ކަރެކްޝަންސްއަށް 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ވަނީ ދީފައި: އިމްރާން
މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި، މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް ސަރުކާރުން ދީފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، އެމްސީއެސްއިން ކުރިއަށް ގެންދާ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް އިފްތިތާޙްކޮށްދެއްވުމަށްފަހު މިއަދު ދެއްކެވި ވާހަކައިގައެވެ. މިއަދު މެ...