މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ސިޑްސްއަކީ އީޖާދާއި ވިޔަފާރީގެ މަރުކަޒަކަށް ހަދަން ރައީސް ގޮވާލައްވައިފި

ސިޑްސްއަކީ އީޖާދާއި ވިޔަފާރީގެ މަރުކަޒަކަށް ހަދަން ރައީސް ގޮވާލައްވައިފި

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، މި ހިނގާ އޮގަސްޓު މަހުގެ 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގެ އިފުތިތާޙީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ....

ޔުމްނާ ޢަލީ
މާރަންދޫ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ކައުންސިލުން ބޮޑު ކުޅިވަރު މުބާރާތެއް ބާއްވަނީ

މާރަންދޫ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ކައުންސިލުން ބޮޑު ކުޅިވަރު މުބާރާތެއް ބާއްވަނީ

ހއ. މާރަންދޫ ކައުންސިލްގެ “ކައުންސިލްކަޕް ރައިޒިން ސްޓާ ސްޕޯޓްސް ޓޯނަމެންޓް 2026 ” ގައި ބައިވެރިވުމުގެ ފުރުޞަތު މި ހާރު ހުޅުވާލާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާނެއެވެ. މި މުބާރާތް އަމާޒުކޮއްފައިވަނީ އެ ރަށުގެ ނުވަ އަހަރާއި 15 އަހަރާ ދެމެދު ( ނުވަ އަހަރު ފުރި 14 އަހަރު ނުފުރޭ ) ދެ ޖިންސްގެ ކުދިންނަށް ކަމަށް އެ ކައުންސިލުން ބުނެފިއެވެ. މާރަންދޫ ކައުންސިލުން ބުނި ގޮތުގައި ފިރިހެން ކުދިންނަށް […]

ފާތިމަތު ސަޙާ
އެންމެން ހައިރާންކޮށްލުމަށްފަހު ފުޓްސަލް ރަސްގެފާނު ނައިވާދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި

އެންމެން ހައިރާންކޮށްލުމަށްފަހު ފުޓްސަލް ރަސްގެފާނު ނައިވާދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފިއެވެ. ހަނިމާދޫ މި މުބާރާތުގެ ތަށި އުފުލައިލީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ތަށި ކާމިޔާބުކޮށް ފުޓްސަލްގައި ބޮޑެތި މުބާރާތްތަކުން 12 ތަށި ހޯދާފައިވާ މިވަގުތު ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ 2-0 އިން ބަލިކޮށްގެންނެވެ. މެޗުގައި ހަނިމާދޫގެ ދެ ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަތަމަ ހާފުގައެވެ. މިގޮތުން ހަނިމާދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ […]

ޔުމްނާ ޢަލީ
ނަރުދޫ ކަނބަލުންގެ ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ނަރުދޫ ކަނބަލުންގެ ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. ނަރުދޫ ކައުންސިލުން، އެ ރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ބޭއްވި ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ  15 އޯގަސްޓް 2026 އިން 21 އޯގަސްޓް 2026އަށް ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. މީގެ އިތުރުން ނަރުދޫ ކައުންސިލުން ހާމަ ކުރި ގޮތުގައި މި ޕްރޮގްރާމްގެ، 38 ބައިވެރިން ވަނީ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ޙާޞިލްކޮށްފައެވެ. ހޭންޑްބޯލްގެ ހުނަރު ކުޅުންތެރިންނަށް އިތުރުކޮށްދީ، ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމާއި، ރަށުގެ ކަނބަލުންގެ މެދ...

ފާތިމަތު ސަޙާ
ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤުރުއާން މުބާރާތުގެ ތަރިންނަކީ މާކިން އާއި އަންޖަލް

ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤުރުއާން މުބާރާތުގެ ތަރިންނަކީ މާކިން އާއި އަންޖަލް

ހދ. ހަނިމާދޫ ކައުންސިލްގެ “ޖަވާހިރުލް ޤުރުއާން މުބާރާތް 1448” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ހަނިމާދޫ ސްކޫލް  ގުޅިގެން ބޭއްވި މި މުބާރަތުގެ އެންމެ ޚާއްޞަ އަދި ފަޚުރުވެރި ދެ މަގާމު ހާސިލްކޮށްފައި ވަނީ ޖަވާހިރުލް ޤުރުއާން އެވޯޑާއި ރަންތާޖު ޙާޞިލް ކުރީ މުޅި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދި، އެ ރަށު، ސިޑްނީ، މާކިން ބިން މުޙައްމަދު އަޝްރަފާއި، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވާ ގަހާ، އާމިނަތު […]

ފާތިމަތު ސަޙާ
އުލިގަމު ޔޮޓް މެރީނާ ހަދަން އެމްޕީއެލްއަށް ބިން ހަމަޖައްސައިފި، އަމަލީ މަސައްކަތް މި މަހު ފަށަނީ

އުލިގަމު ޔޮޓް މެރީނާ ހަދަން އެމްޕީއެލްއަށް ބިން ހަމަޖައްސައިފި، އަމަލީ މަސައްކަތް މި މަހު ފަށަނީ

ހއ. އުލިގަމަށް ޒިޔާރަތްކުރާ ބޭރުގެ ޔޮޓުތަކަށް ހިދުމަތް ދިނުމަށްޓަކައި އެ ރަށުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ. ޒަމާނީ ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްގީކުރުމުގެ މަސައްކަތް އެމްޕީއެލްއިން އ...

އިބްރާހިމް އަސްވާޤް
ތެހެރާނުގައި ޒަމާނީ 10 ތަޢުލީމީ ކޮމްޕްލެކްސް ބިނާކުރަން ފަށައިފި

ތެހެރާނުގައި ޒަމާނީ 10 ތަޢުލީމީ ކޮމްޕްލެކްސް ބިނާކުރަން ފަށައިފި

އީރާނުގެ ވެރިރަށް ތެހެރާނުގައި ޒަމާނީ ފެންވަރުގެ އައު 10 ތަޢުލީމީ ކޮމްޕްލެކްސް (މަދްރަސާ ޝަހްރު) އެއްފަހަރާ ބިނާކުރުމަށްޓަކައި ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައި، އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. މި މަޝްރޫޢަކީ ކުރިމަގަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ކޮންސެޕްޓަކަށް ތަރައްޤީކުރާ ސްކޫލްތަކެކެވެ. މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި އީރާނުގެ ރައީސް ޑރ. މަސްޢޫދު ޕެޒެޝްކިއާން ބައިވެރިވެވަޑައިގެން ރަސްމީކޮށް މަސައްކަތް ފެށުމަށް އަމުރު ނެރުއްވިއެވެ. “ތަޢުލީމަށް ކުރާ އިންވެސްޓްމަންޓ...

ނާޒިމާ އަލީ
ޝައްކުވެގެން ބެލި ޝިޕްމެންޓަކުން 3.8 ކިލޯގެ ކެނެބިސް ފެނިއްޖެ

ޝައްކުވެގެން ބެލި ޝިޕްމެންޓަކުން 3.8 ކިލޯގެ ކެނެބިސް ފެނިއްޖެ

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް (ކަސްޓަމްސް) އިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން އަތުލައިގެންފައިވާ މި މަސްތުވާތަކެއްޗަކީ ކެނެބިސް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި މަސްތުވާތަކެތި ފެނިފައި ވަނީ ވައިގެ މަގުން ރާއްޖެއަށް ގެނެސްފައިވާ އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެއާފްރައިޓް ޝިޕްމެންޓު ބަލައިފާ...

އަލީ އާދިލް
ޒުވާނުންގެ މުޒާހަރާއަށްފަހު، ހިރިލަންދޫއިން ފިއްލެއު ބޭރުކޮށްދޭނެ ބަޔަކު ހޯދަނީ

ޒުވާނުންގެ މުޒާހަރާއަށްފަހު، ހިރިލަންދޫއިން ފިއްލެއު ބޭރުކޮށްދޭނެ ބަޔަކު ހޯދަނީ

ތ. ހިރިލަންދޫ ރަށު ޖެޓީއަށް ކަޅުތެލާއި ފިއްލެއު އަންނަ މައްސަލައިގައި އެ ރަށު ޒުވާނުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކުރުމާ ގުޅިގެން، ރަށުގައި އުފެދޭ ފިއްލެއު ދުވަހުން ދުވަހަށް ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާނުކޮށްފިއެވެ. ކައުންސިލުން މިއަދު އިޢުލާނުކުރީ ކުރިއަށްއޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މި އިޢުލާނު ކޮށްފައިވަނީ ރަށު ޖެޓީއަށް ކަޅުތެލާއި ފިއްލެއު އަންނަ މައްސަލައާ ގުޅިގެން ރަށުގެ ބައެއް...

އަލީ އާދިލް
ނަރުދޫ ރަމްޒު އެކަޑަމީގެ ސްޕޯޓްސް ފިއެސްޓާ މިމަހު ފަށަނީ

ނަރުދޫ ރަމްޒު އެކަޑަމީގެ ސްޕޯޓްސް ފިއެސްޓާ މިމަހު ފަށަނީ

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” މި މަހު ފަށާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ އެކަޑަމީއިން ބުނެފިއެވެ. ރަމްޒު ސްޕޯޓްސް އެކަޑަމީގެ ރައީސް ޢަލީ ރަމްޒީ “ތިލަދުން” އަށް ވިދާޅުވީ ހޭންޑްބޯލް އާއި ފުޓްބޯލްއަށް އަމާޒުކޮއްގެން ބާއްވާ މި ފިއެސްޓާގައިި ޖުމްލަ ފަސް މުބާރާތެއް ކުރިއަށް ދާނެކަމަށެވެ. 4 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ފަސް ބެޗަކަށް ބަހާލައިގެން ކުރިއަށް ދާ މި ފިއެސްޓާ […]

ފާތިމަތު ސަޙާ
ޕޭމަންޓް ސިސްޓަމްގެ ޤާނޫނު ހިމެނޭހެން 3 ބިލެއް ތަޞްދީޤު ކުރައްވައިފި

ޕޭމަންޓް ސިސްޓަމްގެ ޤާނޫނު ހިމެނޭހެން 3 ބިލެއް ތަޞްދީޤު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. މި ތިން ބިލަކީ 17 އޯގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލްތަކެކެވެ. ޤައުމީ […]

އަލީ އާދިލް
%78 ރިސޯޓުން ގަވާއިދުން ޑޮލަރު މާރުކުރޭ؛ މާރުނުކުރާ ތަންތަނުގެ ނަންތައް އާންމުކުރަން ފަށައިފި

%78 ރިސޯޓުން ގަވާއިދުން ޑޮލަރު މާރުކުރޭ؛ މާރުނުކުރާ ތަންތަނުގެ ނަންތައް އާންމުކުރަން ފަށައިފި

ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންދާއިރު، %78 ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓުން ދައްކައިފިއެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާންމުކުރުމުގެ މަސައްކަތް މަރުކަޒީ ބޭންކުން މިހާރު ވަނީ ފަށާފައެވެ. ނަން އާންމުކުރި ރިސޯ...

އަލީ އާދިލް
ޤައުމީ ސަރަޙައްދާއި ސިޔާދަތާ ބެހޭ ޚާއްޞަ މަޤާމަކަށް އާޒިމާ

ޤައުމީ ސަރަޙައްދާއި ސިޔާދަތާ ބެހޭ ޚާއްޞަ މަޤާމަކަށް އާޒިމާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މ. އާސްތާނާ، ޢާއިޝަތު ޢާޒިމާ ޝަކޫރު މިއަދު ޢައްޔަންކުރައްވައިފިއެވެ. މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ އިސް މަޤާމަކަށް ޢައްޔަންކުރެއްވި ޢާއިޝަތު ޢާޒިމާ ޝަކޫރަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. ޢާޒިމާއަކީ ދިވެހިރާއްޖޭގެ އެންމ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ފައިނަލްގައި ކޭވައިއާރްސީ ޖޫނިއާސް އާއި ފައިވް

ކުޅުދުއްފުށީ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖްގެ ފައިނަލްގައި ކޭވައިއާރްސީ ޖޫނިއާސް އާއި ފައިވް

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ “ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026″ގެ ސެމީފައިނަލްގައި ވާދަ ކޮށް، “ކޭވައިއާރްސީ ޖޫނިއާސް” އާއި “ފައިވް” ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލަށް “ފައިވް” ދަތުރުކުރީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި “ކޭއީޑީ” އާ ކުރިމަތިލައި 34- 10 އިން މޮޅުވެގެންނެވެ. އެ މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ “ފައިވް”ގެ އާމިނަތު ލައުޒާއެވެ. “ކޭވައިއާރްސީ ޖޫނިއާސް” ފައިނަލަށް ދަތުރުކުރީ ސެމީގައި...

ފާތިމަތު ސަޙާ
އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ވެސް އެ މަގާމު ފުރުއްވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަނީ

އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ވެސް އެ މަގާމު ފުރުއްވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އައު އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރުމަށް ނިންމެވީ މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ. މި މަގާމަށް ކުރިމަތިލުމަށް މި މަހުގެ ކުރީކޮޅު ހުޅުވާލި ފުރުސަތުގެ ސުންގަޑި މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފަ...

ޔުމްނާ ޢަލީ