ރާއްޖެ އަޛުހާންގެ މަރު: ތުހުމަތު ކުރެވޭ މީހަކު އަދިނެތް، ތަހުގީގު ދަނީ ކުރިއަށް ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލެ ސްކޭޓް ޕާކް ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) މަރާއިގުޅިގެން ތުހުމަތު ކުރެވޭ މީހަކު އަދިނެތް ކަމަށާއި ތަހުގީގު އަދިވެސްދަނީ ކުރިއަށް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. މަރުގެ ތިން މައްސަލައަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އަޒުހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއް ހަމައެއްގައި ދަނޑުވެރިކަން ކުރުމަކީ މުހިންމު ކަމެއް: ޑރ. ހުސައިން ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއް ހަމައެއްގައި ދަނޑުވެރިކަން ކުރުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ދަނޑުވެރިން ހޭލުންތެރި ކުރުމުގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްބެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ދަނޑުވެރިކަމުގެ ވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ކުޅިވަރު ފޮޑެން ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ، އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ ފިލް ފޮޑެން ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. އުމުރުން 22 އަހަރުގެ ފޮޑެން ކުރިން ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ފޮޑެން ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސިޓީގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފައެވެ. ސިޓީގެ ސީނިއާ ޓީމުގައި ހިމެނިގެން ފޮޑެން ފުރަތަމަ ކުޅެފައި ވަނީ 2017 […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސް ޔާމީން ތިލަދުންމައްޗަށް ވަޑައިގަންނަވައިފި ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތިލަދުންމައްޗަށް ވަޑައިގަންނަވައިފި އެވެ. ޕީޕީއެމް އިން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީން އެންމެފުރަތަމަ މިއަދުވަޑައިގަންނަވާނީ އިހަވަންދޫއަށް ކަމަށް ވެސް ބުނެފައި ވެއެވެ. މިރޭ އިހަވަންދުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ކުރިއަށްދ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ 11 އަހަރު ފަހުން ”ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑު“ އިސްލާހުކޮށް ސޮއިއަޅައިފި މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އިން 11 އަހަރު ފަހުން އިސްލާހުކުރި ”ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑު“ ގިނަ މީޑިއާތަކުން އެންޑޯސްކޮށް ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގަ އެވެ. މި ރަސްމިއްޔާތުގައި 60 ވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ ދިވެހި މީޑިއާއިން ޢަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން، އެކުލަވައިލާފައިވާ “ދިވެހި މީޑިއާގެ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ޝިއާއުގެ މަރު: ޝާހިލްއަށް ކުށް ސާބިތު ކުރެވޭވަރުގެ ހެކި އެބަހުރި - ފުލުހުން އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރިކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގާ މައުލޫމާތު ދެއްވަމުން މިހާރުކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލި... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ވިޔަފާރި ޕީކް ސީޒަނަށް ސިންގަޕޯ އެއާލައިންގެ ބޮޑެތި ބޯޓުތައް ރާއްޖެއަށް މި އަހަރު ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ބޮޑު ބޯޓުތަކުގައި ދަތުރު ކުރުމަށް ނިންމައިފިއެވެ. އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މިއީ ޕީކް ސީޒަނާ ގުޅިގެން ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ގެނައި ބަދަލެކެވެ. އެގޮތުން. ސިންގަޕޫރުގެ އިތުރުން އޮސްޓްރޭލިއާ އާއި އެމެރިލާ އާއި ޔޫރަޕުން ވެސް ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވާނެ ކަމަށް އެ އެއާލައިނުންވަނީ ލަފާ ކޮށްފައެވެ. އެ އެއާލައިނުގެ އެއާބަސް އޭ350 މީޑިއަމް ހޯލް ބޯޓުތަކުގެ ދަތުރުތައް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ: މެޓް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފި އެވެ. މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައި އެ އިދާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް މއިަދުވެސް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރައްވާ ކަމަށާއި... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ކޮލަމް ޚަލީލްގެ ކޮލަމް: ހަނިމާދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތި އަހަރުތަކެއް ރަށުގައި ކަމެއްނުވެ އޮވެއްޖެނަމަ އެ ވާހަކައެއް ލިޔަން ގަލަން ނަގާ ކޮންމެ ފަހަރަކު ހިތައް އުނދަގޫކުރާވާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެއެވެ. ކޮންމެ ކަމެއް ސިޔާސީގޮތުން މިނެކިރޭ މިފަދަ ދުވަސްވަރެއްގައި ނުވެ އޮންނަ ކަމެއްގެ ވާހަކަ ފަށާއިރަށް އިދިކޮޅުން އެކަމުގެ ނާޖައިޒް ފައިދާ ނަގާފަދައިން، ކަމެއް ހާސިލްވެގެން އެ ވާހަކައެއް ދައްކާނަމަ އެއްކޮޅު މީހުންގެ “ބެޖު” ތަންމިނަށް ބޮޑުކުރާތީއެވެ. އެންމެ ރަނގަޅެވެ. އެއްކޮޅެއް ވެސް ނޫނެވެ. އަދި ދެކޮޅެއްވެސް ނޫނެވެ. ރަނގަޅު ކަމެއްނަމަ އެއީ ރަނގަޅު ކަމެކެވެ. […... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކޮލަމް ކިތަންމެ ވަރަކަށް ކެޔަސް، އަބަދު ބަނޑުހައިވަނީ ކީއްވެ؟ ބަނޑުހައިވުމަކީ، އިންސާނާގެ ހަށިގަނޑަށް އިތުރަށް ކާނާ ބޭނުންވާކަން އަނގައިދިނުމަށްޓަކައި ކަނޑައެޅުފައިވާ ޤުދުރަތީ ނިޒާމެކެވެ. ބަނޑުހައި ވެއްޖެނަމަ ބަނޑުން އަޑުއަޑު ކިޔުމާއި، ހޫނު އެރުން މިއީ އާންމުކަންތަކެވެ. ބައެއްމީހުން ބޮލުގައި ރިއްސާގޮތްވެ، ފަސޭހައިން ރުޅިއަންނަގޮތްވެ ރުންކުރުވާގޮތްވެސް ވެއެވެ. އަނެއްބައިމީހުންނަށް ހަމަ ހިލާ ކަމަކަށް އެކަށީގެންވާ ސަމާލުކަން ދިނުން ވަނީ އުނދަގޫ ކަމަކަށެވެ. ނަމަވެސް މިއީ ވަރަށްބޮޑަށް ބަނޑުހައިހޫނުކަން އިޙްސާސްވުމުން ހަށިގަނޑުން ދައްކުވައިދޭ ޢަލާމާތްތަކެވެ. ގިނ... އަންޖުމް އިސްމާޢީލް މުޙައްމަދް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޯވިޑް ވެކްސިން ނުޖަހާ މީހުންނަށް ދަތުރު ކުރެވޭހެން 118 ގައުމެއް ހުޅުވާލައިފި ކޯވިޑްގެ ޕެންޑަމިކަށް ފަހު ދަތުރުވެރިންނަށް ލުއި ދީފައިވާ ގައުމުތަކުގެ އަދަދު 118 އަށް އަރައިފި އެވެ. ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ 118 ގައުމުން ވެކްސިން ނުޖަހާ ދަތުރުވެރިންނަށް އެ ގައުމުތަކަށް އެތެރެވުމުގެ ފުރުސަތު ދީފައިވެ އެވެ. އޭގެ ތެރެއިން 17 ގައުމަކުން އަދިވެސް އެމެރިކާ ދަތުރުވެރިން އެ ގައުމުތަކަށް އެތެރެވުން އޮތީ މަނާކޮށްފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ވެކްސިން ނުޖެހި ނަމަވެސް އެތެރެވޭ ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުގައި އަދިވެސް ޕީސީއާރު ޓެސްޓުގެ […] މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ޕްލޭއޮފް ފުރަތަމަ މެޗު ނަރުދޫ ކާމިޔާބުކޮށްފި ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކޮންމެ ގްރޫޕެއްގެ ދެވަނަ ހޯދި ޓީމްތަކުގެ މެދުގައި ކުޅޭ ޕްލޭއޮފް މެޗުތައް މިއަދު ފަށާފައިވާއިރު، ފުރަތަމަ މެޗު ނަރުދޫ ކާމިޔާބު ކޮށްފިއެވެ. ޕްލޭއޮފް ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ދެވަނަ ޓީމް ކަމުގައިވާ ނަރުދޫއާއި ގްރޫޕް ސީގެ ދެވަނަ ހޯދި ކޮމަންޑޫ މިއަދު ހަވީރު […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ޕަބްޖީ ކޮންޓެންޑާ ސީރީޒްގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފި އުރީދޫ ނޭޝަން އިން ކުރިއަށްގެންދާ އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒްގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި ބުރުގައި ބައިވެރިވާން ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ ކޮލިފައިންގް މެޗް ސިލްސިލާއެކެވެ. މި ސިލްސ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ހަނގުރާމަ ހުއްޓާލައި ޕުޓިން މަޝްވަރާގެ މޭޒަށް ދިއުމަށް ފްރާންސްގެ ރައީސް ގޮވާލައްވައިފި ޔޫކްރެއިން ހަނގުރާމަ ހުއްޓާލައި މަޝްވަރާގެ މޭޒަށް ދިއުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ގޮވާލައްވައިފި އެވެ. އޭނާ ބައިވެރިވެވަޑައިގެންނެވި ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ ޔޫކްރެއިންގެ ސަރަހައްދުތަކަށް އޮތް ހައްގުތަކަށް ޕުޓިން އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިއާ އާއި ޔޫކްރެއިން މަޝްވަރާކޮށް 1991 ވަނަ އަހަރު ބޯޑަރުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކީ ޔޫކްރެއިންގެ ބައިތައް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެގ... މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ކުޅިވަރު ޔޫރޮޕާ ލީގު: ބޯޑޯ/ގިލްމް ބަލިކޮށް އާސެނަލް ދެވަނަބުރާ ގާތަށް ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި އާސެނަލްއާއި ބޯޑޯ/ގިލްމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމާއި ގާތަށް އާސެނަލް ޖެހިލައިފިއެވެ. ރޭ ބޯޑޯ/ގިލްމްގެ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބުކަޔޯ ސަކާއެވެ. ސަކާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ސަމްބީ ލޮކަންގާ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން