ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއް: އާދަމް ޝަރީފް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ މައްޗަށް މިއަދު އިއްވި ޙުކުމަކީ ސިޔާސީ ހުކުމެއްކަމަށާއި، އެންމެ ފަހުވަގުތާއިހަމައަށް ޔާމީން ސަލާމަތްކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް، އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި މިއަދު ޔާމީންގެ މައްޗަށް އި...