މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ވެސް އެ މަގާމު ފުރުއްވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަނީ

އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ވެސް އެ މަގާމު ފުރުއްވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އައު އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރުމަށް ނިންމެވީ މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ. މި މަގާމަށް ކުރިމަތިލުމަށް މި މަހުގެ ކުރީކޮޅު ހުޅުވާލި ފުރުސަތުގެ ސުންގަޑި މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފަ...

ޔުމްނާ ޢަލީ
ކުރީގެ ރައީސުންގެ މޭޒުކޮޅު ނީލަމުގައި ވިއްކާލި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކުރީގެ ރައީސުންގެ މޭޒުކޮޅު ނީލަމުގައި ވިއްކާލި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ރައީސް އޮފީހުން ނީލަމުގައި ވިއްކާލި މޭޒަކީ އެއްވެސް ދުވަސްވަރެއްގައި ރާއްޖޭގެ އެއްވެސް ރައީސަކު ބޭނުންފުޅު ކުރެއްވި މޭޒެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ މޭޒު ނީލަމަށް ލާފައިވަނީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުން ކަމަށެވެ. އެ މޭޒު ނީލަން ކިޔާފައިވަނީ ދައުލަތުގެ މިފަދަ މުދާ ނީލަމަށް [...

ޔުމްނާ ޢަލީ
މާލޭ އޭރިއާގެ 166 ފުލުހަކަށް މަގާމުގެ ކުރިއެރުން، 35 އޮފިސަރަކު ސަބް އިންސްޕެކްޓަރު ކަމަށް

މާލޭ އޭރިއާގެ 166 ފުލުހަކަށް މަގާމުގެ ކުރިއެރުން، 35 އޮފިސަރަކު ސަބް އިންސްޕެކްޓަރު ކަމަށް

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 166 އޮފިސަރަކަށް މިއަދު މަގާމުގެ ކުރިއެރުން ދީފިއެވެ. މި މަގާމުގެ ކުރިއެރުންތައް ދިނުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށް ގޮސްފައި ވަނީ އިސްކަންދަރު ބިލްޑިންގގައެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ފުލުހުންގެ ސީނިއަރ އޮފިސަ...

ޔުމްނާ ޢަލީ
ށ.ފޭދޫ ކައުންސިލުން ބޭއްވި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ނިންމާލައިފި

ށ.ފޭދޫ ކައުންސިލުން ބޭއްވި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ނިންމާލައިފި

ށ. ފޭދޫ ކައުންސިލުން، އެ ރަށުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭއްވި “މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އެ ކައުންސިލުން ބުނާ ގޮތުގައި މިއީ މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. އަދި ޕްރޮގްރާމްގެ ސެޝަންތައް ވެސް ނަންގަވައިދެއްވާފައިވަނީ މިނިސްޓްރީގެ މުދައްރިބުންނެވެ. މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ޚާއްސަކޮށް ގެން ކުރިޔަށް ގެންދެވުނު ސެޝަންގައި އަލިއަޅުވާލައިފައިވަނީ  އިޙްސާސްތ...

ފާތިމަތު ސަޙާ
ރެސްޓޯރެންޓެއްގައި އިން އަންހެނަކަށް ހަމަލާދިން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

ރެސްޓޯރެންޓެއްގައި އިން އަންހެނަކަށް ހަމަލާދިން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މާލޭގެ މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި އިން އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 22 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމުގައި އެތަނުގައި އިން އަނ...

ޔުމްނާ ޢަލީ
ނައިވާދޫ އާއި ހަނިމާދޫ ކުރިމަތިލާ ބޮޑު ފައިނަލް މިރޭ

ނައިވާދޫ އާއި ހަނިމާދޫ ކުރިމަތިލާ ބޮޑު ފައިނަލް މިރޭ

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ފައިނަލްގައި ރާއްޖޭގެ މިވަގުތުގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ފުޓްބޯޅާގައި ހދ.އަތޮޅުގެ ކާމިޔާބު ރަށެއްކަމަށްވާ ހަނިމާދޫ ކުރިމަތިލާނެއެވެ. މި ބުރުގެ ފައިނަލަށް ނައިވާދޫ ދަތުރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅު ސެމީ އަށް ދަތުރުކޮށް ސެމީގައި 5-0 އިން ނޮޅިވަރަންފަރު ބަލިކޮށްގެންނެވެ. ހަނިމާދޫ ފައިނަލަށް ދަތުރުކުރީ އެއް މެޗުން މޮޅު ސެމީގައި ނޭކުރެންދޫގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މި ފައިނަލް ފަށާނީ މިރޭ […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (17)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (17)

19 އޯގަސްޓްގެ އަދަދާއި ގުޅޭ: ” އާއިޒޭ؟” ތުރުތުރުއަޅާ އަޑަކުން ނުހާއަށް ސުވާލު ކުރެވުނެވެ. ” އާނ! އާއިޒް. ހަނދާންވެއްޖެ ދޯ؟ ކަލޭމެން ރީތި ވެގެން އުޅުނީމެއްނު. ” މާޔާ އަނެއްކާ ވެސް އިތުރު ކޮއްލިއެވެ. ލީނާ އަވަސް އަވަހަށް ނުހާގެ އަތުން ފޯނު އަތުލައިފިއެވެ. ” އާނ އެނގިއްޖެ.” ލީނާ އެހެން ބުނި އިރު ވެސް އޭނާގެ ލޯ އަމާޒުވެފައި ހުރީ ނުހާގެ މޫނަށެވެ. ” ކި…ކިހިނެއް ތިކަން ވީ؟” ނުހާ އެހިއެވެ. ” އެއީ […]

ސަލާމާ ޢަބްދުލް ޢަލީމް
އީރާނުގެ ހެކަރުން އިނގިރޭސިވިލާތުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް ސައިބާ ހަމަލާއެއް ދީ ހުއްޓުވާލައިފި

އީރާނުގެ ހެކަރުން އިނގިރޭސިވިލާތުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް ސައިބާ ހަމަލާއެއް ދީ ހުއްޓުވާލައިފި

އީރާނާ ގުޅުން އޮންނަ ހެކަރުން އިނގިރޭސިވިލާތް (ޔޫކޭ) ގެ ކުޑަ ކަރަންޓު އުފައްދާ މަރުކަޒަކަށް ވަރުގަދަ ސައިބާ ހަމަލާއެއްދީ، ހަތަރު ދުވަހުގެ މުއްދަތަށް އެ ތަނުގެ މަސައްކަތްތައް މުޅިން ހުއްޓުވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ އިނގިރޭސިވިލާތުގެ ހަކަތަ ފޯރުކޮށްދޭ މިފަދަ ވަސީލަތަކަށް އީރާނުގެ ހެކަރުން މިހާތަނަށް ކާމިޔާބުކަމާއެކު ދިން އެންމެ ބޮޑު މިފަދަ ހަމަލާ ކަމަށް މީޑިއާތަކުން ސިފަކުރެއެވެ. އިނގިރޭސިވިލާތުގެ ‘ދަ ޓެލެގްރާފް’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޖުލައި 2026...

ނާޒިމާ އަލީ
ކެނެޑާއިން އެމެރިކާއާ ދެކޮޅަށް ''އިގްތިސާދީ ހަނގުރާމަ'' އިޢުލާނުކޮށްފި

ކެނެޑާއިން އެމެރިކާއާ ދެކޮޅަށް ''އިގްތިސާދީ ހަނގުރާމަ'' އިޢުލާނުކޮށްފި

ކެނެޑާ އަދި އެމެރިކާއާ ދެމެދު ރޭގަނޑު ދަންވަރު ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވެ ބައްދަލުވުންތައް ރޫޅުމާ ގުޅިގެން، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މި ހާލަތަކީ އެމެރިކާއާ ދެކޮޅަށް ފެށުނު “އިގްތިސާދީ ހަނގުރާމައެއް” ގެ ގޮތުގައި ސިފަކުރައްވައިފިއެވެ. މި މަޝްވަރާތައް ނާކާމިޔާބުވީ އެމެރިކާގެ މަޝްވަރާވެރިން ފަހު ވަގުތު ހުށަހެޅި ޝަރުތުތައް ކެނެޑާގެ އޮފިޝަލުން ދެކޮޅު ހެދުމާ ގުޅިގެންނެވެ. ބްރިޓިޝް ކޮލަމްބިއާގެ ޕްރިމިއާ ޑޭވިޑް އެބީ ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ ހުށަހެޅުންތަކުގެ ބޭނުމަކީ...

ނާޒިމާ އަލީ
މޮރީނިއޯ އެނބުރި އައި މެޗުގައި ރެއާލް މެޑްރިޑުން އެސްޕަންޔޯލް ބަލިކޮށްފި

މޮރީނިއޯ އެނބުރި އައި މެޗުގައި ރެއާލް މެޑްރިޑުން އެސްޕަންޔޯލް ބަލިކޮށްފި

ހޯސޭ މޮރީނިއޯ ދެވަނަ ފަހަރަށް ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި، ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 އިން އެސްޕަންޔޯލް ބަލިކޮށްފިއެވެ. ލަލީގާ ސީޒަންގެ މި ފުރަތަމަ މެޗުގައި ރެއާލް މޮޅުކޮށްދިނީ 90 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކާލޮސް އެސްޕީއެވެ. ރެއާލް ދޫކޮށް ދިޔަތާ 13 އަހަރު ފަހުން އެނބުރި ޓީމާ ހަވާލުވި މޮރީނިއޯގެ ފުރަތަމަ އެގާރައިގައި ކީލިއަން އެމްބާޕޭ، ވިނީޝިއަސް ޖޫނިއާ އަދި ޖޫޑް ބެލިންހަމް […]

އަޙްމަދު ވަހީދު
މެޗެއްގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން މެސީ އާއި ފްރޭ ޖޫރިމަނާކޮށްފި

މެޗެއްގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން މެސީ އާއި ފްރޭ ޖޫރިމަނާކޮށްފި

މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގައި އިންޓަ މިއާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ބައްދަލުކުރި މެޗުގައި އިދިކޮޅު ކުޅުންތެރިންގެ ކަރާއި ބޮލާ ދިމާލުގައި އަތްލައި ހިންގި ވަކިވަކި އަމަލުތަކަކާ ގުޅިގެން، މިއާމީގެ ތަރި ލިއޮނަލް މެސީ އަދި ޑިފެންޑަރު އިއަން ފްރޭ ޖޫރިމަނާކޮށްފިއެވެ. އެމްއެލްއެސް އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި މި ދެ ކުޅުންތެރިން ޖޫރިމަނާކޮށްފައިވަނީ 2-2 އިން އެއްވަރުވި އެ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ހިނގި ހާދިސާތަކަކާ ގުޅިގެންނެވެ. ނަމަވެސް […]

އަޙްމަދު ވަހީދު
ޓޯނީގެ ހެޓްރިކާއި ޓްރިންކާއޯގެ ހިތްގައިމު ލަނޑާއެކު އަލް އަހްލީން އަބްހާ ބަލިކޮށްފި

ޓޯނީގެ ހެޓްރިކާއި ޓްރިންކާއޯގެ ހިތްގައިމު ލަނޑާއެކު އަލް އަހްލީން އަބްހާ ބަލިކޮށްފި

ސައުދީ ޕްރޯ ލީގުގައި އައިވަން ޓޯނީ ކާމިޔާބުކުރި ހެޓްރިކާއި ފްރެންސިސްކޯ ޓްރިންކާއޯގެ މޮޅު ލަނޑާއެކު އަލް އަހްލީން އަބްހާގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދައިފިއެވެ. ކޯޗު މަތިއަސް ޔައިސްލެ ނިއުކާސަލްއަށް ބަދަލުވުމާ ގުޅިގެން އަލަށް ހަވާލުވި މެރީނޯ ޕުސިޗްގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗު އަލް އަހްލީން ކާމިޔާބުކުރީ އަމިއްލަ ދަނޑު ކަމަށްވާ އަލް-އިންމާ ސްޓޭޑިއަމްގައެވެ. މެޗު ފެށިގެން ފުރަތަމަ 13 މިނެޓުގެ ތެރޭގައި ޓޯނީ ވަނީ ދެ ލަނޑު ޖަހައި ޓީމަށް ލީޑު ނަގައިދީފައެވެ. […]

އަޙްމަދު ވަހީދު
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އަލް އިއްތިހާދުން އަލް ޤާދިސިއްޔާ ބަލިކޮށްފި

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އަލް އިއްތިހާދުން އަލް ޤާދިސިއްޔާ ބަލިކޮށްފި

ރޯޝަން ސައުދީ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުގައި، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އަލް އިއްތިހާދުން 1-0 ގެ ހަނި ނަތީޖާއަކުން އަލް ޤާދިސިއްޔާގެ މައްޗަށް ކުރިހޯދައިފިއެވެ. މި މެޗުގައި އަލް އިއްތިހާދަށް ކާމިޔާބީ ހޯދައިދިން ހަމައެކަނި ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޯޖް އިލެނިކޭނާ އެވެ. މެޗު ފަށައިގެން ވަރުގަދައަށް ކުޅުނީ އަލް ޤާދިސިއްޔާއިންނެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި މަޓެއޯ ރެޓެގުއީ ފޮނުވާލި ހަމަލާ ދިފާއީ ކުޅުންތެރިންގެ ހުރަހަކާ ހެދި […]

އަޙްމަދު ވަހީދު
މިލަންދޫ ޕޮލިހާއި ޑަބްލިޔުޑީސީ ގުޅިގެން ސައިބަރ ކްރައިމް އެވެއަރނެސް ޕްރޮގްރާމެއް

މިލަންދޫ ޕޮލިހާއި ޑަބްލިޔުޑީސީ ގުޅިގެން ސައިބަރ ކްރައިމް އެވެއަރނެސް ޕްރޮގްރާމެއް

ށ. މިލަންދޫގައި އިންޓަނެޓާއި ޑިޖިޓަލް އެކި ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށް އަހުލުވެރިކުރުވުމުގެ ގޮތުން “ސައިބަރ ކްރައިމް އެވެއަރނެސް” ގެ ނަމުގައި ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނިގޮތުގައި މި ޕްރޮގްރާމަކީ ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރާއި، މިލަންދޫ ޕޮލިސް ސްޓޭޝަން އަދި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 20...

ޔުމްނާ ޢަލީ
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށްފަހު އަލުން ކަރަންޓް ދޭންފަށައިފި

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށްފަހު އަލުން ކަރަންޓް ދޭންފަށައިފި

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށްފަހު، އަލުން ކަރަންޓު ދޭން ފަށައިފިއެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށެވެ. އެގޮތުން ކަރަންޓު ކެނޑެން މެދުވެރިވީ ފީޑަރ ކޭބަލެއް ގްރައުންޑުވުމާ ގުޅިގެން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މައްސަލަ ދެނެގަނެ، ވީއެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރުމަށްފަހު، މިހާރު ޚިދުމަތް މެދުކެނ...

އަޙްމަދު ވަހީދު