gov.mv މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަމަށްވާ "ބްރެމްބަލް ޝާރކް" ރާއްޖޭގެ ފުން ކަނޑުތަކުން ވަނީ ފެނިފައި ނެކްޓަން މޯލްޑިވްސް މިޝަންގެ ސައިންޓިސްޓުން ރާއްޖޭގެ ފުންކަނޑުތަކުގައި ކުރި ދިރާސާގައި، ދުނިޔޭގައިވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަމަށްވާ “ބްރެމްބަލް ޝާރކް” ރާއްޖޭގެ ފުން ކަނޑުތަކުން ފެނިފައިވާކަމަށް ހާމަކޮށްފި އެވެ. މި ދިރާސާ ހިންގުމުގައި ނެކްޓަން އާއިއެކު އިސްވެ ހަރަކާތްތެރިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ޑިރެކްޓަރ ޖެނެރަލް، ޝާފިޔާ ނަޢީމް ހާމަކުރެއްވި ގޮތުގައި، ފަރުތަކުގެ ތިލަ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ ދިރާސާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވޭކަމަށާއި، ނަމަވ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ތިންވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫއިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި ނަރުދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފީވަކާއި ނަރުދޫއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އާރުވީއެސްއޭ ހޭންޑްބޯލް ޓޯނަމެންޓްގެ ފައިނަލުގައި މާރަންދޫއާއި ބާވީސް ސްޕޯޓްސް ކުލަބް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “އާރުވީއެސްއޭ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022” ގެ ފައިނަލުން ޓީމް މާރަންދޫއާއި ބާވީސް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ. މި މުބާރާތުގެ ދެ މެޗު މިއަދު […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ލ. ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް Lލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިޔަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތެވެ. މީގެ އިތުރުން، ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތާއި މަގުމަތީ ދުވާރު ހެދުމުގެ މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ މުފްތީ މެންކުގެ ދަރުހެއް މި މަހުގެ 31 ގައި ހުޅުމާލޭގައި ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް)ގެ ދަރުހެއް ހުޅުމާލޭގައި ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. ހޯމަ ދުވަހު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން މުފްތީ މެންކުގެ ދަރުން ބާއްވަން ހަމަޖެހިފައިވަނީ މި މަހު 31ގައެވެ. އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފުއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ޔޫތު މިނިސްޓްރީން އުތުރުގެ މެންބަރުންނާއި ބައްދަލުކޮށްފި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އުތުރުގެ އަތޮޅުތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ބައްދަލުވުމެއް ބާއްވައިފި އެވެ. އެމިނިސްޓްރީން ކުރި ޓުވީޓެއްގައި ވިދާޅުވީ، މިބައްދަލު ވުމަކީ ދާއިރާތަކުގައި ޒުވާނުންނާއި ކުޅިވަރާއި ގުޅުންހުރި ކަންބޮޑުވުންތަކާއި އެދާއިރާގައި ކުރިއަށްދާ ޕްރޮޖެކްޓް ތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށެވެ. މިބައްދަލުވުންތަކުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައިވަނީ މިނިސްޓަރ އަޙްމަދު މަޚްލޫފް އާއި އެމިނިސްޓްރީގެ އިސްވެރިންނެވެ. ހއ.... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ރިސޯޓްތަކުގެ އިސްމަގާމުތަކަށް ދިވެހިން ތަމްރީނުކުރުމަށް މަޝްވަރާ ކޮށްފި ރިސޯޓްތަކުގެ އިސް މަގާމުތަތަކަށް ދިވެހިން ތަމްރީނުކުރުމަށް މަޝްވަރާ ކޮށްފި އެވެ. މިމަޝްވަރާތަށް ކޮށްފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނެވެ. މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމުގެ އިތުރުން އެދެ މިނިސްޓްރީގެ އިސް ފަރާތްތެކެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި މަޝްވަރާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ޓޫރިޒަ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ 3200 މެގަޕިކްސެލްގެ ޓިޖިޓަލް ކެމެރާގެ މަސައްކަތް ނިމެނީ ދުނިޔޭގެ އެންމެ ބޮޑު ކެމެރާ ހެދުމުގެ މަސައްކަތް ނިމުމަކާއި ވަރަށް ގާތްވެފައިވާކަމަށް އެމެރިކާގެ ކެލިފޯނިއާގެ ސްޓެންފޯޑު ލީނިއާ އެކްސެލެރޭޓާ ސެންޓަރު (އެސްއެލްއޭސީ)ގެ ގައުމީ ލެބޯޓަރީ ހާމަކޮށްފި އެވެ. އެ ލެބޯޓްރީގެ ޓީމުން އެ މަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ހައްނާ ޕޮލެކް ބުނީ ކެމެރާގެ އޮނިގަނޑާއި މެކޭނިޒަމްގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ދެން އޮތީ ކެމެރާގެ ފަހުގެ މަންޒިލް ކަމަށްވާ ޗިލީގެ ވީރާ ސީ ރުބިން އޮބްޒަވާޓްރީއަށް […] މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
މަޖިލިސް ޔާމީންގެ ސަރުކާރުގައި މާބަނޑު މީހާގެ ބަނޑުގައި އޮތް ދަރިފުޅަށް ވެސް ބޭއިންސާފުގެ އަސަރުކުރި: ސައުދު ކުރީގެ ރައީސް، ޔާމީން އަބުދުލް ޤައްޔޫމް ސަރުކާރު ހިންގެވި ދުވަސްވަރު މާބަނޑުވި މީހުންގެ ބަނޑުގައި ތިބި ދަރިންނަށް ވެސް ބޭއިންސާފުގެ އަސަރު ކުރިކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީގެ ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ސައުދު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ޤާސިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙް... އަލީ އާދިލް · 4 އަހަރު ކުރިން