ޢަބްދުﷲ ސަޢީދު: ދިވެހި ތާރީޚު ދިރާސާކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު
ދިވެހި ޤައުމެއްގެ ސިފަގަނޑާއި އޭގެ އާރާއި ބާރު ބިނާވެގެންވަނީ އެ ޤައުމެއްގެ ތާރީޚާއި ސަގާފަތުގެ މައްޗަށެވެ. މި މުހިންމު ދާއިރާއިން ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުންދާ އެއް ބޭފުޅަކީ ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ. ދިވެހި ތާރީޚު ދިރާސާކުރުމުގެ ރޮނގުން މިއަހަރު އޭނާއަށް ވަނީ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. މިއީ އޭނާ ވޭތުވެދިޔަ 26 އަހަރަށްވުރެ ދިގު މުއްދަތުގައ...