ވީއައިއޭގެ ޖީއޭ ޕާކިންގައި ތާރު އެޅުމުގެ 46 އިންސައްތަ މަސައްކަތް ނިމިއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޖީއޭ ޕާކިންގައި ތާރު އެޅުމުގެ މަޝްރޫއުގެ 46 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން، 776 މީޓަރުގެ ވަގުތީ ފެންސެއް ޖެހުމާއި، 55،818 އަކަ މީޓަރުގެ ސަރަހައްދެއްގެ ޓޮޕްސޮއިލް ނެގުމާއި، 8372.70 އަކަ މީޓަރުގެ ސަރަހައްދަކަށް ވެލި އަޅައި ލެވެލް ކުރުން ހިމެނެއެވެ. މީގެ އިތުރުން، 55،818 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔ...