ޕާކިސްތާން ކަލްޗަރަލް ނައިޓް އިފްތިތާހު ކޮށްފި
ޕާކިސްތާން ކަލްޗަރަލް ނައިޓް އިފްތިތާހު ކޮށްފި އެވެ. މިއީ، މި އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން އިންތިޒާމުކުރި ހަރަކާތެކެވެ. މެންހެޓަން ބިޒްނަސް ހޮޓެލްގައި އިންތިޒާމުކުރި ޕާކިސްތާން ކަލްޗަރަލް ނައިޓް، އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ ޢާއިޝަތު ނަހުލާ އެވެ. ބީސީއެމް އިން ވިދާޅުވީ ޕާކިސްތާނުގެ ސަގާފަތް ދައްކުވައ...