މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:30 އިން 04:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިނގިރޭސި ލީގު ކަޕުން ސިޓީ ކަޓައިފި

އިނގިރޭސި ލީގު ކަޕުން ސިޓީ ކަޓައިފި

އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ސައުތުހެމްޓަން އަތުން ބަލިވެ، މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ. ރޭ ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ރޭގެ މެޗަށް ސިޓީން ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މިގޮތުން އެ ޓީމްގެ އެއް ނަމްބަރު ފޯވާޑް ހާލަންޑްގެ ބަދަލު ރޭ ފުރަތަމަ އެގާރައިން ގާޑިއޯލާ ފުރުޞަތު ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ ފުރަތަމަ "ލޯކަލް އޮތޯރިޓީ ކުންފުނި" ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަނީ

ތިލަދުންމަތީގެ ފުރަތަމަ "ލޯކަލް އޮތޯރިޓީ ކުންފުނި" ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަނީ

ތިލަދުންމަތީގެ ފުރަތަމަ “ލޯކަލް އޮތޯރިޓީ ކުންފުނި” ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަން ތައްޔާރު ވެއްޖެ އެވެ. މިކަމާއި ގުޅިގެން ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު ”ތިލަދުން” އަށް ވިދާޅުވީ އެ ކުންފުނީގެ ފުރަތަމަ އިންވެސްޓަކީ ރަށުގެ ގޭ ބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ކަމަށެވެ. އެގޮތުން މި ހިދުމަށް މިއަހަރު އެއް މިލިއަން ރުފިޔާގެ އިންވެސްޓްކޮށް، މުވައްޒަފުން ނަގައިގެން މާރިޗު މަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ […]

މުޙައްމަދު އަފްރާޙް
ނުލިބިގެން ތިޔައުޅެނީ ރަށުޕިކަޕްގެ ކޮން ސްޕެއަރއެއް، އަވަހަށް ބެސްޓް ބަޑީގެ ފިހާރައަށް ދޭ!

ނުލިބިގެން ތިޔައުޅެނީ ރަށުޕިކަޕްގެ ކޮން ސްޕެއަރއެއް، އަވަހަށް ބެސްޓް ބަޑީގެ ފިހާރައަށް ދޭ!

ރާއްޖޭގައި ހާއްސަކޮށް އަތޮޅު ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއް އުޅަނދަކީ ރަށުޕިކަޕޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. މިފަދަ އުޅަނދުތައް ގަތުމަށް ގިނަ މީހުން ފަސްޖެހެނީ، އެއަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދަން ބަލާއިރު، ފަސޭހަކަމާއެކު ލިބެން ނުހުންނާތީ އެވެ. އެކަމަކު ރަށުޕިކަޕް ގަންނަ ފަރާތްތަކަށް ނުވަތަ ގެންގުޅޭ ފަރާތްތަކަށް އޮތް ހިތްހަމަ ޖެހުމަކީ ރަށުޕިކަޕްގެ ސްޕެއަރ ޕާޓްސް ބޭނުން ވަގުތަކު ލިބެން ހުރުމެވެ. “ބެސްޓް ބަޑީ” ގެ ފިހާރަތަކުން ކަސްޓަމަރުންނަށް އެ ޔަގީންކަން […]

މުޙައްމަދު އަފްރާޙް
އެމްފައިސާ މެދުވެރިކޮށް ވައިޓަލް ކެއާއަށް ފައިސާ ދައްކައިގެން ޑިސްކައުންޓް

އެމްފައިސާ މެދުވެރިކޮށް ވައިޓަލް ކެއާއަށް ފައިސާ ދައްކައިގެން ޑިސްކައުންޓް

އުރީދޫ މޯލްޑިވްސް ގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާއިން ވައިޓަލް ކެއާއަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން މި މަހުގެ ނިޔަލަށް ވައިޓަލް ކެއާގެ ހިދުމަތްތަކަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 5 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. ވައިޓަލް ކެއާއަކީ ރާއްޖޭގައި ދަތުގެ ފަރުވާއަށް ހާއްސަ ކްލިނިކެކެވެ. އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަ...

އަޙްމަދު ވަހީދު
ސިލްސިލާ ވާހަކަ: ޙައްޤުގައި (16)

ސިލްސިލާ ވާހަކަ: ޙައްޤުގައި (16)

ކުރީގެ ޢަދަދާއިގުޅޭ، ” އޯ އެމް ޖީ! ހަމަ އަސްލުވެސް އަހަންނަށް ޝާމިން ލިބުނީތަ؟ ޝާމިން އަހަރެންދެކެ ލޯބިވާކަން އޭރުވެސް އަހަންނަށް އެނގެޔޭ! ” ޝެރީން އުފަލުން ހެމުން ވާހަކަ ދެއްކިއެވެ. އެއާއެކު އޭނާގެ މަންމަ ޝެރީންގެ ބޮލުގައި ފިރުމާލިއެވެ. ” ދަރިފުޅު އުޅެންވާނީ މިގޭގަ! ޝާމިންވެސް އަންނާނީ މިގެއަށް! ” ޝެރީންގެ މަންމަގެ ޖުމްލައިން ޝެރީން އިތުރަށް ހީލިއެވެ. ” ޝާމިންގެ ޙަޔާތުގައި އިތުރު ބަޔަކު ތިބިކަން ދަރިފުޅު ހަނދާން ނައްތާނުލާތި! އެމީހުންނަށްވެސް ޝާމިންގެ ވަގުތު […]

ސަލާމާ ޢަބްދުލް ޢަލީމް
އާރުސީސީން ގާނޫނާއި ޚިލާފު ކަމެއް ނުކުރާނަން: ނާޒިމް

އާރުސީސީން ގާނޫނާއި ޚިލާފު ކަމެއް ނުކުރާނަން: ނާޒިމް

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން ރާއްޖޭގެ ގާނޫނުތަކާއި ޚިލާފު އެއްވެސް ކަމެއްް ނުކުރާނެ ކަމަށާއި އަދި އެފަދަކަމެއް ކުރަން ހިތްވަރުވެސް ނުދޭކަމަށް އެ ކުންފުނީގެ ޗެއާމަން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އާރުސީސީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފެނުނީ އެ ވޭން ދުއްވާފައި ދަނިކޮށް ފުލުހުންނަށް ޝައްކުވެގެން އެ ވޭން ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރޭގައެވެ. އެ ވޭނުގެ ތެރެއިން ބަނގުރާ ފުޅި ތަކަކާއި […]

ޔުމްނާ ޢަލީ
އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދިނުން: ރައީސް

އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދިނުން: ރައީސް

މި ސަރުކާރުން އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދީ، މާލޭގެ ރަށްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ މީހުންނަށް މިހާރަށްވުރެ ފަސޭހައިން އުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާ...

ޔުމްނާ ޢަލީ
މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ، އެކަން ދެމެހެއްޓުމަށް ވޯޓު ދޭއިރު ސަމާލުވާންޖެހޭ: ރައީސް

މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ، އެކަން ދެމެހެއްޓުމަށް ވޯޓު ދޭއިރު ސަމާލުވާންޖެހޭ: ރައީސް

މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ ކަމަށާއި، މި ސަރުކާރުން ކުރި އެފަދަ ކަންކަން ދެމެހެއްޓުމަށް ރިޔާސީ ޕްރައިމަރީގައި ވޯޓު ދޭއިރު ސަމާލުވާންޖެހޭކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރަށްވާފައެވެ. އެ ބައްދަލުކޮށްލެވު...

ޔުމްނާ ޢަލީ
މާލޭ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް، އަލިފާން ކޮންޓްރޯލްކޮށްފި

މާލޭ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް، އަލިފާން ކޮންޓްރޯލްކޮށްފި

މާލޭ އޯކިޑް މަގުގައި ހުންނަ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިރޭ 18:12 ގައެވެ. މި ހާދިސާގައި އިލިފާން ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު ސިފައިންގެ ފަޔަ އެންޑް ރެސްކިއުގެ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.  އަދި ހާދިސާއާއި ގުޅިގެން ކެފޭގެ ވަށައިގެންވާ ގެތައް ވެސް ހުސްކުރިއެވެ. އެ ކެފޭގައި ރޯވުމުން ބޯ ދުން ބޮޑު […]

ޔުމްނާ ޢަލީ
މާލޭގައި "މަގު ފާރަވެރިން" ތައާރަފް ކުރަނީ

މާލޭގައި "މަގު ފާރަވެރިން" ތައާރަފް ކުރަނީ

މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް މަގުފާރަވެރިން އުފައްދާ އެކަމަށް މުވައްޒަފުން ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ. މިގޮތަށް އެ ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގަ އެވެ. މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ. އަދި މަގުމައްޗާއި ޕޭވްމެންޓުގައި ބަހައްޓާފައިވާ ތަކެތި ހ...

މުޙައްމަދު އަފްރާޙް
ޓެކްސީ ޑްރައިވަރުން ތަމްރީނުކޮށް ތާޒާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޓެކްސީ ޑްރައިވަރުން ތަމްރީނުކޮށް ތާޒާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދާ ޓެކްސީ ޑްރައިވަރުން ތަމްރީނުކޮށް، ތާޒާކުރުމުގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ، ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާ އަދި ޓެކްސީި ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމެކެވެ. މިއަދު ފެށި މި ޕްރޮގްރާމަކީ ހަފުތާއެއްގެ މ...

ޔުމްނާ ޢަލީ
ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށުގައި

ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށުގައި

އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފައިވާ ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އަރައިފި އެވެ. އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކާބޯތަކެތީގެ އަގު މައްޗަށް ދަމުން ގޮސް މިހާރު 15 ކިލޯގެ ފުށް ބަސްތާއެއް ލިބެނީ 2،050 ޕާކިސްތާން ރުޕީސް އަށެވެ. މިއަދަދަށް އަގު އުފުލުނީ ހަފްތާއެއް ތެރޭގައި 300 ރުޕީސްއިން އަގު އުފުލެމުން ގޮސް އެވެ. އެގައުމުގެ އެންމެ އާބާދީ ބޮޑު ލާހޫރު ސިޓީން ގާތްގަނޑަކަށް ފުށް ހުސްވެފައިވާއިރު ވެރިރަށް އިސްލާމް އާބާދުންވެސް ބޮޑު […]

މުޙައްމަދު ވަސީމް
ހޭންޑްބޯލް ގައުމީ ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ހޭންޑްބޯލް ގައުމީ ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ ސަރބިއާގެ ކޯޗަކާއި އެކު ދިވެހި ގައުމީ ހޭންޑްބޯލް ސްކޮޑު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އަދި ފަރިތަކުރުންތައް ކުރިއަށްދަނީ ރޭގަނޑު ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ ސްކޮޑަށް ކުޅުންތެރިން ހޮވުމަށް މިހާރުކުރިއަށްދާ ފަރިތަކުރުންތަކުގައި އަންހެން 30 އަދި ފިރިހެން 30 [...

މުޙައްމަދު އަފްރާޙް
އުސޫލަށް ބައެއް ބަދަލު ގެނެސް ގައުމީ އިނާމަށް ހުޅުވާލަނީ

އުސޫލަށް ބައެއް ބަދަލު ގެނެސް ގައުމީ އިނާމަށް ހުޅުވާލަނީ

ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެނެސް، އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަން ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. އެ ކޮމެޓީން ނިންމާފައި ވަނީ މި ބަދަލުތަކާއެކު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ގެންނަވަން ނިންމާފައިވާ މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން […]

ޔުމްނާ ޢަލީ
އިއްޒުއްދީން ފާލަން ކައިރިއަށް ކަޅޮތެޔޮ އެޅުނު ސަބަބު ދެނެގަތުމަށް ސާމްޕަލް ނަގައި ޓެސްޓުކުރަނީ

އިއްޒުއްދީން ފާލަން ކައިރިއަށް ކަޅޮތެޔޮ އެޅުނު ސަބަބު ދެނެގަތުމަށް ސާމްޕަލް ނަގައި ޓެސްޓުކުރަނީ

މާލޭ އިއްޒުއްދީން ފާލަން ކައިރިއަށް ކަޅޮތެޔޮ އެޅުނު ސަބަބު ދެނެގަތުމަށް ސާމްޕަލް ނަގައި ޓެސްޓުކުރަން ނިންމައިފި އެވެ. އެކަން ހާމަކުރެއްވީ ދައުލަތުގެ މީޑއާ އަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނަޢީމް އެވެ. އޭނާ ވިދާޅުވީ ކަޅޮތެޔޮ އެޅުނު ގޮތް ދެނެގަތުމަށް މިހާރުވަނީ ސާމްޕަލް ނަގާފައި ކަމަށާއި އެގޮތުން ދެ ސަރަހައްދަކުން ތެޔޮ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނައީމް ވިދާޅުވީ ތެޔޮ އެޅިފައި ހުރި ސަރަޙައްދުންނާއި އެ […]

މުޙައްމަދު އަފްރާޙް