ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ރަށުގައި ބިނާކޮށްފައިވާ އެ ކައުންސިލުގެ ސްކޫލު އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ދީފައިވާ ލިންކް މެދުވެރިކޮށް މި މަހު...