ތިލަފުށިން ބިން ދޭނީ އެފްޑީއައިގެ ދަށުން ހުއްދަ ދީފައިވާ ފަރާތްތަކަށް
ތިލަފުށިން ސިނާއީ ބޭނުމަށް ދޫކުރާ ބިންތަކުގެ ތެރެއިން ބޭރުގެ ކުންފުނިތަކަށް ބިން ދޫ ކުރާނީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ދަށުން ހުއްދަ ދީފައިވާ، އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް ކަމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. ރޭ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށިން ހިއްކާ ބިމުގެ ތެރެއިން 4.3 ހެކްޓަރުގެ ބިން ބީލަމުގެ އުސޫލުން ދޫކުރަން ނިންމާފައިވާއިރު އެ ބީލަމުގައި ބޭރުގެ ވިޔަފާރިތަކަށް ބައިވެރިވެވޭނީ އެފްޑީ...