ބީއެމްއެލް އިން ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސް އިންޓްރެސްޓް ކުޑަކޮށްފި
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ އިންޓްރެސްޓް ކުޑަކޮށްފިއެވެ. އެ ކުންފުނިން ވަނީ ދާދިފަހުން ކުރީގެ ރޭޓުން އެއް އިންސައްތަ ވެސް ކުޑަކޮށްފައެވެ. އެގޮތުން ކުރިން ނުވަ އިންސައްތައިގައި ހުރި އިންޓްރެސްޓް ރޭޓު މިހާރު ވަނީ އަށަކަށް ބަދަލުކޮށްފައެވެ. ބީއެމްއެލްއިން މިއަދު ބުނީ، މިއަދުން ފެށިގެން އެ ލޯނުގެ އިންޓްރެސްޓް ފަސް އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ. މިހާރު ނަގާފައިވާ ކިޔާވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރަށް އަ...