މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ށ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (04:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ފައިނަލުގެ ފަހުޖާގަ މަޑުފެހި ސްޕޯޓްސް ކުލަބަށް

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ފައިނަލުގެ ފަހުޖާގަ މަޑުފެހި ސްޕޯޓްސް ކުލަބަށް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ފައިނަލުގެ ދެވަނަ  ޖާގަ މަޑުފެހި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި މަޑުފެހި ސްޕޯޓްސް ކުލަބާއި ޔަންގް ވިނާސް ރިކްރިއޭޝަން ކުލަބް ބައްދަލު ކުރި މެޗު، މަޑުފެހި ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މަޑުފެހި ސްޕޯޓްސް ކުލަބްގެ ޖޯޒީ […]

އިބްރާހިމް ޚަލީލް
އެމްއެންޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ ޕްރޮފެޝަނަލް ގޮތުން: ޢަލީ

އެމްއެންޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ ޕްރޮފެޝަނަލް ގޮތުން: ޢަލީ

އަންހެނުންނަށް ކުރާ އަނިޔާތަކާގުޅޭ ގޮތުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ ޕްރޮފެޝަނަލް ގޮތުން ވިސްނުން ހާމަކުރައްވަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މަޝްހޫރު ޤާނޫނީ ވަކީލު، މެންބަރު ޢަލީ ޙުސައިން އަކީ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރެކެވެ. އޭނާ އެމްއެންޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވުމުން ބައެއް ފަރާތްތަކުން ވަނީ އޭނާގެ ސިޔާސީ ވިސްނުން ބަދަލުވީތޯ ސުވާލު އުފައްދާފ...

އަލީ އާދިލް
މަހްފޫޒް މަރާލަން އުޅުމުގެ ދައުވާއިން އެންމެން ސަލާމަތްވެއްޖެ

މަހްފޫޒް މަރާލަން އުޅުމުގެ ދައުވާއިން އެންމެން ސަލާމަތްވެއްޖެ

ގާނޫނީ ވަކީލް މަހްފޫޒް ސައީދުގެ ބޮލަށް ވަޅި ހަރައި، އޭނާ މަރާލިކަން އުޅުނު މައްސަލާގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެެވެ. ސެޕްޓެމްބަރު، 2015 ގައި މާލޭގެ މަގުމަތިން މަހްފޫޒްގެ ބޮޅަށް ވަޅިން ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އިނގުރައިދޫ ކަރަންކާގޭ ހުސައިން ޝަފްރާޒް އިބްރާހިމާއި ހުޅުމާލެ 11270 އަހުމަދު ރާއިދާއި ހ. ސެނާ ޚާލިދު ނަފީއުގެ އިތުރުން ދަފްތަރު ނަމްބަރު 6201، ފިރާޒް ޖައުފަރުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ […]

ހުސައިން ހަބީބް
މާއްޓޭ ސްޕޯޓްސް ބަލިކޮށް ޒިގްޒެގް ފެށުން ރަނގަޅު ކޮށްފި

މާއްޓޭ ސްޕޯޓްސް ބަލިކޮށް ޒިގްޒެގް ފެށުން ރަނގަޅު ކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޒިގްޒެގުން ފެށުން ރަނގަޅު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ހަވީރު މާއްޓޭ ސްޕޯޓްސްއާއި ޒިގެޒެގް ބައްދަލުކުރި މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މިއަދުގެ މެޗުގައި ޒިގްޒެގްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފ...

އިބްރާހިމް ޚަލީލް
ހޮނިހިރު ދުވަހުން ފެށިގެން އޯކިޑު ރޫޓަށް ބަދަލުތަކެއް ގެންނަނީ

ހޮނިހިރު ދުވަހުން ފެށިގެން އޯކިޑު ރޫޓަށް ބަދަލުތަކެއް ގެންނަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ މިނީ ބަހުގެ ޚިދުމަތް ދޭ އޯކިޑު ރޫޓަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ. އެމްޓީސީސީން ބުނީ ދެ ބަސް ހުއްޓިއެއް އުނިކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އުނި ކުރާ ބަސް ހުއްޓިތަކުގެ ތެރޭގައި ހިމެނެނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ވެސްޓްޕާކް ބަސް ހުއްޓިއާއި މަޖީދީ މަގުގައި ހުންނަ ސޯޝަލް ސެންޓަރު ބަސް ހުއްޓިއެވެ. ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/tFpoox3clV — MTCC Plc (@MTCCPlc) […]

އަޙްމަދު ވަހީދު
ހުޅުމާލޭ ހޮސްޕިޓަލުން ނުކުތް އެމްބިއުލާންސެއް އެކްސިޑެންޓުވެ، 4 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ހޮސްޕިޓަލުން ނުކުތް އެމްބިއުލާންސެއް އެކްސިޑެންޓުވެ، 4 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ހޮސްޕިޓަލުން ނުކުތް އެމްބިއުލާންސެއް އެކްސިޑެންޓުވެ، 4 މީހަކަށް އަނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީ ޓްރާންސްޕޯޓް ފަޅިން ދުއްވާފައި ނިކުތް ވޭނެއްް ކޮންޓްރޯލުން ނެއްޓިގެން، ބޯގަންވީލާ މަގުގެ ޕޭމަންޓު މަތީގައި ތިބި ތިން މީހެއްގެ ގައިގާ ޖެހިގެން ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވީ އެ ހޮސްޕިޓަލް ކައިރީ ތިބި ތިން އަންހެނަކަށް ކަމަށެވެ. މީގެ އިތުރުން އެ ތިން މީހުންގެ ގައިގާ ޖެހުމަށްފަހު، އެ […]

މުޙައްމަދު އަފްރާޙް
އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް 3 ގައި ރަޖިސްޓްރީވާން ހުޅުވާލައިފި، އެއްވަނައަށް ސްމާޓް ޓީވީއެއް!

އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް 3 ގައި ރަޖިސްޓްރީވާން ހުޅުވާލައިފި، އެއްވަނައަށް ސްމާޓް ޓީވީއެއް!

އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ރެޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިންކޮށެވެ. އެގޮތުން، ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 15 ގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި މަހުގެ 16ގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިން ފުވައްމުލައް...

އަޙްމަދު ވަހީދު
ބަޖެޓްގެ މައްސަލާގައި އަމީރު ގޮވައިގެން އަސްއަދު ސުޕްރީމް ކޯޓަށް

ބަޖެޓްގެ މައްސަލާގައި އަމީރު ގޮވައިގެން އަސްއަދު ސުޕްރީމް ކޯޓަށް

ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ދެކޮޅަށް ކުރީގެ ފިލްމީތަރި އަސްއަދު ޝަރީފް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. ކުރީގެ ފިލްމީތަރި އަދި މިހާރު ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ އަސްއަދުގެ އިތުރުން ވަކީލް އިބްރާހިމް ރަމީޒްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިއަހަރުގެ ބަޖެޓް އިތުރުކުރަން ފާސްކުރި 5.8 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލާގަ އެވެ. އެ މައްސަލާގައި އެދިފައި އޮތީ އަމީރު ގާނޫނާ ޚިލާފްވި ކަމަށް ނިންމައި ދިނުމަށެވެ. އެ […]

ހުސައިން ހަބީބް
ތައިލެންޑުގެ އިންސްޓިޓިއުޓަކުން ދިވެހިން ހިލޭ ތަމްރީނުވުމުގެ ފުރުސަތު

ތައިލެންޑުގެ އިންސްޓިޓިއުޓަކުން ދިވެހިން ހިލޭ ތަމްރީނުވުމުގެ ފުރުސަތު

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، ތައިލެންޑުގެ އިންސްޓިޓިއުޓްގައި ހިލޭ ތަމްރީން ކުރުމުގެ ފުރުސަތު ފަހިވެއްޖެ އެވެ. މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އެގައުމަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތައިލެންޑްގެ ޑިޕާރޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން ލިބުނު ފުރުސަތެކެވެ. މި ފުރުސަތުގެ ދަށުން އަންނަ ޖަނަވަރީ މަހ...

މުޙައްމަދު އަފްރާޙް
އަންނައަހަރު ސަރުކާރު ބަންދުގެ ގޮތުގައި އިތުރު 3 ދުވަސް

އަންނައަހަރު ސަރުކާރު ބަންދުގެ ގޮތުގައި އިތުރު 3 ދުވަސް

އަންނައަހަރު ސަރުކާރު ބަންދުގެ ގޮތުގައި އިތުރު 3 ދުވަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހަމަޖައްސަވައި އެކަން އަންގަވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއް ގައެވެ. އެގޮތުން ބަންދުކުރައްވާފައިވާ ދުވަސްތަކަކީ 1- 25 ޖޫން 2023 (އާދިއްތަ) ދުވަހާއި 26 ޖޫން 2023 (ހޯމަ) އަދި 28 ސެޕްޓެންބަރު 2023 (...

މުޙައްމަދު އަފްރާޙް
ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން: ޝަމީމް

ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން: ޝަމީމް

ގާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މިހާރު ބޭނުންކުރާ ގާނޫނަކީ 2014 ވަނަ އަހަރު ފާސްކުރައްވައި، 2015 ގައި އަމަލުކުރަން ފަށާފައިވާ، ޒަމާނާގުޅޭ ގާނޫނެއް ކަމަށެވެ. ކުރީގެ ގާނޫނު ކަމުނުގޮސްގެން ބަދަލުކުރީ، އެގާނޫނުގެ ދަށުން ހުރި އަދަބުތަކަކީ އެކަށީގެންވާ އަދަބުތަކެއްކަމަށް ނުވާތީއާއި، އެގާނޫނު ލިޔުނު ގޮތުގެ ތާރީހީ ހަގީގަތްތަކަށް މިހާރު ބަދަލުވެފައިވާތީ ކަ...

މުޙައްމަދު އަފްރާޙް
ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެ: ރައީސް

ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެ: ރައީސް

ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ސާކް ޗާޓަރ ޑޭ”ގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ. އެ މެސެޖުގައި ވިދާޅުވެފައިވަނީ ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލްހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށެވެ. މީގެ އިތުރުން ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދު ވެސް ދަމަހައްޓާނޭކަމ...

މުޙައްމަދު އަފްރާޙް
މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި

މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި

ހުރިހާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފި އެވެ. އެ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި މެދުރައްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެކަ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއާއެކު އެ ސަރަހައްދުގެ ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، ޑިމާންޑް ދަނީ އިތުރުވަމުން: މައުސޫމް

ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއާއެކު އެ ސަރަހައްދުގެ ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، ޑިމާންޑް ދަނީ އިތުރުވަމުން: މައުސޫމް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއެކު އެ ސަރަހައްދަށް އޮތް ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، ޑިމާންޑް އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ”ފަލަސުރުޚީ” ޕްރޮފްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ރޭ ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ފެށޭއިރަށް އެ ސަރަހައްދުގެ އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ. އަދި މިހާރު ވެސް ފުރުސަތުތައް ހުޅުވި ޑިމާންޑް އިތުރުވެފައިވާކަން ފާހަގ...

އަލީ އާދިލް
އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަނުކޮށްފި

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަނުކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުކު އައްޔަނުކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވިގޮތުގައި، އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ސިރާޖް، (ވ. ސިނަމާލެ 2-04 4/ކ.މާލެ) އަދި މުޙައްމަދު މުޖާޙް މުނީރު (ގަރާޑީގެ/ގދ.ގައްދޫ) ވަނީ ޢައްޔަންކޮށްފައެވެ. މި ދެ ބޭފުޅުން އެ ބޯޑަށް އައްޔަނުކުރެއްވީ އިއްޔެއެވެ. މި ދެބޭފުޅުންވެސް އެސް.ޑީ.އެފް.ސީގެ ޑިރެކްޓ...

ޔުމްނާ ޢަލީ