އަންނައަހަރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން: މިނިސްޓަރ
އަންނައަހަރުގެ ދިރާސީ އަހަރު ފެށޭއިރު، ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ތިބޭނީ ދިވެހި ޕްރިންސިޕަލުން ކަމަށް ތައުލީމާއިބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ބަޖެޓު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނެވެ. އެގޮތުން ރާއްޖޭގެ ހުރިހައި ސްކޫލެއް ހިންގުމަށް ދިވެހި ޕްރިންސިޕަލުން ހަމަޖެއްސުމަކީ ރައީސްގެ މުހިއްމު އެއް ސިޔާސަތު ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ ކޮންމެ ރަށެއްގެ ސްކޫލްގައި ވެސް އެރަށަކަށް ނިސްބ...