މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އޭޖީއަށް ފޮނުވައިފި
މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ކުރައްވާފައިވާ ސުވާލަކީ ރާއްޖޭގައި މުދަލު ޒަކާތް ދެއްކުމަށް މަޖުބޫރު ނުވަނީ ކީއްވެތޯ އާއި މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް އެއްވެސް ވަރެއްގެ މަސައްކަތެއް ކުރައްވާތީއެވެ. މި...