ފޭދޫ ކުޅިއާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފުކޮށްފި
ވޯލްޑް ވެޓްލޭންޑްސް ޑޭ ފާހަގަ ކުރުމުގެ ގޮތުން ށ. ފޭދޫ ކުޅީ ސަރަހައްދާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ވޯލްޑް ވެޓްލޭންޑްސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ ދެވަނަ ދުވަހެވެ. މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ “ކުޅި، ފާ، ޗަސްބިން އިޢާދަކުރަންވީ ވަގުތު” މި އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ފޭދޫ ކުޅީ ސަރަހައްދާއި ޗަސް ބިން […]