ސިޔާސީ ކަންކަމާއި ތިމާވެށީގެ މަސައްކަތް ކުރުމަށް ޖާބިރު ޕާޓީއެއް އުފައްދަނީ
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރުކަމުންނާއި މެމްބަރުކަމުން ވަކިވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފިއެވެ. އޭނާ ޕާޓީއެއް އުފައްދަވަން މި އުޅުއްވަނީ ޑީއާރްޕީ އުވައިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާތީއެވެ. ‘ތިލަދުން’ އިން ޖާބިރަށް ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވީ ފޯނަށް ޖަވާބު ނުދެއްވާތީއެވެ. އެހެންނަމަވެސް ބައެއް އެހެން މީޑިއާއަށް ޖާބިރު ވިދާޅުވެފައިވަނީ، އޭނާ އުފައްދަވާ ޕާޓީއަށް ކިޔަނީ ގްރީން ޕާޓީ އޮފް ދަ މޯލ...